15 އޮކްޓޯބަރ 2020
ސްރީ ލަންކާގެ ކްރިކެޓް ލެޖެންޑް މުތިއާ މުރާލިތަރަން އަށް ބިނާކޮށް އިންޑިއާ އިން ހަދަން ނިންމާފައިވާ ފިލްމުގެ ނަން އިއުލާންކޮށް، އޭގެ މޯޝަން ޕޯސްޓަރު ދައްކާލައިފި އެވެ.
ސްރީ ލަންކާގެ ކްރިކެޓް ލެޖެންޑް މުތިއާ މުރާލިތަރަން އަށް ބިނާކޮށް އިންޑިއާ އިން ހަދަން ނިންމާފައިވާ ފިލްމުގެ ނަން އިއުލާންކޮށް، އޭގެ މޯޝަން ޕޯސްޓަރު ދައްކާލައިފި އެވެ.
ނަމަކަށް "800" ދީފައިވާ މި ފިލްމުގައި މުތިއާގެ ރޯލް ކުޅޭނީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ސުޕަސްޓާރެއް ކަމަށްވާ ވިޖޭ ސެތުޕަތީ އެވެ. ފިލްމުގެ ޑައިރެކްޓަރަކީ އެމްއެސް ސްރިޕަތީ އެވެ. "800 ގައި މުތިއާގެ ކުޑައިރުން ފެށިގެން، ކުޅަދާނަ ކްރިކެޓް ކުޅުންތެރިއަކަށްވެ، ލަންކާ އަށް އެ ކުޅިވަރުން ބޮޑެތި ކާމިޔާބީތައް ހޯދައި ދިން ގޮތް ދައްކުވައިދޭނެ އެވެ.
ލަންކާގައި އުފެދުނު އެންމެ ހުނަރުވެރި އަދި ކާމިޔާބު ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުތިއާ، 48، ގެ ބައޮގްރަފިކަލް ޑްރާމާއެއް ހަދަނީ އިންޑިއާގެ މޫވީ ޓްރެއިން ޕިކްޗާޒް އާއި ދާރް މޯޝަން ޕިކްޗާޒް ގުޅިގެންނެވެ.
އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށާ "800" ގެ މަންޒަރުތައް ލަންކާ އާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އާއި އިންޑިއާގައި ވެސް ނަގާނެ އެވެ. ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.
މީގެ ތިން އަހަރު ކުރިން ރިލީޒްކުރި ސަސްޕެންސް ތުރިލާ "އިއްތިފާގް" އަށް ފަހު، ސިދާތު މަލްއުތުރާ އަނެއްކާ ވެސް ތުރިލާއަކަށް ސޮއިކޮށްފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ނަން އަދި އިއުލާންނުކުރާ މި ފިލްމަކީ ބޮޑު ބަޖެޓަކުން ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ހަދާ ފިލްމެކެވެ. ފިލްމު ޑައިރެކްޓްކުރާނެ މީހަކު ވެސް އަދި އިއުލާންކޮށްފައި ނުވާ އިރު މީގެ ޝޫޓިން ފަށަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ސިދާތު މި ވަގުތު މިދިޔަ އަހަރު ރިލީޒްކުރި ތަމަޅަ ފިލްމު "ތަޅަމް" ގެ ރިމެކްގެ މަސައްކަތްކުރަމުން އަންނަ އިރު، ރޯނީގެ ފިލްމަށް ހުސްވާނީ މީގެ ޝޫޓިން ނިންމައިލުމަށް ފަހު އެވެ. އެންމެ ފަހުން މިދިޔަ އަހަރު ރިލީޒްކުރި "މަރްޖާވާ" އިން ފެނިގެން ދިޔަ ސިދާތުގެ ކުރިއަށް އޮތް ފިލްމަކީ އިންޑިއާގެ ކުރީގެ އަސްކަރީ އޮފިިސަރެއް ކަމަށްވާ ވިކްރަމް ބަޓްރާގެ ބައޮގްރަފިކަލް ޑްރާމާ "ޝޭރްޝާހް" އެވެ.
ކަރަން ޖޯހަރް ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމަކީ ވިޝްނޫވަރްދާން ޑައިރެކްޓްކށްފައިވާ ފިލްމެކެވެ. އެ ރިލީޒްކުރާނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.
