01 ނޮވެމްބަރ 2020
ކްރިމިނަލް ކޯޓުން ބަންދާ މެދު ގޮތެއް ނިންމާ މަޖިލިސްތައް ކުރިއަށް ގެންދާ ގޮތް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުން ބަންދާ މެދު ގޮތެއް ނިންމާ މަޖިލިސްތައް ކުރިއަށް ގެންދާ ގޮތް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ ކްރިމިނަލް ކޯޓުގެ ބަންދާ މެދު ގޮތެއް ނިންމާ މަޖިލިސްތަކަށް ފަނޑިޔާރުން ހަމަޖެއްސުމާއި އެ މަޖިލިސްތައް ތާވަލް ކުރުމާއި ތާވަލާ އެއްގޮތަށް ފަނޑިޔާރުންނަށް ހާޒިރު ނުވެވޭ ހާލަތްތަކުގައި ފަނޑިޔާރުން އަމަލުކުރަން ޖެހޭ ގޮތާއި އަދި އެހެން ފަނޑިޔާރުން ހަމަޖެއްސުމުގެ އުސޫލާ ގުޅޭ މައުލޫމާތު ހޯދައި، ދިރާސާ ކުރަން އެ ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމި ސަބަބެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.
ބަންދާ މެދު ގޮތެއް ނިންމުމުގެ މަޖިލިސްތައް ކްރިމިނަލް ކޯޓުން އަބަދުވެސް ކުރިއަށް ގެންދަނީ ކަނޑައެޅޭ ވަކި ތަރުތީބަކުން އެކި ދުވަހު އެކި ފަނޑިޔާރުން ތިއްބަވާ ގޮތަށެވެ.
ޖޭއެސްސީން އެގޮތަށް ނިންމިއިރު އެ ކޮމިޝަނުން މީގެކުރިން ވެސް ވަނީ ބައެއް ކަންކަމުގައި ކޯޓުތަކުން އަމަލު ކުރަމުންދާ އުސޫލުތައް ދިރާސާ ކުރަން ވަނީ ފަށައިފަ އެވެ.
ކްރިމިނަލްކޯޓު ހުޅުމާލެއަށް ބަދަލު ކުރެވޭނެ އިރެއްނޭނގޭ
ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް 10 ބޭފުޅެއް
ކްރިމިނަލް ކޯޓު ރައްކާތެރިއެއް ނޫން، ގޮތް ހުސްވެފައި!
"ތިއީ ކީއްކުރާ ތަނެއް؟" ހޭ ބުނުމުން ޖަލަށް
1.7 ކިލޯ ޑްރަގް އެތެރެކުރުމުގެ ދައުވާ ސާބިތެއް ނުވި
ދައްތަ އާއި ކޮއްކޮ ޖާމިނުކޮށް އައްމަޓީ ދޫކޮށްލައިފި
މައްސަލަތައް ނުނިމި އެތައް އަހަރެއް: ހައްލެއް ނެތް؟
އަނެއްކާވެސް ދެ ފަނޑިޔާރެއްގެ މައްސަލަ ބަލަނީ
130 ކިލޯ ޑްރަގްސް: "ބޮޑުން" ދޫވެ، ސުވާލުތަކެއް
ބޮޑުފިނޮޅުގެ ބިދޭސީންނާ ގުޅޭ މައްސަލައެއް ޖޭއެސްސީއަށް!