އިންޑިއާގެ އެހީގައި ހުޅުމާލޭގައި އިމާރާތް ކުރަން ނިންމި ކެންސަރުގެ ބައްޔަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލް، ލ. ގަމަށް ބަދަލުކުރަން ސަރުކާރުން މަޝްވަރާ ކުރަން ފަށައިފި އެވެ.
08 ނޮވެމްބަރ 2020
އިންޑިއާގެ އެހީގައި ހުޅުމާލޭގައި އިމާރާތް ކުރަން ނިންމި ކެންސަރުގެ ބައްޔަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލް، ލ. ގަމަށް ބަދަލުކުރަން ސަރުކާރުން މަޝްވަރާ ކުރަން ފަށައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކެންސަރު ހޮސްޕިޓަލް، ގަމަށް ބަދަލުކުރުމޭ ގުޅޭ މަޝްވަރާތައް ދެ ގައުމުން އަންނަނީ ކުރަމުންނެވެ. ނަމަވެސް އެ ކަމުގައި އަދި ވަކި ގޮތެއް ނުނިންމަ އެވެ. މިކަމުގައި ހެލްތު މިނިސްޓްރީގެ ރަސްމީ ބަހެއް ނުލިބެ އެވެ.
ރާއްޖެއަށް ބޮޑެތި އެހީތަކެއް ދިނުމަށް ޑިސެމްބަރު 4، 2019 ގައި ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ، ކެންސަރު ބައްޔަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އޭގެ އިތުރުން މާލޭގެ މަގު ބައްތިތައް ލެޑް ލައިޓަށް ބަދަލު ކުރުމާއި ރުޕޭ ކާޑު ރާއްޖެ އަށް ތައާރަފްކުރުމާއި ތިން މަސް ފެކްޓަރީ އަދި ދުވެލި ބާރު ކޯސްޓްގާޑް އުޅަނދެއް ވެސް އެ ރަސްމިއްޔާތުގައި ވަނީ ހަދިޔާކޮށްފަ އެވެ.
މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުން ވަނީ ރާއްޖެއަށް 1.4 ބިލިއަން ރުފިޔާގެ އެހީ ދީފަ އެވެ. އޭގެ ތެރެއިން 200 މިލިއަން ޑޮލަރަކީ ބަޖެޓް ސަޕޯޓެވެ.
މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދަކީ ހިދުމަތްތައް ލާމަރުކަޒީ ކުރުމެވެ. އެގޮތުން، ކެންސަރު ހޮސްޕިޓަލް ވެސް ގަމަށް ބަދަލުކުރުމަކީ އެ ސަރަހައްދުން ސިއްހީ ފަރުވާ ހޯދާ މީހުންނަށް ލިބޭނެ ފަސޭހައެކެވެ. މި ވަގުތު ކެންސަރު ބައްޔަށް ފަރުވާ ލިބެނީ ހަމައެކަނި ހުޅުމާލެ ހޮސްޕިޓަލް އަދި އައިޖީއެމްއެޗުން އެކަންޏެވެ. ކެންސަރަށް ސްކްރީންކުރުމުގެ ހުއްދަ ވެސް ދީފައި އޮންނަނީ އެ ދެ ހޮސްޕިޓަލަށެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުން މިހާރު ވެސް ދުވާލެއްގެ މައްޗަށް 300-400 ދެމެދުގެ ބަލި މީހުން އޯޕީޑީގައި ބަލާއިރު 11 ދާއިރާއެއްގެ ސްޕެޝަލިސްޓް ޑޮކްޓަރުން މިވަގުތު ވެސް އެ ހޮސްޕިޓަލުގައި މަސައްކަތްކުރެ އެވެ.
ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ފަށަން ޓީމު އަތުވެއްޖެ
"ތާވަލާ އެއްގޮތަށް ކެންސަރު ހޮސްޕިޓަލް މަސައްކަތް ކުރިއަށްދޭ"
ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް މަޑުޖެހިއްޖެ
ވެކްސިން ގަންނަން ސީރަމް އިންސްޓިޓިއުޓާއެކު ސޮއިކުރަނީ
ގަމުގައި ކެންސަރު ހޮސްޕިޓަލް އަޅަން 98 މިލިއަން ރުފިޔާ
ގަމު ހޮސްޕިޓަލް މަތީ ފެންވަރަށް ބަދަލުކުރަނީ
ކޮޗިންގައި ތާށިވި ދިވެހިން ރާއްޖެ ގެނެސްފި
ކެންސަރު ބަލީގެ ފަރުވާއަށް އިންޑިއާގެ އެހީތެރިކަން
ބޯންމެރޯ ހަދަން ފަސް ކުއްޖަކަށް އެހީ ދީފި
އިންޑިއާއިން އެކަނި އޮޕަރޭޝަން ހިންގާތީ ހިތްހަމަނުޖެހުން