ކަނޑިންމަ ރިސޯޓުން ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އައި މީހަކު މަރުވެއްޖެ އެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ މިއީ މި ބަލީގައި ރާއްޖެ އިން މަރުވި 38 ވަނަ މީހާގެ ގޮތުގައި އިއުލާންކޮށްފަ އެވެ.
ކަނޑިންމަ ރިސޯޓުން ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އައި މީހަކު މަރުވެއްޖެ އެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ މިއީ މި ބަލީގައި ރާއްޖެ އިން މަރުވި 38 ވަނަ މީހާގެ ގޮތުގައި އިއުލާންކޮށްފަ އެވެ.
އެތަނުން ބުނީ ކޮވިޑުގައި ރޭ މަރުވީ 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ކޮވިޑަށް ޓެސްޓްކުރީ، މަރުވި ފަހުންނެވެ. އެއީ، އޭނާގެ ހަށިގަނޑުގައި ބަލީގެ އަލާމާތްތައް ހުރެގެން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ކޮވިޑަށް، ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެކަމަކު، އަދިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މަތީގައި ދެމިތިބެން އެޗްޕީއޭ އިން އަންނަނީ އިލްތިމާސްކުރަމުންނެވެ.
ރާއްޖެ އިން މިހާތަނަށް 11،600 އަށް ވުރެން ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 10،000 އަށް ވުރެން ގިނަ މީހުން ވަނީ ރަނގަޅުވެފަ އެވެ. މިހާރު ފަރުވާދެމުން އަންނަނީ 800 މީހުންނަށް ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކަ އެވެ. އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބީ 54 މީހުންނެވެ.
ދ.އަތޮޅު ހޮސްޕިޓަލުން ފަސްޓްއެއިޑް ދަސްކޮށްދެނީ
ބ.އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް އެޅުން އާރުޑީސީއަށް
ބޯންމެރޯ ހަދަން އިތުރު 7 ކުދިން މިމަހު ފޮނުވަނީ
ހިލޭ އައިނު ހެދޭ ފިހާރަ އައިޖީއެމްއެޗުގައި ހުޅުވައިފި
ރޭޕް އެވިޑެންސް ކިޓް ހުރީ ދެ ހޮސްޕިޓަލްގައި: އެފްޕީއޭ
އިތުރު ގަޑީގެ ފައިސާ އުނި ނުކުރަން ގޮވާލައިފި
ހިޖާމާއިން ބަރުދަން ލުއިވާ ކަމަށް ބުނި މައްސަލަ ބަލަނީ
"2.0 އިން ސިއްހީ ދާއިރާއަށް އިންގިލާބެއް އަންނާނެ"
ދެ ސަރަހައްދެއްގައި ޓެލެމެޑިސިން ފަށަން ތައްޔާރުވެއްޖެ
ބިދޭސީންގެ ސިއްހަތާ ގުޅޭ ސިޔާސަތު އިފްތިތާހުކޮށްފި