ލޮކްޑައުންއާ ހެދި ޝޫޓިން މެދުކެނޑިފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން އަލުން ޝޫޓިން ފަށައި، ނިންމުމަށް ފަހު، ބަތަލާ ބޫމީ ޕެޑްނޭކަރްގެ ފިލްމު "ދުރުގާވަތީ" ގެ ޑަބިންގެ މަސައްކަތް ވެސް ނިންމާލައިފި އެވެ.
ޒުވާން ބަތަލާ ވަނީ ޑަބިން ސްޓޫޑިއޯގައި ނަގާފައިވާ ފޮޓޯއަކާ އެކު އެ ވާހަކަ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފަ އެވެ. "ދުރުގާވަތީ" އަކީ ޖީ އަޝޯކް ޑައިރެކްޓްކުރާ ހޮރޯ ތުރިލާއެކެވެ. މި ފލްމަކީ އޭނާ 2018 ގައި ބަތަލާ އަނުޝްކާ ޝެޓީއާ އެކު ގެނެސްދިން ތެލެގޫ ފިލްމު "ބާގަމަތީ" ގެ ރިމެކެކެވެ. އެ ފިލްމުގައި ކިޔައި ދީފައި ވަނީ ލޯބިވެރިޔާ މަރާލިކަމުގެ ތުގުމަތުގައި ޖަލުގައި ބަންދުކުރެވޭ އަންހެނެއްގެ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ބަލައި އޭނާ އިހުގެ ކިއްލާއެއްގެ ތެރޭގައި އެކަހެރިކޮށް ބަންދުކުރުމުން ދިމާވާ ބިރުވެރި ހާދިސާތަކެވެ.
އަކްޝޭ ކުމާރު ވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ "ދުރުގާވަތީ" ގެ ކާސްޓުންގެ ތެރޭގައި އަރުޝަދު ވަރްސީ އާއި މާހީ ގިލް އާއި ކަރަން ކަޕާޑިއާ ހިމެނެ އެވެ. މި ފިލްމު ގެނެސްދޭން ނިންމާފައި ޑިސެމްބަރު މަހުގެ 11 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިންނެވެ.
ހުކުރު ދުވަހުން ފެށިގެން އިންޑިއާގެ ސިނަމާތައް އަލުން ހުޅުވަން ހުއްދަ ދީފައިވާތީ ކުރިން ރިލީޒްކޮށްފައި ހުރި އިތުރު ފިލްމުތަކެއް އަލުން ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
އަލުން ސިނަމާތައް ހުޅުވާ އިރު އެންމެ ފުރަތަމަ އަޅުވަން ހަމަޖެހިފައިވާ ހިންދީ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ވިވެކް އޮބެރޯއީގެ "ޕީއެމް ނަރެންދުރަ މޯދީ" އެވެ. އެ ފިލްމުގެ ފަހަތުން ދެން އަޅުވަން ނިންމާފައިވާ ފިލްމުތަކަކީ ޖެނުއަރީގައި ރިލީޒްކުރި އަޖޭ ދޭވްގަންގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" އާއި ފެބްރުއަރީގައި ރިލީޒްކުރި އަދިތިޔާ ރޯއި ކަޕޫރްގެ "މަލަންގް" އާއި އަޔޫޝްމަން ކްރާނާގެ "ޝުބް މަންގަލް ޒާދާ ސާވްދާން" އާއި ތާޕްސީ ޕައްނޫގެ "ތައްޕަޅް" ގެ އިތުރުން 2018 ގައި ސާރާ އަލީ ޚާން ބޮލީވުޑަށް ނުކުތް ފިލްމު "ކޭދަރުނާތު" އެވެ.
މި ފިލްމުތައް އަލުން ރިލީޒްކުރާ ވާހަކަ ހިއްސާކުރަމުން ފިލްމު ކްރިޓިކް ތަރަން އަދާޝް ބުނީ އެ ފިލްމުތައް އަލުން އަޅުވާ ތާރީހުތައް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.
މިއީ ރަކުލް އަށް ވަރަށް ބޮޑު އަހަރެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ވިކީ ބޭނުމީ "އަތުރަންގީ ރޭ" ޑައިރެކްޓަރުގެ ފިލްމެއް
"އަތުރަންގީ-ރޭ" ގައި ސާރާ ވަރަށް މޮޅު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"އަތުރަންގީ ރޭ" ގައި ފެންނާނީ ކުޑަ ރޯލަކުން: އަކްޝޭ
"ސޫރިޔަވަންޝީ" މިހާރު ނެޓްފްލިިކްސްގައި
ސާރާގެ "އަތުރަންގީ ރޭ" ޑިޖިޓަލް ޕްރީމިއާއަކަށް