21 އޮކްޓޯބަރ 2020
ތިލަފުށި ފަޅުގައި އޮތް އެމްވީ ސީހޯމް ސަފަޔާ ބޯޓު ނަގަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ހަވާލުކުރި ކުންފުންޏަށް އެ ބޯޓު ނެގުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ނުލިބި އެންމެ ފަހުން އެ ކުންފުންޏަށް ބަދަލެއްގެ ގޮތުގައި ހަލައްކައެއްހާ ޑޮލަރު ދޭން ޖެހިއްޖެ އެވެ.
ތިލަފުށި ފަޅުގައި އޮތް އެމްވީ ސީހޯމް ސަފަޔާ ބޯޓު ނަގަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ހަވާލުކުރި ކުންފުންޏަށް އެ ބޯޓު ނެގުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ނުލިބި އެންމެ ފަހުން އެ ކުންފުންޏަށް ބަދަލެއްގެ ގޮތުގައި ހަލައްކައެއްހާ ޑޮލަރު ދޭން ޖެހިއްޖެ އެވެ.
ހުއްދަ ނުހޯދައި، ޖުލައި، 30، 2012 ގައި ތިލަފުށި ފަޅުތެރޭގައި އެޅި ދަގަނޑު ބޯޓު "އެމްވީ ސީ ހޯމް ސެފަޔާ"ގެ ވެރިފަރާތެއް ނޭނގެ އެވެ. އެހެންވެ ސިވިލް ކޯޓު މެދުވެރިކޮށް ދައުލަތަށް ނަގާފައި އޮތް ބޯޓު ފަޅުތެރެއިން ބޭރުކުރުމުގެ މަސައްކަތް އެއްބަސްވުމެއްގެ ދަށުން ހަވާލުކުރީ ޕާކަވަން އިންވެސްޓްމެންޓް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެކުންފުންޏާ ބޯޓް ހަވާލުކުރީ ބާދަނގަނޑުގެ ގޮތުގައި ބޯޓް ވިއްކާލައިގެން ލިބޭ އާމްދަނީ އަކީ މަަސައްކަތުގެ އަގު ކަަމަށް އެއްބަސްވެގެންނެވެ.
ބޯޓު ކީހާލުމުގެ މަސައްކަތް ޕާކަވަން އިން މިދިޔަ އަަހަރު ކުރަނިކޮށް އެ މަސައްކަތް ހުއްޓުވީ ފުލުހުންނެވެ. އެއީ ބޯޓުގެ މިލްކުވެރިކަމާ މެދު ސުވާލު އުފައްދައި ބަޔަކު ޖެއްސި މައްސަލައަކާ ގުޅިގެންނެވެ. އޭރުގައި ބޯޓް އޮތީ ކުލި ދައްކަން ޖެހޭ ބޯޓްޔާޑެއްގަ އެވެ. އެހެންވެ، ބޯޓް އެތަނުގައި ބާއްވަން ދިޔަ ހަރަދާއި މަސައްކަތުގެ އަގުގެ ގޮތުގައި 780،511 ޑޮލަރު (10.9 މިލިޔަން ރުފިޔާ) ހޯދަން އެ ކުންފުނިން ސިވިލް ކޯޓުގައި އޭރު ދައުވާ ކުރި އެވެ.
އެ ދައުވާގެ ޝަރީއަތް މިދިޔަ ބުދަދުވަހު ސިވިލް ކޯޓުން ނިންމީ ޕާކަވަންއާ އެއްކޮޅަށެވެ. އެކަމަކު ބަދަލުގެ ގޮތުގައި ނަގައިދޭން ސިވިލް ކޯޓުން ހުކުމްކުރީ އެ ކުންފުނިން އެދުނު ވަރަށް ވުރެ ކުޑަ ތަންކޮޅެއް މަދު އަދަދެކެވެ. ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު ކުރެއްވި ހުކުމްގައި، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ޕާކަވަން އަށް ދައްކަން އަަންގާފައި އޮތީ 597,800 ޑޮލަރު (9.2 މިލިޔަން ރުފިޔާ) އެވެ.
