02 ޑިސެމްބަރ 2020
ލަންޑަން (ޑިސެމްބަރު 2) - ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޔޫކްރޭންގެ ޝަހުތަރު ޑޮނެސްކް އަތުން 2-0 އިން ބަލިވެ ރެއާލް މެޑްރިޑް ގްރޫޕް ސްޓޭޖުން ކެޓުމުގެ ޕްރެޝަރާ ކުރިމަތިލާންޖެހުނުއިރު، ރަށުން ބޭރުގައި ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން 3-2 އިން މޮޅުވެ އިންޓަ މިލާން އަނެއް ބުރަށް ދިއުމުގެ އުއްމީދުއާ ކޮށްފި އެވެ.
ލަންޑަން (ޑިސެމްބަރު 2) - ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޔޫކްރޭންގެ ޝަހުތަރު ޑޮނެސްކް އަތުން 2-0 އިން ބަލިވެ ރެއާލް މެޑްރިޑް ގްރޫޕް ސްޓޭޖުން ކެޓުމުގެ ޕްރެޝަރާ ކުރިމަތިލާންޖެހުނުއިރު، ރަށުން ބޭރުގައި ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން 3-2 އިން މޮޅުވެ އިންޓަ މިލާން އަނެއް ބުރަށް ދިއުމުގެ އުއްމީދުއާ ކޮށްފި އެވެ.
ކޮންމެ ޓީމެއް ފަސް މެޗު ކުޅެ ބާކީ އެއް މެޗު އޮތްއިރު، ގްރޫޕް ބީގެ އެއް ވަނައިގައި މި ވަގުތު މުންޗެންގްލަޑްބެކް އޮތީ އަށް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޝަހުތަރާއި ތިން ވަނައިގައި އޮތް ރެއާލަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ. އިންޓަ ހަތަރެއްގައި އޮތީ ފަސް ޕޮއިންޓާ އެކު އެވެ.
ގްރޫޕްގެ ފަހު ދެ މެޗު އަންނަ ހަފްތާގައި ކުޅޭއިރު، ރެއާލް އަމިއްލަ ދަނޑުގައި ކުޅޭ މުންޗެންގްލަޑްބެކާ އެވެ. އަނެއް ބުރުގެ ޖާގަ ޔަގީންކުރަން ރެއާލަށް މި މެޗުން މޮޅުވުން މަޖުބޫރެވެ. އެ މެޗު އެއްވަރުވެއްޖެނަމަ މުންޗެންގްލަޑްބެކަށް ފުރުސަތު ލިބޭ ގޮތަށް އޮތްއިރު އެ ޓީމު ބަލިވެއްޖެނަމަ ދެން އެ ޓީމަށް ފުރުސަތު ގެއްލޭނީ އިންޓަ އިން ޝަހުތަރު ބަލިކޮށްފިނަމަ އެވެ. ޝަހުތަރަށް ފަހު މެޗު އެއްވަރުކޮށްލައިގެން ވެސް އަނެއް ބުރުގެ ޖާގަ ލިބޭނެ އެވެ. އިންޓަ އަށް އެ މެޗުން މޮޅުވުން މަޖުބޫރެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރެއާލް ވަނީ އަމިއްލަ ދަނޑުގައި 3-2 އިން ޝަހުތަރު އަތުން ބަލިވެފަ އެވެ. އޭގެ ބަދަލުހިފަން ރޭ ރެއާލުން ނުކުތް ނަމަވެސް ޝަހުތަރު ވަނީ ރެއާލަށް އެއްވެސް ފުރުސަތެއް ނުދީ މި މެޗުން ވެސް މޮޅުވެފަ އެވެ. ޝަހުތަރުން ދެ ގޯލު ވެސް މެޗުގެ ދެ ވަނަ ހާފުގައި ކާމިޔާބުކުރިއިރު، ފުރަތަމަ ގޯލު ޖެހީ ޑެންޓީނިއޯ އެވެ. އަދި ދެ ވަނަ ގޯލު ޖެހީ މަނޯ ސަލޮމަން އެވެ.
ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ ޗެމްޕިއަންސް ލީގުގެ އަނެއް ބުރަށް ކޮލިފައިވުމުގެ ފުރުސަތު ހަނިވެފައި މި ވަގުތަށް އޮތް ނަމަވެސް އޭނާ މަގާމުން އިސްތިއުފާނުދޭނެ ކަމަށާއި ކުރިއެކޭ އެއްގޮތަށް ޓީމުގެ ހާލަތު ބަދަލުކުރަން މަސައްކަތްކުރާނެ ކަމަށެވެ.
ކުޅުނު ފުރަތަމަ ހަތަރު މެޗުން މޮޅެއް ނުލިބި ވަނިކޮށް ރޭ އިންޓަ އިން ވަނީ ބުރަކޮށް މަސައްކަތްކޮށް މުބާރާތުގެ ފުރަތަމަ ތިން ޕޮއިންޓް ހޯދައިފަ އެވެ. މަޓެއޯ ޑާމިއަންގެ ގޯލުން އިންޓަ ލީޑުނަގާފައިވަނިކޮށް މުންޗެންގްލަޑްބެކަށް އެއްވަރުކޮށްދިނީ އަލެކްސަންޑަ ޕްލެއާ އެވެ. ދެ ވަނަ ހާފްގައި ރޮމެލޫ ލުކާކޫގެ ދެ ގޯލުން އިންޓަ އިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ޕްލެއާ ވަނީ އިތުރު ގޯލެއް ޖަހައި މުންޗެންގްލަޑްބެކަށް އުއްމީދެއް ހޯދައިދީފަ އެވެ. ޕްލެއާ އޭނާގެ ހެޓްރިކް ފުރިހަމަކުރަން ގޯލެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެ ގޯލު ބަަލައިނުގަންނަން ނިންމީ އިންޓަގެ ކީޕަރު ސާމިރް ހަންޑަނޮވިޗަށް އޮފްސައިޑްގައި ހުރި ކުޅުންތެރިއަކު ހުރަސް އެޅި ކަމަށް ބަލައިފަ އެވެ.
އިންޓަ އިން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ވާދަކުރީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން މުބާރާތުގައި ކުޅެން ލިބުނު ފަހަރުތަކުގައި ގްރޫޕް ސްޓޭޖު ފަހަނައަޅައި ނުދެވުނެވެ.
ބެޔާނާއި ރެއާލް ކޮލިފައިވެއްޖެ ޔުނައިޓެޑް ކަރުތާފެނަށް
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ
ރެއާލުން ޗެމްޕިއަންސް ލީގުގައި 1،000 ލަނޑުޖަހައިފި
ޑޯޓްމަންޑް ބަލިވެ، ރެއާލް އާއި އިންޓަ މޮޅުވެއްޖެ
ރެއާލާ ދެކޮޅަށް ލުކާކޫ އަށް ނުކުޅެވޭނެ
އެޓަލާންޓާ އަތުން މޮޅުވެ ރެއާލް މެޑްރިޑަށް ހަމަނޭވާއެއް
ލިވަޕޫލް އެއް ވަނައިގައި، ރެއާލް ޕްރެޝަރުގައި
އިންޓަ އަތުން ވީ ބަލި އާޓެޓާ އަށް ހަޖަމެއް ނުވި
ރެއާލް މެޑްރިޑް އޮތީ ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއްގައި: އަންޗެލޮޓީ
ވިނީގެ ހެޓްރިކުން ރެއާލް ފަހަތުން އަރައި މޮޅުވެއްޖެ