Roadha Mihaaru
އިނގިރޭސި އެފްއޭ ޗެއާމަން އިސްތިއުފާ ދެއްވައިފި

ކަޅު ނަސްލަަށް އިހުތިރާމް ކުޑަކުރި އިނގިރޭސި އެފްއޭ ޗެއާމަން އިސްތިއުފާ ދެއްވައިފި

11 ނޮވެމްބަރ 2020

ލަންޑަން (ނޮވެމްބަރު 11) - ކަޅު ނަސްލުގެ ފުޓްބޯޅަ ކުޅުންތެރިންނާ މެދު އިހުތިރާމް ކުޑަކޮށް ޑިޕާޓްމަންޓް ފޯ ޑިޖިޓަލް، ކަލްޗާ، މީޑިއާ އެންޑް ސްޕޯޓްސް (ޑީސީއެމްއެސް) ކޮމިޓީގައި އިނގިރޭސި އެފްއޭގެ ޗެއާމަން ގްރެގް ކްލާކަށް ދެއްކެވުނު ވާހަކަތަކުގެ ޕްރެޝަރު ބޮޑުވެ އެންމެ ފަހުން އޭނާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ލަންޑަން (ނޮވެމްބަރު 11) - ކަޅު ނަސްލުގެ ފުޓްބޯޅަ ކުޅުންތެރިންނާ މެދު އިހުތިރާމް ކުޑަކޮށް ޑިޕާޓްމަންޓް ފޯ ޑިޖިޓަލް، ކަލްޗާ، މީޑިއާ އެންޑް ސްޕޯޓްސް (ޑީސީއެމްއެސް) ކޮމިޓީގައި އިނގިރޭސި އެފްއޭގެ ޗެއާމަން ގްރެގް ކްލާކަށް ދެއްކެވުނު ވާހަކަތަކުގެ ޕްރެޝަރު ބޮޑުވެ އެންމެ ފަހުން އޭނާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޑީސީއެމްއެސް ކޮމިޓީ ބައްދަލުވުމުގެ ތެރެއިން ގާނޫނު ހަދާ މަޖިލީހުންގެ މެމްބަރުންނާ ވާހަކަ ދައްކަވަމުން ކްލާކް ވަނީ ކުލަ ފުޓްބޯޅަ ކުޅުންތެރިން ކަމަށް ބުނެ ކަޅު ނަސްލަށް އިހުތިރާމް ކުޑަކޮށް ވާހަކަ ދައްކައިފަ އެވެ. މެމްބަރެއް ވަގުތުން އެކަން ކްލާކްގެ ސަމާލުކަމަށް ގެނައުމާ އެކު އޭނާ ވަނީ މާފަށް އެދިފަ އެވެ.

ފަހުން ވެސް އެ ބައްދަލުވުމުގައި ކްލާކް ވަނީ އެކި ނަސްލުތަކަށް ނިސްބަތްކޮށް ވާހަކަ ދައްކައިފަ އެވެ. އެ ގޮތުން ކްލާކް ވަނީ އޮންލައިންކޮށް ކަޅު ނަަސްލުގެ ކުޅުންތެރިންނަށް އަމާޒުވާ ފާޑުކިޔުންތަކާއި ބަހުގެ ހަމަލާ އަދި އިންޒާރުތައް އިތުރު ކަމަށާއި ދޮން ނަަސްލުގެ މީހުންނަށް މަދު ކަމަށެވެ. އެއީ ވެސް ބައެއްގެ ތެރެއިން ގަބޫލު ކުރެވިގެން އައި ކަމެއް ކަމަށާއި ކަޅު ނަސްލަކީ ހުތުރު ބައެއްގެ ގޮތުގައި ލޭބަލް ކުރެވިފައި އޮތީ ވެސް ނަސްލީ ވިސްނުމެއްގެ ތެރެއިން ކަމަށް ކްލާކްގެ ވާހަކައިގައި ފާހަަގަކުރެއްވި އެވެ.

އަދި ހަމަ އެހެންމެ އިނގިރޭސި އެފްއޭގެ މަސައްކަތްތަކުގެ މާހައުލަށް ބަލާއިރު އެކި ނަސްލުގެ މީހުން ޝައުގުވެރިވަނީ އެކި މަސައްކަތްތަކަށް ކަމަށާއި އެފްރިކާ އަދި ސައުތު އޭޝިއާގެ މީހުން އައިޓީގެ މަސައްކަތުގައި އުޅޭ ނިސްބަތް އިތުރުވަނީ ވެސް އެ މީހުންގެ ތެރޭގައި އޮންނަ ގަބޫލުކުރުމެއްގެ ތެރެއިން ކަމަށެވެ.

މި ހުރިހާ ވާހަަކަތަކަކާ ގުޅިގެން ސޯޝަލް މީޑިއާގައި ކްލާކަށް އަމާޒުވަމުންދިޔަ ފާޑުކިޔުމާ ގުޅިގެން އޭނާ އެންމެ ފަހުން ނިންމީ މަގާމުން އިސްތިއުފާ ދޭށެވެ. ކްލާކް އެފްއޭގެ ޗެއާމަަނަކަށް ހަމަޖެއްސީ 2016 ވަނަ އަހަރު އެވެ.

އިސްތިއުފާދިނުމަށް ފަހު ކްލާކް ވިދާޅުވީ އޭނާ ހުރި މަގާމުގައި ހުރެ ގިނަ ބަޔަކަށް މިސާލަކަށްވާން ޖެހޭ ކަމަށާއި އެކަމަކު އެކި ނަސްލުގެ މީހުންނާ ބެހޭގޮތުން އޭނާ އަށް ބޭނުންކުރެވުނު އިބާރާތްތަކަކީ އެންމެ ރަނގަޅު ބަސްތަކެއް ނޫން ކަމަށެވެ. އެހެން ކަމުން ފުޓްބޯޅައިގެ އިސް ފަރާތެއްގެ މަގާމުގައި މި ވަގުތު އޭނާ ހުރުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ނުދެކޭ ކަމަށާއި އެހެންވެ ހުރިހާ ފަރާތެއްގެ މަސްލަހަތަށް ވިސްނުމަށް ފަހު އިސްތިއުފާދޭން ނިންމީ ކަމަށް ކްލާކް ވިދާޅުވި އެވެ.

ކްލާކް އިސްތިއުފާ ދިނުމުން އެ ނިންމުމަށް ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އެކި ކެމްޕެއިން ހިންގާ ފަރާތްތަކުން ވަނީ މަރުހަބާ ކިޔައިފަ އެވެ.

އިނގިރޭސި އެފްއޭގެ އިންޓަރިމް ޗެއާމަނެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޕީޓަ މެކްކޯމިކް އެވެ. އިނގިރޭސި އެފްއޭ އިން ވަރަށް އަވަހަށް ފުލްޓައިމް ޗެއާމަނެއް ހޯދުމުގެ މަސައްކަތް ނިންމާލާނެ ކަމަށް އެ އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.