ސިނަމާތަކުގައި ނޫނީ ރިލީޒްނުކުރަން ނިންމާފައިވާ އަކްޝޭ ކުމާރުގެ ފިލްމު "ސޫރިޔަވަންޝީ" އަންނަ އަހަރުގެ ޖެނުއަރީ 26 ގައި ސިނަމާތަކަށް ގެންނަން އެ ފިލްމުގެ ޓީމުން މަސައްކަތްކުރަމުން އަންނަ ރިޕޯޓްތައް ބުނެފި އެވެ.
13 އޮކްޓޯބަރ 2020
ސިނަމާތަކުގައި ނޫނީ ރިލީޒްނުކުރަން ނިންމާފައިވާ އަކްޝޭ ކުމާރުގެ ފިލްމު "ސޫރިޔަވަންޝީ" އަންނަ އަހަރުގެ ޖެނުއަރީ 26 ގައި ސިނަމާތަކަށް ގެންނަން އެ ފިލްމުގެ ޓީމުން މަސައްކަތްކުރަމުން އަންނަ ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަތުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ހަތް މަސް ފަހުން އިންޑިއާގެ ސިނަމާތައް އަލުން ހުޅުވަން އަންނަ ހުކުރު ދުވަހުން ފެށިގެން ހުއްދަ ދިން ނަމަވެސް މި އަހަރުގެ ބާކީ މިއޮތް މުއްދަތަކީ ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކުރާ އިރު ބޮޑެތި ފިލްމުތަކެއް ސިނަމާތަކަށް ގެންނަ އެންމެ އެކަށީގެންވާ ވަގުތެއް ނޫނެވެ. އެހެންވެ "ސޫރިޔަވަންޝީ" މި އަހަރު ގެނެސްދިނުމުގެ ހިޔާލު އެއްކޮށް ދޫކޮށްލައި، އެ ފިލްމު ޖެނުއަރީގައި ފާހަގަކުރާ އިންޑިއާގެ ޖުމްހޫރީ ދުވަހާ ދިމާކޮށް ސިނަމާތަކަށް ގެންނަން ފިލްމުގެ ޓީމުން މަސައްކަތްކުރަމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏެވެ.
ނަމަވެސް އެ ފިލްމުގެ ޓީމުން އަދި މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ. ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ "ސޫރިޔަވަންޝީ" އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި ރޯހިތުގެ ރޯހިތު ޝެޓީ ޕިކްޗާޒް އާއި އަކްޝޭގެ ކޭޕް އޮފް ގުޑް ފިލްމްސް އާއި ރިލަޔަންސް އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
ކޮވިޑާ ހެދި އިންޑިއާގައި މާޗް މަހުގެ 22 ގައި ލޮކްޑައުން އިއުލާންކޮށް ސިނަމާތައް ބަންދުކުރީ "ސޫރިޔަވަންޝީ" އެ މަހުގެ 24 ގައި އަޅުވަން ތައްޔާރުވަމުން ދަނިކޮށެވެ. އޭގެ ފަހުން އޭގެ ޓީމުން ވަނީ ސިނަމާތައް އަލުން ހުޅުވި އިރަކުން ފިލްމު އަޅުވާނެ ތާރީހަކާ މެދު ގޮތެއް ނިންމަން ފިލްމު ބާއްވައިފަ އެވެ.
"ސޫރިޔަވަންޝީ" އަކީ ރޯހިތު ގެނެސްދޭ "ސިންގަމް" އާއި "ސިމްބާ" އަށް ފަހު އޭނާގެ ކޮޕް ޔުނިވާސް އަށް އިތުރުވާ ތިން ވަނަ ކެރެކްޓާ ތައާރަފުކުރާ ފިލްމެވެ. އެގޮތުން އަކްޝޭ ފިލްމުގައި ފެނިގެންދާނީ ވީރު ސޫރިޔަވަންޝީ ކިޔާ ފުލުހެއްގެ ރޯލުންނެވެ.
މީގެ ބަތަލާ އަކީ ކެޓްރީނާ ކެއިފެވެ. "ސޫރިޔަވަންޝީ" އަކީ އެކީގައި ކާމިޔާބު ފިލްމުތަކެއް ކުޅުނު އެ ދެ ތަރިންގެ 11 އަހަރު ފަހުން އެކީގައި ކުޅުނު ފިލްމެވެ.
ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޖެކީ ޝްރޮފާއި ގުލްޝަން ގްރޯވާ އާއި ސިކަންދަރް ކޭރާއި އަބިމަންޔޫ ސިންގް އާއި ނިތިކިން ދީރް އާއި ވިވާން ބަޓޭނާ އާއި ޖާވިދު ޖެފްރީ އާއި ކުމުދު މިޝްރާ ފަދަ ތަރިން ހިމެނެ އެވެ.
އަދި ފިލްމުގެ ހާއްސަ ކެމިއޯއެއްގެ ގޮތުގައި އަޖޭ ދޭވްގަން (ސިންގަމް) އާއި ރަންވީރު ސިންގް (ސިމްބާ) ވެސް ފެނިގެން ދާނެ އެވެ.
"ސޫރިޔަވަންޝީ" މިހާރު ނެޓްފްލިިކްސްގައި
"ސޫރިޔަވަންޝީ" ގައި ހުރިހާ ރަހައެއް ހެޔޮވަރު
އަކްޝޭގެ "ސޫރިޔާވަންޝީ" އަށް އެންމެ ފަހުން ތާރީހެއް
ކޮވިޑްގެ ފަހުން 100 ކްރޯޑް "ސޫރިޔަވަންޝީ" އަށް
އަކްޝޭ އާއި ކެޓްރީނާގެ ލޯބި ލަވައަކުން
"ސޫރިޔަވަންޝީ" ގެ ފުރަތަމަ ލަވަ ވަރަށް ފޯރިގަދަ
އަކްޝޭ ކުމާރުގެ ރިހޭފައިމައްޗަށް ފޮއި
"ސޫރިޔާވަންޝީ" އާއި "83" ޑިޖިޓަލްކޮށް ނެރެފާނެ
"ސޫރިޔާވަންޝީ" އާއި "83" އަހަރުގެ ފަހުކޮޅަށް
"ސޫރިޔަވަންޝީ" އަންނަ މަހު ނެޓްފްލިކްސް އަށް