އަލީ ނަސީރަކީ ދައުލަތުން 348 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ޖެހުނު ދީބާޖާ މައްސަލަ އާއި ދާދި ފަހުން އެލައިޑުން 22 މިލިއަން ޑޮލަރު ދައްކަން ވެސް ހުކުމް ކުރެއްވި ގާޒީ އެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި އޮތީ ބާދަނގަނޑުގެ ގޮތުގައި ބޯޓު ވިއްކައިލެވުނު ނަމަ އެކުންފުންޏަށް 597,800 އެމެރިކާ ޑޮލަރު ލިބެން އޮތްކަން ކޯޓަށް ހުށަހެޅި ލިޔެކިއުންތަކުން ސާބިތުވާ ކަމަށެވެ. ޖީއެމްއެލްޒެޑުން ޕާކަވަންއާ ބޯޓް ހަވާލުކުރީ އެކަމުގެ އިޚުތިޔާރު ނެތިކަން، ވެސް ލިޔެކިއުންތަކުން އެނގޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ގާނޫނީ މައްސަަލަތަކާ ހެދި ރާއްޖޭން ފުރުން މަނާކުރުމުން 2012 ވަނަ އަހަރު ދޫކޮށްލާފައިވާ އެމްވީ ސީހޯމް ސަފާޔާ ތިލަފުށީ ފަޅުގައި އަޅާފައި އޮތް އިރު، އެ ބޯޓުގެ ވެރިފަރާތެއް ހޯދަން ތިލަފުށި ކޯޕަރޭޝަންގެ ދުވަސްވަރު ވެސް މަސައްކަތްކުރި އެވެ. އެ ބޯޓް ތިލަފުށީ ފަޅުގައި އޮންނާތީ ތިމާވެއްޓަށް ގެއްލުންވާ ކަމަށް ބުނެ ދައުލަތުން ސިވިލް ކޯޓަށް ދިއުމުން ބޯޓު ދައުލަތަށް ނަގައިދިނެވެ.
ބޯޓް ނަގަން ޕާކަވަންއާ ހަވާލުކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ޖީއެމްއެލްޒެޑްގެ އޭރުގެ މެނޭޖިންޑައިރެކްޓަރު އިބްރާހީމް ރަޝީދު (މާމިނގިލި އިބޫ) އާއި ކުންފުނީގެ އެހެން އިސް ބޭފުޅުން މިދިޔަ އަހަރު ހާޒިރު ކުރި އެެވެ. އެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ އެބޯޓްގެ މިލްކުވެރިކަން ޖީއެމްއެލްޒެޑަށް އޮތް ކަން ފިނޭންސް މިނިސްޓްރީން ފޮނުވާފައި ލިޔެކިއުންތަކާއި ކޯޓުގެ ހުކުމުން އެނގޭ ކަމަށެވެ. އެބޯޓްގެ މައްސަލައިގައި ދައުލަތުން ބަދަލެއް ދޭން ނުޖެހޭނެކަމުގެ ޔަގީންކަން އެބަ އޮތް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބޯޓުގެ މައްސަލާގައި އިހުމާލުވިމީހުންނަށް ފިޔަވަޅު އަޅަނީ
އިބޫގެ ވާހަކަތައް ފިނޭންސުން ދޮގުކޮށްފި
ބޯޓުގެ މައްސަލައިގައި އެމްޑީ އިބޫ "ހޫނުފެނަށް"
ތިލަފުށި ހިންގާ ކުންފުނީގައި އެތެރޭގައި ކޯޅުމެއް
ކެމިކަލް ގުދަންތައް ނިމުމުން ރައީސަށް ހިތްހަމަޖެހުން
ތިލަފުށީގައި ގުދަންތައް އަޅަން ހަވާލުކުރީ އަގުބޮޑުކޮށް
ތިލަފުށީގައި ކެމިކަލް ގުދަންތައް ހަދައި ނިންމައިފި
ބޯޓު މައްސަލާގައި ކުންފުނީގެ އިހުމާލެއް ނެތް: އިބޫ
ގުދަންތައް ހެދުން އިއުލާންކޮށްގެން ހަވާލުކުރަން ލަފާދީފި
ބީލަމަށް ނުލާތީ ފާޑުކިޔުން! "މިއީ ޒީރޯ ޓޮލަރެންސް؟"