Roadha Mihaaru
އީވާ، އިބޫ، ފައިސަލް އަލުން ޕާޓީތަކަށް ވައްދައިފި

އީވާ އާއި އިބޫ އަދި ފައިސަލް އަލުން ޕާޓީއަށް ވައްދައިފި

31 އޮކްޓޯބަރ 2016

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲގެ އިތުރުން ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ފައިސަލް ނަސީމް އަލުން ޕާޓީތަކުގެ ދަފްތަރުގައި ހިމަނައި އެކަން ރައްޔިތުންގެ މަޖިލީހަށް އިއްޔެ އަންގައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ގާނޫނީ ގޮތުން ފުރިހަމަވާން ޖެހޭ ކަންކަން ފުރިހަމަވުމުން ތިން މެމްބަރުން ޕާޓީތަކުގެ ދަފްތަރުގައި ހިމަނާފައިވާ ކަމަށެވެ. އަދި އެކަން މަޖިލީހަށް އެންގި ކަން އޭނާ ޔަގީންކޮށްދެއްވި އެވެ.

އިބޫ އާއި އީވާ އަދި ފައިސަލް ޕާޓީގެ ދަފްތަރުން އުނިކުރީ، ފިންގާޕްރިންޓާ އެކު ފޯމު ހުށަހަޅަން ޕާޓީތަކަށް ދިން އެއް މަސް ދުވަހުގެ މުއްދަތު ހަމަވިއިރު ފޯމު ހުށަހަޅުއްވާފައި ނުވާތީ ކަމަށް އިލެކްޝަންސް އިން ބުނެ އެވެ.

ތިން މެމްބަރަކު ދަފްތަރުން އުނިކޮށް، ސަބަބު އިލެކްޝަންސް އިން ދެއްކިއިރު، ހުޅުހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު ރީކޯ މޫސާ މަނިކުގެ ފޯމު އެ ޕާޓީން އިލެކްޝަންސަށް ހުށަހައެއް ނާޅަ އެވެ. އެކަމަކު އޭނާ ޕާޓީން ވަކިކޮށްފައެއް ނުވެ އެވެ. މިއީީ ތަފާތުކުރުން ގެންގުޅުން ކަމަށް ބުނެ މި މައްސަލާގައި ސިޔާސީ ޕާޓީތަކުގެ ފާޑުކިޔުން އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.

ސިޔާސީ ޕާޓީތަކަށް ގެނައި އިސްލާހާ ގުޅިގެން، ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެވޭނީ އިނގިލީގެ ނިޝާނާ އެކު ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފުރިހަމަކުރާ މީހުންނަށެވެ. އެ އިސްލާހާ އެއްގޮތަށް ޕާޓީތަކުގެ ދަފްތަރު އަލުން އެކުލަވާލި އިރު އިނގިލީގެ ނިޝާން ނެތް ގިނަ ބަޔަކު ޕާޓީތަކުން ވަނީ ވަކިކޮށްފަ އެވެ.