14 ނޮވެމްބަރ 2020
ރާއްޖޭގައި ބަރުލަމާނީ ނިޒާމަކަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ފާޑުވިދާޅުވުމުން މަޖިލީހުގެ ބައެއް މެމްބަރުންގެ ނުރުހުން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އަށް އަމާޒު ވެއްޖެ އެވެ.
ރާއްޖޭގައި ބަރުލަމާނީ ނިޒާމަކަށް ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ފާޑުވިދާޅުވުމުން މަޖިލީހުގެ ބައެއް މެމްބަރުންގެ ނުރުހުން ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އަށް އަމާޒު ވެއްޖެ އެވެ.
ވީޓީވީގެ ޕްރޮގްރާމެއްގައި އިއްޔެ ވާހަކަދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހަދާ ތަނެއް ކަމަށާއި ސަރުކާރު ހިންގުމުގެ ކަންކަމުގައި މެމްބަރުން އުޅުއްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. ނަމަވެސް ބައެއް މެމްބަރުންގެ އަމަލުތައް އެއާ ހިލާފުކަން މަލީހު ފާހަގަކުރެއްވި އެވެ.
"މިއަދު މަޖިލީހުގެ ބައެއް ބޭފުޅުންނަށް ހީފުޅުވެވަޑައިގެންނަވަނީކަން ނޭނގޭ އެ ބޭފުޅުންނޭ ސަރުކާރު ހިންގަވަނީ. ސަރުކާރު ހިންގަންވީ ސިޔާސަތެއް ރައްޔިތުންގެ މަޖިލީހަށް ކަނޑައެއް ނޭޅޭނެ. އެއީ އެ ބޭފުޅުންގެ ޒިންމާއެއް ނޫން،" މަލީހު ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގައި އޭނާ ވަނީ ރިޔާސީ ނިޒާމަކީ އެންމެ ކާމިޔާބު ނިޒާމު ކަމަށާއި މި ނިޒާމުގައި އޮވެ އެހެން ނިޒާމަކަށް ބަދަލުވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
"ބަރުލަމާނީ ނިޒާމެއް ގެންނަން ފުރުސަތެއް ނުދޭނަން. ވަރަށް ސާފުކޮށް މިދަންނަވަނީ."
އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަށާއި އެ ޕާޓީގެ ގިނަ ބަޔަކު ތާއީދުކުރާ ނިޒާމަށް ފާޑުވިދާޅުވުމާ ގުޅިގެން އެމްޑީޕީގެ މަޖިލިސްގެ ގިނަ މެމްބަރުން އަންނަނީ އޭނާއާ މެދު ނުރުހުން ފާޅުކުރައްވަމުންނެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހީވާގޮތުން އެއީ "މަލީހަކަށް ނޭނގޭނެ އޭ ވިދާޅުވާން އުޅުއްވަނިކޮށް މަޖިލީހަކަށް ނޭނގޭނެ އޭ" މަލީހަށް ވިދާޅުވެވުނީ ކަމަށެވެ.
2 އަހަރު ވެގެންދިޔައިރު ތިޔަ މިނިސްޓްރީން ކޮށްދެވުނު އެއްވެސްކަމެއް ނެތް. އަމިއްލަ ގޭ ޓެރަހުގައި ދިހަބާރަ ވައްތަރު މިރުސް ހައްދަވަން ހުރިހާ ވަގުތެއް ތިޔަ ހޭދަކުރެއްވީ. މަޖިލިސް ހިންގަންވާ ގޮތެއް މަލީހަކަށް ނޭނގޭނެ. @maleehjamal
— Hassantay (@HassantayMDP) November 14, 2020
އިނގުރައިދޫ ދާއިރާގެ އަހްމަދު ހަސަން ކުރެއްވި ޓުވީޓު
ހެންވޭރު ދެކުނު ދާއިރާގެ ހުސައިން ޝަމީމް (އަނދުން ހުސައިން) ވެސް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓުގައި ވިދާޅުވީ މަލީހަކީ ވަރަށް ކުޑަ ބޭފުޅެއް ކަމަށެވެ. އެގޮތުން މަލީހު މިނިސްޓަރު ކަމަށް އައްޔަން ކުރަން ރުހުންދީ މަގާމުން ދުރުކުރަން އިތުބާރު ނެތް ކަމަށް ނިންމަނީ ވެސް މަޖިލީހުން ކަން އޭނާ ހަނދާންކޮށްދެއްވި އެވެ.
އިނގުރައިދޫ ދާއިރާގެ އަހްމަދު ހަސަން (ހަސަންޓޭ) ވިދާޅުވީ މަޖިލިސް ހިންގަވަން ވީ ގޮތެއް މަލީހަށް އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ. ފާއިތުވި ދެ އަހަރު ހޭދަކުރެއްވީ "އަމިއްލަ ގޭ ޓެރަހުގައި ދިހަބާރަ ވައްތަރުގެ މިރުސް ހައްދަވަން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މީގެ އިތުރަށް މަޑަވެލީ ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވެސް ވަނީ މިނިސްޓްރީގެ މެންޑޭޓުގައި އޮތް ކަންކަން ކުރައްވަން މަލީހުގެ ކިބައިން އެދިވަޑައިގެންފަ އެވެ.
@maleehjamal މި ޤނޫނު(43/2015 ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ގެ ޤާނޫނު) ގެ ދަށުން ހަދަން ޖެހޭ އެންމެހައި ޤަވާއިދުތަކާއި، އުސޫލުތަކާއި ހެދިއްޖެ ތޯ؟ އަދި ބަލަންޖެހޭ މިންގަނޑުތަކާއި ކަން ކަން ކަނޑައެޅިއްޖެ ތޯ؟ pic.twitter.com/7NuUQHAiCF
— Hussain Firushan ??? (@husnfirey) November 14, 2020
ނަޝީދުގެ 4 މެމްބަރަކަށް ފިޔަވަޅު އަޅައިދޭން އެދެނީ
ޗެއާޕާސަން ހޮވުމުގެ އަރައިރުން މަޖިލީހުގައި ހޫނުވެއްޖެ!
އެމްޑީޕީގެ ތެރެއިން އުޅެނީ ސަރުކާރު ވައްޓާލަން:ޝަރީފް
އިންތިހާބަށް "ނުފޫޒު ފޯރުވާތީ" ކުއްލި މައްސަލައެއް!
ނަޝީދާ މެދު އަމަލުކުރާ ގޮތުން އިންތިގެ ކަންބޮޑުވުން
ވައްޑެގެ ވާހަކަތަކާއެކު، މަޖިލީހުގައި އަރައިރުމެއް!
ހަމަލާގެ ތަހުގީގު މައުލޫމާތު ނަޝީދަށް ދެއްވާ: އެމްޑީޕީ
ބޮޑެތި ފާޑުކިޔުންތަކާ އެކު ނަޝީދަށް މަލާމާތް!
ވޯޓުން ވަކިކުރިޔަސް، ކޯޓު ހުކުމުން ވަތްކެއް ނުވޭ!
މަލީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށްފި