14 ނޮވެމްބަރ 2020
ފެޝަނާއި ލައިފްސްޓައިލަށް މަޝްހޫރު މަޖައްލާ "ވޯގް" ގެ ބްރިޓިޝް އެޑިޝަންގެ އަންނަ މަހުގެ އަދަދުގެ ކަވަ އިންޓަވިއުގައި ހިމަނާފައިވާ ޕްރިންސް ޗާލްސް "މޮޑަން އާޓިސަން ޕްރޮޖެކްޓް" ގެ ނަމުގައި ފެޝަން ލައިނެއް ލޯންޗްކޮށްފި އެވެ.
ފެޝަނާއި ލައިފްސްޓައިލަށް މަޝްހޫރު މަޖައްލާ "ވޯގް" ގެ ބްރިޓިޝް އެޑިޝަންގެ އަންނަ މަހުގެ އަދަދުގެ ކަވަ އިންޓަވިއުގައި ހިމަނާފައިވާ ޕްރިންސް ޗާލްސް "މޮޑަން އާޓިސަން ޕްރޮޖެކްޓް" ގެ ނަމުގައި ފެޝަން ލައިނެއް ލޯންޗްކޮށްފި އެވެ.
އިނގިރޭސި ތަހުތާ މިހާރު އެންމެ ގާތުގައި ހުންނެވި 71 އަހަރުގެ ޗާލްސްގެ ކަލެކްޝަން ނެރެފައި ވަނީ ޝާހީ އާއިލާގެ ފައުންޑޭޝަނުންގެ ދަށުން ހިންގާ "ޕްރިންސް ފައުންޑޭޝަން" އާއި ފެޝަން ރިޓެއިލާއެއްގެ ގޮތުގައި މަޝްހޫރު ލަގްޒަރީ ކުންފުނި ޔޫޒް ނެޓް-އަ-ޕޯޓާއާ ގުޅިގެންނެވެ. "ދަ މޮޑާން އާޓިސަން ޕްރޮޖެކްޓް" ގެ ނަމުގައި ލޯންޗްކުރި ކަލެކްޝަން ބުރާސްފަތި ދުވަހުން ފެށިގެން އަންނަނީ ވިއްކަމުންނެވެ.
ޗާލްސް އާއި ނެޓް-އަ-ޕޯޓާގެ މި ކޮލަބަރޭޝަންގެ ދަށުން ސީދާ ޗާލްސްގެ އަމިއްލަފުޅު ފެޝަން ސްޓައިލް ރަމްޒުކޮށްދޭ އުފެއްދުންތައް ވެސް ހިމެނެ އެވެ. މީގެ ތެރޭގައި ހިމެނެނީ ފިރިހެނުންނަށް ހާއްސަ އުފެއްދުންތައް އެކަންޏެއް ނޫނެވެ. އަންހެނުންނަށް ހާއްސަ އުފެއްދުންތައް ވެސް ހިމެނެ އެވެ. އެގޮތުން ލަގްޒަރީ ކަލެކްޝަނެއްގެ ގޮތުގައި 18 އުފެއްދުމެއް ނެރެފައިވާ އިރު، އޭގެ ތެރެއިން 10 އުފެއްދުން ހާއްސަވަނީ އަންހެނުންނަށެވެ.
ފިރިހެނުންގެ އުފެއްދުންތައް ތައްޔާރުކޮށްފައި ވަނީ ޗާލްސްގެ އިތުރުން ކުރީގެ ވަރަށް މަޝްހޫރު ޝަހުސިއްޔަތެއް ކަމަށްވާ ލިއޮނާޑާ ޑާ ވިންޗީގެ ފަރާތުން އިންސްޕަޔާވެގެންނެވެ. މީގެ ތެރޭގައި، ކެޝުއަލްކޮށް ބޭނުންކުރެވޭނެ ފަރުމާތަކާއި އޮފީސް ވެއާ ވެސް ހިމެނެ އެވެ. އަންހެނުންގެ އުފެއްދުންތަކަށް ބަލާ އިރު، އެކި ކުލަތަކުން ކްލަސިކް އަދި މޮޑަން ފަރުމާތައް ހިމެނެ އެވެ.
ޗާލްސް ވޯގަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވާ ގޮތުގައި ނެޓް-އަ-ޕޯޓާ ގުޅިގެން ގެނެސްދިން ކަލެކްޝަނަކީ ވަރަށް ކަވި އަދި ވަރަށް ހާއްސަ މަަސައްކަތެކެވެ. އަދި އުފެއްދުންތަކުގެ ހާއްސަ ކަމަކީ އާންމުކޮށް ފެހުމަށް ބޭނުންކުރާ އުކުޅުތަކާ ހިލާފަށް ތަންކޮޅެއް ގަދީމީ އެކަމަކު އޭގެ ތެރެއަށް ޒަމާނީ ޓެކްނޮލޮޖީ އާއި ސައިންސް ގެނެސްގެން ތައްތާރުކޮށްފައިވާ އުފެއްދުންތަކަށްވުމެވެ. ކަލެކްޝަންގައި ހިމެނޭ ކޮންމެ އުފެއްދުމެއްގެ މެޓީރިއަލް ވެސް ވަރަށް ކޮލިޓީވާނެ ކަމަށް ވިދާޅުވި އެވެ.
"މިއީ ވަރަށް ޒުވާން ޓީމަކަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީގެން ކުރެވިފައިވާ ވަރަށް ހާއްސަ މަސައްކަތެއް." ފެޝަން އައިކަންއެއްގެ ގޮތުގައި ގިނަ ބަޔަކު އަދިވެސް ދެކޭ އަދި އަވަހާރަވެފައިވާ ޕްރިންސެސް ޑަޔާނާގެ ކުރީގެ ފިރިކަލުން ވިދާޅުވި އެވެ.
ޗާލްސް ވިދާޅުވި ގޮތުގައި ކަލެކްޝަންގައި ހިމެނޭ އުފެއްދުންތައް ވިއްކައިގެން ލިބޭ ފައިސާ ދާނީ ދަ ފްރިންސް ފައުންޑޭޝަނަށެވެ. އަދި ފައިސާ މައިގަނޑު ގޮތަކަށް ހަރަދުކުރާނީ ޓެކްސްޓައިލް ދާއިރާ އިން ޒުވާން ފަންނުވެރިން ތަމްރީނު ކުރުމަށެވެ.
ޑަޔާނާގެ "ޓްރަވޯލްޓާ ގައުން" އަލުން ނީލަމަކަށް
ހެރީގެ ދަރިކަނބަލުން އަލަށް ދައްކާލައިފި
ޑަޔާނާ އަތުން ލިޔުއްވި ސިޓީތަކެއް ނީލަމަކަށް
ޝާހީ އާއިލާގައި ނަސްލީ ތަފާތުކުރުމެއް ނޯވޭ: ވިިލިއަމް
މޭގަން އާއި ހެރީ ޝާހީ އެތެރެކޮއިލު ބޭޒާރުކޮށްލައިފި
އާއިލާއާ ދުރަށް ވަޑައިގަތް ސަބަބު ހެރީ ވިދާޅުވެއްޖެ
ހެރީގެ ނިންމެވުމަށް ވިލިއަމްގެ ނުރުހުން
ޑަޔާނާގެ "ޝީޕް ޖަމްޕަރު" އަލުން ނެރެނީ
ޑަޔާނާގެ ފަންޑް ވިލިއަމާއި ހެރީ އަށް ބައިކޮށްލައިފި
ދަރިން ލިބުމަކީ އެންމެ ބޮޑު ބަދަލު: ޕްރިންސް ވިލިއަމް