06 ނޮވެމްބަރ 2020
ޑިމޮކްރެޓިކް ޕާޓީ އާއި މީޑިއާ އަދި ބައެއް ސްޓޭޓްތަކުގެ އިންތިހާބީ އޮފިޝަލުން ގުޅިގެން އުޅެނީ އޭނާއަށް ދެވަނަ ދައުރެއް ނުދޭން ކަމަށާއި ޕޯސްޓުން ފޮނުވާ ވޯޓުތަކުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ވިދާޅުވެ، ދޮގު ހައްދަވަން ފެއްޓެވުމުން، އެންމެ ބޮޑު ތިން ޓީވީ ސްޓޭޝަނުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ލައިވް ކަނޑާލައިފި އެވެ.
ޑިމޮކްރެޓިކް ޕާޓީ އާއި މީޑިއާ އަދި ބައެއް ސްޓޭޓްތަކުގެ އިންތިހާބީ އޮފިޝަލުން ގުޅިގެން އުޅެނީ އޭނާއަށް ދެވަނަ ދައުރެއް ނުދޭން ކަމަށާއި ޕޯސްޓުން ފޮނުވާ ވޯޓުތަކުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ވިދާޅުވެ، ދޮގު ހައްދަވަން ފެއްޓެވުމުން، އެންމެ ބޮޑު ތިން ޓީވީ ސްޓޭޝަނުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ލައިވް ކަނޑާލައިފި އެވެ.
އިންތިހާބަށް ފަހު ދެ ދުވަސް އެއްވެސް ހަބަރެއް ނުވެ ހުންނެވުމަށް ފަހު ރޭ ވައިޓް ހައުސްގައި ދެއްވި ބަޔާނުގައި އިންތިހާބު އޮޅުވާލާ ވާހަކަ އާއި އޭނާއާ ދެކޮޅަށް ހިންގާ އަޑިނޭނގޭ ރޭވުންތަކުގެ ވާހަކަތައް ދައްކަވަންދެން، އޭބީސީ، ސީބީއެސް އަދި އެންބީސީން ލައިވްކުރިއަށް ގެންދިޔަ އެވެ. އެއީ އެމެރިކާގައި އެންމެ ގިނަ މީހުން ޓީވީ ބަލާ ގަޑި ކަމުން މި ތިން ސްޓޭޝަނުން ލައިވް މެދުކަނޑާލުމުން، އެތައް މިލިއަން ބަޔަކަށް ޓްރަމްޕްގެ އެ ވާހަކަ އެ އަވަގުތު އަޑެއްނީވޭނެ އެވެ.
"މުޅިން ނުބައި ތުހުމަތުތަކެއް ރައީސް ކުރައްވާތީ އަޅުގަނޑުމެން މި ބައި އެބަ ކަނޑާލަން،" އެންބީސީގެ ޕްރެޒެންޓާ ލެސްޓާ ހޯލްޓް ބުންޏެވެ.
ލައިވްގެ ވަކި ހިސާބަކުން އޭބީސީގެ ހުށައެޅުންތެރިޔާ ޑޭވިޑް މުއީރް ޓީވީއަށް އަރައި ބުނީ ރައީސް ދައްކަވާ ވާހަކަތަކުގައި ވަރަށް ބޮޑަށް ޗެކްކުރަން ޖެހޭ ތުހުމަތުތަކެއް އެބަ ހުރި ކަމަށެވެ.
ޓްރަމްގެ ވާހަކަތައް ސީއެންއެން އާއި ފޮކްސް ނިއުސް އިން ވަގުތުން ގެނެސްދިނަސް، އަނެއް ތިން ސްޓޭޝަނުން ޕްރެސް ކޮންފަރެންސް މެދުކަނޑާލުމުން އެތައް މިލިއަން ބަޔަކަށް ޓްރަޕްމް ލައިވް އެވަގުތު ނުފެންނާނެ އެވެ.
