01 ނޮވެމްބަރ 2020
މި އަހަރުގެ ތިން ވަނަ ކުއާޓާގައި ބީއެމްއެލް އަށް ސާފު ފައިދާގެ ގޮތުގައި 258.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މި އަހަރުގެ ތިން ވަނަ ކުއާޓާގައި ބީއެމްއެލް އަށް ސާފު ފައިދާގެ ގޮތުގައި 258.6 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިއީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާ ބާލައިރު 34.2 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި އެ ބޭންކަށް ސާފު ފައިދާގެ ގޮތުގައި ލިބުނީ 224.4 މިލިއަން ރުފިޔާ އެވެ.
ބީއެމްއެލުން ނެރުނު "ކުއާޓާލީ" ރިޕޯޓު ދައްކާގޮތުގައި މިދިޔަ ކުއާޓާގައި ބޭންކަށް ލިބުނު ސާފު ފައިދާ ވަނީ މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު 152.3 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. ތިން ވަނަ ކުއާޓާގެ ސާފު ފައިދާ އިތުރުވި ނަމަވެސް ބީއެމްއެލުން ލަފާ ކުރާ ގޮތުގައި ޕްރޮވިޝަން ޗާޖު އިތުރުވުމާ ގުޅިގެން މި ހިނގާ ކުއާޓާގައި އެ ނަތީޖާ ހާސިލެއް ކުރެވޭނެ އެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވި ގޮތުގައި މި ހިނގާ ކުއާޓާ ވެގެންދާނީ ދަތި އުނދަގޫ ކުއާޓަރަކަށެވެ. އެހެންނަމަވެސް ކަސްޓަމަރުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް މެދުކެނދުމެއް ނެތި ލިބެމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ކުއާޓާގައި ރަނގަޅު ނަތީޖާއެއް ހޯދިފައިވީ ނަމަވެސް މި އަހަރުގެ ބާކީ ބައިގައި ޕްރޮވިޝަން ޗާޖް ބޮޑުވާނެ ކަމަށް ލަފާކުރެވޭ. އެހެނަސް ބޭންކުން މުޖުތަމަ އަށް އެހީވުމަށް ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންގޮސް، ކަސްޓަމަރުންނަށް ލުއި ފަސޭހަކޮށްދިނުމަށް މިހާރު ހުރި ޕްރޮޑަކްޓްތަކަށް ބަދަލު ގެނެސް ކަސްޓަމަރުން ބޭނުންވާ ފަދަ ހިދުމަތެއް ދިނުމުގެ ގޮތުން ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތްކުރަމުން ދާނެ،" ޓިމް ވިދާޅުވި އެވެ.
ބީއެމްއެލްގެ ރިޕޯޓު ދައްކާގޮތުގައި މިދިޔަ ކުއާޓާގައި ބޭންކަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 646 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު މި މުއްދަތުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 639 މިލިއަން ރުފިޔާ އެވެ.
ކޮވިޑާ އެކު ބީއެމްއެލްގެ ފައިދާ 60 ޕަސެންޓް ދަށް
ބީއެމްއެލްއަށް 239 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް
ބީއެމްއެލްއަށް 247 މިލިއަން ރުފިޔާގެ ފައިދާއެއް!
ބީއެމްއެލް އަށް ރެކޯޑް ފައިދާއެއް، އެއް ބިލިއަން
ބީއެމްއެލްގެ ފައިދާ ބޮޑު، ފުޅާކުރަން ބޮޑު ހޭދައެއް
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް ސަހާ ވަހީދު
ކާޑު ލިމިޓު އިތުުރު ކުރަން ދަރިވަރުންނަށް ޕޯޓަލެއް
42 އަހަރަށް ފަހު އައިސްތު ބީއެމްއެލް އިން ވަކިވަނީ
ބީއެމްއެލްގެ މުވައްޒަފުންނަށް ހިދުމަތުގެ އެވޯޑުތައް
ބީއެމްއެލްގެ ސީއީއޯއަކަށް ޝަރީފް އައްޔަންކޮށްފި