03 އޮކްޓޯބަރ 2020
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބަށް ކުރާ ހަތް ދައުވާއާ ގުޅިގެން އޭނާ ހުންނެވީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެ ދައުވާތަކަށް އޭނާ އިއުތިރާފްވެ ވަޑައިގަތުމުން އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުން އަންނަ ހޯމަ ދުވަހު އެ މައްސަލާގެ ހުކުމް އިއްވާނެ އެވެ.
އަދީބު ގޭ ބަންދަށް ބަދަލު ކުރުމާ ބެހޭގޮތުން ކަރެކްޝަންސް އިން ބުނީ އަދީބު ގޭބަންދަށް ބަދަލު ކުރީ ސިއްހީ ހާލަތު ހުރި ގޮތުން ކަމަޭވެ.
އަދީބުު ގޭ ބަންދަށް ބަދަލުކުރީ، އޭނާއަށް ކުރާ ދައުވާތަކަށް މިދިޔަ ބުދަ ދުވަހު ކޯޓުގައި އިއުތިރާފްވެ ވަޑައިގެން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއާބެހޭ ތަފްސީލުތައް އޭނާ ފުރަތަމަ ފަހަރަށް ދެއްވާފައި ވަނިިކޮށެވެ. އަދި ކުރެވުނު ކުށްތަކަށް ތައުބާވެ، ރައްޔިތުންގެ ކިބައިން އޭނާ ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.
އަދީބު ދައުވާތަކަށް އިއުތިރާފްވީ އޭނާއާ އެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން އަދީބު ކުށަށް އެއްބަސްވާ ނަމަ، އޭނާގެ އަދަބު ލުއިކޮށްދޭނެ އެވެ.
ޖަލަށް ހުކުމްކުރި އަދީބު ގޭގައި!
އަދީބު ޖަލުން ފިއްލަވާކަށް ނޫޅުއްވާ: ވަކީލުން
އޮފިސަރުންގެ މައްސަލަ:އެންމެން ދޫކޮށްލަން ޕީޖީން އެދެފި
އޮފިސަރުންގެ މައްސަލަ: ތިން މީހަކާއެކު އެއްބަސްވުމެއް
ޔާމީނާ އެއް މިލިއަން ރުފިޔާ ހަވާލުކުރިން: އޮއިއްޓޭ
އަޑުބަރޭ ރާއްޖޭގައި ނެތް ކަމަށް ފުލުހުން އަންގައިފި
"ގެއްލުނު" އަޑުބަރޭ ހޯދަން ބަލަންޖެހޭ ކަންކަން ބަލަނީ
އުސޫލު ނެތަސް ކޮމިއުނިޓީ ސާވިސްގެ އަދަބު ދޭންފަށައިފި
އަދީބު ގޭގައި ހުންނަ ސަބަބާ މެދު އެހެން ޖަވާބެއް ދީފި
އަދީބު މިހާރު ހުންނެވީ އަމީން އެވެނިއުގެ ފްލެޓެއްގައި