ޓްރަމްޕް ވިދާޅުވީ "ގާނޫނާ އެއްގޮތަށް ހުރި ވޯޓުތައް ގުނާ ނަމަ، އަޅުގަނޑު ވަރަށް ފަސޭހައިން މޮޅުވާނެ" ކަމަށެވެ. ނަމަވެސް އެ ވާހަކައަށް ބާރު ލިބޭ އެއްވެސް ކަހަލަ ހެއްކެއް ވިދާޅެއް ނުވެ އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި ޕޯސްޓުން ވޯޓު ކަރުދާސް ލިބުމުގައި ބައެއް ސަރަހައްދުތަކުން ލަސްކުރަނީ އޭނާ ބަލިކުރަން ބޭނުންވާ ވަރަށް ވޯޓު ފޮނުވަންވެގެންނެވެ. އެކަމަކު ޕޯސްޓުން ފޮނުވާ ވޯޓު ލީ މީހުންގެ އަދަދު އެހެން އިންތިހާބުތަކަށް ވުރެ މާ މަތިވާނެތީ، އިންތިހާބުގެ ދުވަހަށް އެ ހުރިހާ ވޯޓު ކަރުދާހެއް ބައެއް ސެންޓަރުތަކަށް ނުލިބޭނެކަން، އިންތިހާބުގެ ކުރިން ވެސް އިންތިހާބީ އޮފިޝަލުން ބުނަމުން އަ އެވެ. އަދި އެމެރިކާގެ ޕޯސްޓް އޮފީހުން ވެސް ކުރިން ބުނެފައި ވަނީ ކޮރޯނާވައިރަސްގެ ސަބަބުން ކުރިމަތިވެފައިވާ ދަތުރުފަތުރުގެ މައްސަލަތަކާ ހެދި، ޕޯސްޓުން ވޯޓު ފޮނުވަން ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.
ވާދަވެރި އިންތިހާބުގައި މިވަގުތު ކުރީގައި އުޅުއްވަނީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑީޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން އެވެ. އެންމެ ފަހުގެ ނަތީޖާ ބިނާވެފައި އޮތީ ވޯޓު ގުނާ ނުނިމޭ ފަސް ސްޓޭޓް ކަމަށްވާ ޕެންސިލްވޭނިއާ، ނެވާޑާ، ޖޯޖިއާ، ނޯތު ކެރޮލީނާ އަދި އެރިޒޯނާ އަށެވެ. މިއީ 2016 ގައި ޓްރަމްޕް ކާމިޔާބުކުރެއްވި އަދި ރިޕަބްލިކަން ޕާޓީއަށް ގިނަ އިންތިހާބުތަކެއްގައި އަބަދުވެސް ވޯޓު ދޭ ސްޓޭޓްތަކެކެވެ.
ޕޯސްޓުން އަންނަ ވޯޓުތައް ގުނާ މިންވަރަކުން އޭގެ ތެރެއިން ބައެއް ސްޓޭޓްތަކުގައި ޓްރަމްޕަށް މިވަގުތު އޮތް ކުރިއެރުން އަންނަނީ ހަނިވެ، ބައިޑަންއަށް އުއްމީދު އާވަމުންނެވެ.
ރޭ ބައިޑަން ވިދާޅުވީ ޑިމޮކްރަސީގައި ބައެއް ފަހަރު ކެތްތެރިކަން އިސްކުރަން ޖެހޭ ކަމަށެވެ. އެ ކެތްތެރިކަމާ އެކު، އޭނާއަށް އިންތިހާބު ކާމިޔާބުކުރެއްވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވެސް، ވިދާޅުވި އެވެ.
ޓްރަމްޕް ވަގުތުން އިސްތިއުފާ ދެއްވަން މަޖުބޫރުކުރަނީ
ނިއު ޔޯކް ޓައިމްސް: ހަމަނުޖެހުން އުފެއްދެވީ ޓްރަމްޕް
ބާރުތައް ބަދަލުކުރަން ހުރަސް، ދެން ވާނީި ކިހިނެއްް؟!
އެމެރިކާގެ ބޮޑު އިންތިހާބުގެ ދުވަސް: ކިއޫ ދަމާލައިފި
"މިހާރު"ން އެމެރިކާ އިންތިހާބުގެ ނަތީޖާ ވަގުތުން
ޓްރަމްޕްގެ އާންމު ވާހަކަ: "މިއީ ކަމެއް ނޫން"
ޓްރަމްޕާއި ބައިޑަންގެ ބަހުސްގައި ޒުވާބާއި މަލާމާތްކުރުން
ޓެކްސްއާ ބެހޭ ހަގީގަތްތަކުން ފެންނަނީ ތަފާތު ޓްރަމްޕެއް
ޓްރަމްޕް ހުރީ ބަލިވިޔަސް ވެރިކަން ދޫކުރާ ގޮތަކަށް ނޫން
ގިންސްބާގު އަވަހާރަވުމުން ޝަރުއީ ވާދަވެރިކަމަކަށް