29 ސެޕްޓެމްބަރ 2020
ލަންޑަން (ސެޕްޓެމްބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި މި ފަހަރުގެ ސީޒަނުގައި އަމަލުކުރަމުން އަންނަ އާ ހޭންޑްބޯލް ގަވައިދަކީ ފުޓްބޯޅަ އަށް ގެއްލުން ހުރި އެއްޗެއް ކަމަށާއި އެއީ ޖޯކެއް ގޮތަށް ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކެއްގެ ކޯޗުން ސިފަކޮށްފި އެވެ.
ލަންޑަން (ސެޕްޓެމްބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި މި ފަހަރުގެ ސީޒަނުގައި އަމަލުކުރަމުން އަންނަ އާ ހޭންޑްބޯލް ގަވައިދަކީ ފުޓްބޯޅަ އަށް ގެއްލުން ހުރި އެއްޗެއް ކަމަށާއި އެއީ ޖޯކެއް ގޮތަށް ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކެއްގެ ކޯޗުން ސިފަކޮށްފި އެވެ.
ޕްރިމިއާ ލީގުގެ ތިން ހަފްތާ (ތިން ބުރުގެ) ކުޅުން މިހާތަނަށް ނިމިފައިވާއިރު، އާ ހޭންޑްބޯލް ގަވައިދުގެ ދަށުން ގިނަ ޕެނަލްޓީތަކެއް ވަނީ ދީފަ އެވެ. މިހާތަނަށް 30 މެޗުން 20 ޕެނަލްޓީ ދީފައިވާއިރު، މީގެ ތެރެއިން 60 ޕަސެންޓަކީ އާ ހޭންޑްބޯލް ގަވައިދުގެ ތެރެއިން ދީފައިވާ ޕެނަލްޓީ ތަކަކެވެ.
އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް)ގެ ފަރާތުން މަޝްވަރާތަކަކަށް ފަހު ނިންމާފައިވާ ހޭންޑްބޯލް ގަވައިދަށް މި ފަަހަރުގެ ސީޒަނުން ފެށިގެން އަމަލުކުރަން ނިންމި ހިސާބުން ވެސް މިއާ މެދު ބައެއް ޓެކްނިކަލް މީހުންގެ ހިޔާލު ތަފާތުވުންތަކެއް ހުއްޓެވެ.
އާ ހޭންޑްބޯލް ގަވާއިދުގެ ކަންތައްތަކަށް ބަލާއިރު ފުރަތަމަ މާއްދާ އަކީ ކުޅުންތެރިއެއްގެ ހަށިގަނޑު ހުރި ލެވެލްގައި ނޫނީ ބޮޑީ ލައިން އަށް ވުރެން ބޮޑަށް އަތް ފުޅާކޮށް ހުއްޓައި ބޯޅަ އަތުގައި ޖެހިއްޖެނަމަ ގަސްދުގައި ކުރި ކަމެއް ނޫން ކަމުގައި ވިޔަސް ހޭންޑްބޯލް ކަމަށް ނިންމޭނެ އެވެ. ދެ ވަނަ ކަމަކަށް ކުޅުންތެރިޔެއްގެ ފަރާތުން ކުޅުމަށް ހުރަސް އެޅުމުގެ ގޮތުން ބޯޅައާ ދިމާލަށް ގޮސް އަތްޖައްސައިފިނަމަ ވެސް ހޭންޑްބޯލް ކަމަށް ނިންމާނެ އެވެ. ތިން ވަނަ މާއްދާ އަށް ބަލާއިރު ކުޅުންތެރިއަކު ބޮލަށް ވުރެ މައްޗަށް އަތް ނަގައިގެން ހުއްޓައި އަތުގައި ޖެހިއްޖެނަމަ ހޭންޑްބޯލް ކަމަށް ނިންމާނެ އެވެ. ހަތަރު ވަނަ ކަމަކަށް ކުޅުންތެރިއަކު ވެއްޓިގެންފައި އޮއްވައި ވިޔަސް ބޮޑީ ލައިން އަށް ވުރެން ބޭރަށް އަތް ފުޅާކޮށް އޮއްވައި ބޯޅަ ޖެހިއްޖެނަމަ ވެސް ހޭންޑްބޯލް ކަމަށް ނިންމާނެ އެވެ. އެންމެ ފަހު މާއްދާ އަކީ އެހެން ކުޅުންތެރިއަކު ޖަހާ ބޯޅައެއް ޑިފްލެކްޓް ވެގެން (އެހެން ކުޅުންތެރިއަކު ގައިގައި ޖެހިފައި) ވިޔަސް ބޮޑީލައިންއާ ދުރުގައި އަތް ފުޅާކޮށް ހުއްޓައި ކުޅުންތެރިއަކު އަތުގައި ބޯޅަ ޖެހިއްޖެނަމަ ވެސް ހޭންޑްބޯލް ދޭ މާއްދާ އެވެ.
