Roadha Mihaaru
ޖޭއެސްސީ ބަދަލުކުރާ އިސްލާހު ބޭރުކޮށްލައިފި

ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރާ އިސްލާހު ބޭރުކޮށްލައިފި

27 އޮކްޓޯބަރ 2020

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިފައިވާ ގޮތަށް ބަދަލު ގެންނައުމަށް ޓަކައި ގާނޫނު އަސާސި އަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުން ބަލައި ނުގެން މިއަދު ބޭރުކޮށްލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިފައިވާ ގޮތަށް ބަދަލު ގެންނައުމަށް ޓަކައި ގާނޫނު އަސާސި އަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުން ބަލައި ނުގެން މިއަދު ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި ބިލު ބަލައިގަތުމާ މެދު މަޖލީހުގެ މިއަދުގެ ޖަަލްސާގައި ނެގި ވޯޓުގައި އެ ބިލާ އެއްކޮޅަށް ވޯޓު ދެއްވީ އެންމެ 13 މެމްބަރުންނެވެ. ނުފެންނަ ކަމަށް 50 މެމްބަރަކު ވޯޓު ދެއްވި އިރު ވަކިގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު ތިއްބެވި އެވެ.

ތޯރިގު ކުރިން ވިދާޅުވެފައިވާ ގޮތުގައި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން އޭނާ ހުށަހެޅުއްވީ އެ ކޮމިޝަނަށް ސަރުކާރާއި މަޖިލީހުގެ ނުފޫޒު ފޯރާތީ ކޮމިޝަންގެ މިނިވަންކަމާއި މުސްތަގިއްލުކަމަށް ހުރަސް އެޅޭތީ އެވެ. ފާއިތުވި 12 އަހަރު ވެސް އެކަން ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމަށް ބިލު ހުށަހެޅުއްވި އިރު އޭނާ ވިދާޅުވެފައިވެ އެވެ.

އެ ބިލްގެ ފުރަތަމަ ކިއުން އިއްވީ މިދިޔަ ހަފްތާގަ އެވެ. ބިލަށް ބަހުސްކުރަން މިއަދުގެ ޖަލްސާގައި ހުޅުވައިލުމުން އެ ބަހުސްގައި ތޯރިގުގެ އިތުރުން ދެން ވާހަކަދެއްކެވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ އަދި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އެއްވެސް މެމްބަރަކު ވާހަައެއް ނުަދައްކަވަ އެވެ. އެކަމަކު ބިލާ ބެހޭ ގޮތުން ތޯރިގު ވާހަކަ ދައްކަވަމުން ގެންދެވި އިރު ނިޒާމާ ބެހޭ ނުކުތާ ނަންގަވައި، އޭނާގެ ވާހަކައަށް އެކި ފަހަރު މަތިން ހުރަސް އަޅުއްވަން އެމްޑީޕީގެ މެމްބަރުން މަަސައްކަތްކުރެއްވި އެވެ.