04 އޮކްޓޯބަރ 2020
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދޮށީ ދަރިކަނބަލުން އިވަންކާ ޓްރަމްޕާ މިހާރު އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެ ދެ މީހުންގެ ދޭތެރޭގައި އޮތް ގާތްކަން ނިމުމަކަށް އައިސްފައިވާ ކަމަށް ކުރީގެ ރައީސް ބިލް ކްލިންޓަންގެ ދަރިކަނބަލުން ޗެލްސީ ކްލިންޓަން ވިދާޅުއްޖެ އެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދޮށީ ދަރިކަނބަލުން އިވަންކާ ޓްރަމްޕާ މިހާރު އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެ ދެ މީހުންގެ ދޭތެރޭގައި އޮތް ގާތްކަން ނިމުމަކަށް އައިސްފައިވާ ކަމަށް ކުރީގެ ރައީސް ބިލް ކްލިންޓަންގެ ދަރިކަނބަލުން ޗެލްސީ ކްލިންޓަން ވިދާޅުއްޖެ އެވެ.
އިވަންކާގެ ބައްޕަ 2016 ގައި ވެރިކަމަށް ވަޑައިގެންނެވީ ޗެލްސީގެ މަންމާފުޅު ހިލަރީ ކްލިންޓަނާ ވާދަކޮށްގެންނެވެ.
އިވަންކާއާ ބެހޭ ގޮތުން އެންޑީ ކޮއެންގެ ޓޯކް ޝޯ "ވޮޗް ވަޓް ހެޕެންސް ލައިވް ވިތު އެންޑީ ކޮއެން" ގައި ޗެލްސީ ވިދާޅުވީ އޭނާ އާއި އިވަންކާއާ ދެމެދު ކުރިން ވަރަށް ގާތް އެކުވެރިކަމެއް އޮތް ކަމަށެވެ. އެ ގުޅުން މިހާރު ވެސް އޮތްތޯ އެންޑީ ސުވާލުކުރުމުން ޗެލްސީ ވިދާޅުވީ ނެތް ކަމަށެވެ.
"ދެހާސް ސޯޅައިގެ ފަހުން އެ ގުޅުމެއް ނެތް. އޭގެ ފަހަކުން އަހަރެމެން ދެ މީހުން ވާހަކައެއް ވެސް ނުދައްކަން. ބައްދަލެއް ވެސް ނުވޭ،" ޗެލްސީ، 40، ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިވަންކާއާ އޮތް ގުޅުން ހީނަރުވެ ކެނޑުނީ ބައްޕާފުޅުގެ ވެރިކަމުތެރޭގައި އިވަންކާ އަމަލީ ގޮތުން ހަރަކާތްތެރިވަޑައިގަންނަވާތީ އެވެ.
"އަސްލު އެއީ އަހަރެން އެހާ ރުހޭ ކަމަކަށް ނުވޭ. އަހަރެންގެ ނަޒަރުގައި އިވަންކާ އަކީ ސަރުކާރު ހިންގުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތްތަކުގައި ބައިވެރިވާން ޖެހޭ މީހެއް ނޫން،" ބައްޕާފުޅު ކްލިންޓަން ވެރިކަން ކުރެއްވި ދުވަސްވަރު ސިޔާސީ ކަންކަމުގައި ދައުރެއް އަދާނުކުރައްވާ ޗެލްސީ ވިދާޅުވި އެވެ. "އަހަރެން ދެކޭ ގޮތުގައި ސަރުކާރު ހިންގުމުގައި އިވަންކާ އަދާކުރަން ޖެހޭ ދައުރެއް ނެތް. އަދި އެކަމަނާ އެކަމުގެ ތެރޭގައި އުޅުއްވާކަށް ވެސް ޖެހިވަޑައެއްނުގަނަންވާނެ. އެހެންވީމާ މިކަހަލަ ހިޔާލު ތަފާތުވުންތަކާ ހެދި އަހަންނާއި އިވަންކާއާ ދެމެދު މިހާރު ކުރިން އޮތް ގުޅުން ނެތް ކަމަށް ބުނަން ޖެހެނީ."
