އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް، ހެލްތު ކޮމިޓީގެ މެމްބަރުންނާ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
08 ނޮވެމްބަރ 2020
އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް، ހެލްތު ކޮމިޓީގެ މެމްބަރުންނާ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރަން ތައްޔާރު ކޮށްފައިވާ ޕްލޭން ކުރިއަށް ގެންދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް އެ ކޮމިޓީން ހުށަހެޅި ކަމަށް އެ އޮފީހުން ބުންޏެވެ.
އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރަން ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމާއި އެ ކަމާ ގުޅޭ ގާނޫނާއި ގަވާއިދުތަކަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލްއާ އެކު މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ.
މި ބައްދަލުވުމުގައި އާ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ބައިވެރިވަޑައިގަތެވެ.
ދުންފަތުގެ ސަބަބުން ކުރާ ސިއްހީ ނުރައްކާތަކާ ގުޅޭ ގޮތުންނާއި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވަން ބާރުއެޅުމަށް ހޭލުންތެރި ކުރުމުގެ ހާއްސަ ކެމްޕެއިނެއް ފެށުމާ މެދު ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރި އެވެ.
ހެލްތު ކޮމިޓީން ހުށަހެޅި ޕްރެޒެންޓޭޝަން ބެއްލެވުމަށް ފަހު، މި ވަގުތު ފެށެން ހުރި ކަންތައްތައް ފަށަން ނައިބު ރައީސް އިރުޝާދު ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދުންފަތާ ދުރުވާން ނައިބު ރައީސް ގޮވާލައްވައިފި
ވަކި ސިނގިރޭޓް ވިއްކުން ހުއްޓުވުމަށް ލަފާ އަރުވައިފި
ވޭޕްކުރުމާ ދެކޮޅަށް ވަކާލާތުކޮށްދިނުމަށް ނާޒިމް އެދިވަޑައިގެންފި
ފަސް އަހަރުން 106 މިލިއަންގެ ވޭޕް އެތެރެކުރި
ރާއްޖޭގައި ވޭޕް މަނާކުރަން ގޮވާލައި ވަރުގަދަ ކެމްޕޭނެއް
ވޭޕް އެތެރެކުރުން މަނާކޮށްދޭން ޑޮކްޓަރުން ގޮވާލައިފި
ދުންފަތް މަދުކުރަން އިތުރު ޓެކްސް ނަގަންޖެހޭ: އެޗްޕީއޭ
ސިއްހީ ނުރައްކަލުން ސަލާމަތްވާން އާ ގޮތަކަށް އުޅެންޖެހޭ
ބާސެލޯނާގެ ބީޗުގައި ސިނގިރޭޓް ބުއިން މަނާކޮށްފި
ސިނގިރެޓް ބުއިން މަނާކުރާ ބޯޑު ހަރުކުރަން ހިޔާލުހޯދަނީ