ދެހާސް ސޯޅަ ވަނަ އަހަރުގެ ރިއާސީ ކެމްޕޭނުގެ ތެރޭގައި އިވަންކާއާ އެއްވެސް ވަރަކަށް މުއާމަލާތްތަކެއް ކުރެވިފައިވޭތޯ އެންޑީ ސުވާލުކުރުމުން ޗެލްސީ ވިދާޅުވީ ކުރެވުނު ކަމަށެވެ.
"އެކަމަކު އެއީ ކެމްޕޭނުގެ ވަރަށް ކުރީކޮޅު. ފަހުން ޓްރަމްޕަކީ ވަރަށް ގިނަ ކަންކަމުގައި އާންމު ވިސްނުންތަކާ މުޅިިން ހިޔާލު ތަފާތު ބޭފުޅެއްކަން އެނގުމާ އެކު، އޭނަގެ ކެމްޕޭންގައި ވަރަށް އިސްކޮށް އިވަންކާ އުޅުއްވަން ފެންނަ ތަން ފެށުމުން އަހަރެންގެ ޒަމީރު ގަބޫލުނުކުރާ ކަހަލަ ކަންތައްތަކެއް ހުރީމަ އިވަންކާއާ ފެއަށް ޖެހުނީ،" ޗެލްސީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓްރަމްޕަކީ އިވަންކާގެ ބައްޕަ ކަމަށް ވިޔަސް ނަސްލީ ގޮތުންނާއި ކުލައިގެ ގޮތުން ތަފާތުކުރުންތައް ގެންގުޅުމާއި ދީނީ ގޮތުން ތަފާތުކުރުންތައް ގެންގުޅުމާއި ޖިންސީ ގޮތުން ތަފާތުކުރުން ފަދަ ކަންކަން ގެންގުޅޭ ނަމަ އެގޮތަށް ފިކުރާއި ވިސްނުން ކޮރަޕްޓްވެފައި ތިބޭ މީހުންނަކީ ބަލައިގަނެވޭނެ ބައެއް ނޫން ކަމަށެވެެ.
ބައްޕާފުޅު ކްލިންޓަނާއި ޓްރަމްޕާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޗެލްސީ ވިދާޅުވީ އެއީ އެއްވެސް ވަރަށް އަޅާކިޔޭނެ ދެ ބޭފުޅުން ނޫން ކަމަށެވެ. އަދި އެކަން އެމެރިކާގެ ރައްޔިތުންނާއި މުޅި ދުނިޔެ ވެސް ގަބޫލުކުރާނެ ކަމަށް ވިދާޅުވި އެވެ.
ޗެލްސީ އަކީ ކްލިންޓަނާއި ހިލަރީގެ ހަމައެކަނި ދަރިފުޅެވެ. ޗެލްސީ އަކީ ތިން ކުދިންގެ މައެކެވެ.
ޓްރަމްޕް ހުވާކުރާ ރަސްމިއްޔާތަށް ހިލަރީ ވަޑައިގަންނަވާނެ
ކްލިންޓަން ފައުންޑޭޝަން ބަންދުކުރަން ޓްރަމްޕް ގޮވާލައިފި
ކްލިންޓަނާއި ލުވިންސްކީ "އެމެރިކަން ކްރައިމް ސްޓޯރީ" އަށް
އިވަންކާގެ އިންޑިއާ ދަތުރުން މަޖާ ފޮޓޯތަކެއް
މިޝިގަންގެ ވޯޓާ އެކު ޓްރަމްޕް އިތުރަށް ކުރިއަށް
ވިސްކޮންސިންގެ ވޯޓު އަލުން ގުނަން ހުށަހަޅައިފި
ޓްރަމްޕަށް ވުރެ ހިލަރީ ދެ މިލިއަން ވޯޓު ކުރީގައި
ޓްރަމްޕް ސަރުކާރުން ހިލަރީ ޖަލަކަށް ނުލާނެ
ނާކާމިޔާބުވުމުން ވަރަށް ބޮޑަށް މާޔޫސްވި: ހިލަރީ
އިލެކްޓޯރަލް ކޮލެޖް ސިސްޓަމް އުވާލަން ހުށަހަޅައިފި