ކެރޯލް ބޮލުން ޖެހި ބޯޅައެއް ޓޮޓެންހަމްގެ ޑަޔާ އަތުގައި ބޯޅަ ޖެހެނީ: މިއީ ހޭންޑްބޯލް ކަމަށް ނިންމައި ވަނީ ޕެނަލްޓީ ދީފައި. -- ފޮޓޯ: އޭއެފްޕީ
ތަޖުރިބާކާރުން ދެކޭގޮތުގައި މީގައި އެންމެ މައްސަލަ ބޮޑުވެފައިވަނީ ބޮޑީލައިން އިން ބޭރުގައި އަތް ފުޅާވެފައި ހުއްޓައި އަތުގައި ޖެހޭ ބޯޅަތަކަށް ހޭންޑްބޯލް ދޭން ނިންމާފައި އޮތުމެވެ. އެއީ ކުޅުންތެރިއަކު ދުވާއިރު ވެސް ބާރަށް ދުވަން އަތް ފުޅާކުރާއިރު އަތް ބޮޑީލައިން އިން ބޭރުވާ ވަގުތު ނޭނގި ހުއްޓައި އަތުގައި ޖެހިއްޖެނަމަ ވެސް ހޭންޑް ބޯލް ދެވޭ ގޮތަށް އޮތުމުންނެވެ. އެއީ ގިނަ ފަހަރު އެހެން ހުއްޓައި ބޯޅަ އަތުގައި ޖެހެނީ ކުޅުންތެރިޔާ އަށް ވެސް ނޭނގި ކަމަށްވާތީ އެވެ.
ޕްރިމިއާ ލީގުގެ ގިނަ ކޯޗުން އަންނަނީ އާ ހޭންޑްބޯލް ގަވާއިދުގެ ކަންތައްތައް މުރާޖާކޮށް ބަދަލުކުރަން ގޮވާލަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް އެކަމަށް ބާރު އަޅަނީ ދުވަސްވީ ދެ ކޯޗުން ކަމަށްވާ ކްރިސްޓަލް ޕެލަސްގެ ކޯޗު ރޯއީ ހޮޖްސަން އާއި ލީޑްސް ޔުނައިޓެޑްގައި ހުރި މާސެލޯ ބިއެލްސާ އެވެ.
"މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން. މިއީ ފުޓްބޯޅަ މަރާލެވޭ ފަދަ ގަވާއިދެއް. އޭރިއާ ތެރެއިން އަތް ފުޅާކޮށްލުން ވަނީ ބޮޑު ގޯހަކަށް. ފުންމައިގެން އަރަން ދުއްވައިގަންނަން އަތް ބޭނުންކުރުމުގެ ފުރިހަމަ އިހުތިޔާރެއް ނެތް. އެއީ ކޮންމެ ވަގުތެއްގައި އަތުގައި ޖެހިގެން ވެސް ޕެނަލްޓީ ދީފާނެ. މި ގަވައިދު އޮވެއްޖެނަމަ ފުޓްބޯޅަ ވާނީ ހަލާކު،" 44 އަހަރު ކޯޗުކަން ކޮށްފައިވާ ހޮޖްސަން ބުންޏެވެ.
ގައުމީ ޓީމުތަކާއި ގިނަ ކްލަބްތަކަށް ކޯޗުކޮށްދިން ތަޖުރިބާކާރު ކޯޗު ބިއެލްސާ ބުނީ ގަވާއިދު ހަދަން ޖެހޭނީ ފުޓްބޯޅަ އަށް ގެއްލުންނުވާ ގޮތަށް ކަމަށާއި މިހާރު ހޭންޑްބޯލް ގަވައިދު އޮތްގޮތުން ނާއިންސާފުން ނިންމާ އެންމެ ނިންމުމެއްގެ ސަބަބުން ޓީމެއް ކުރާ ހުރިހާ މަސައްކަތެއް ފެނަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ވުލްވްސްގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ބުނީ މިހާރު ގަވާއިދު އޮތްގޮތުން އޭރިއާތެރޭގައި ޔަގީނުން ވެސް ސަލާމަތްވެވޭނެ ގޮތަކަށް އޮތީ އަތްފުރަގަހަށް ލައިގެން ހުރުން ކަމަށާއި ޑިފެންސް ކުރަން ދުއްވައިގަންނަން އަތް ނެގިޔަސް އޮޅުމަކުން އަތުގައި ޖެހޭ ބޯޅަ ވެސް ނިންމަނީ ހޭންޑްބޯލް ކަމަށެވެ.
"އަހަންނަށް ނުވިސްނޭ އަތްފުޅާނުކޮށް ފުއްމައިގެން އަރައި ބޮލުން ޖަހާނެ ގޮތެއް. އަހަންނަށް ނުވިސްނޭ އަތް ކުޑަކޮށްފުޅާނުކޮށް ބާާރަށް ދުވެވޭނެ ގޮތެއް. ބޮޑީލައިން އިން ބޭރަށް އަތް އޮތުން އެ މާނަ ކުރާ ގޮތް ކަމަކުނުދޭ. ހޭންޑްބޯލް ގަވާއިދު އެބަޖެހޭ ވަރަށް ރަނގަޅަށް ދިރާސާކޮށްގެން ބަދަލެއް އަންނަން. އެ ނޫނީ މެޗެއްގައި ކުރާ ވަރަށް ބުރަ މަސައްކަތްތަކެއް ފެނަށް މިދަނީ،" ސަންޓޯ ބުންޏެވެ.
ޕްރިމިއާ ލީގުގެ މެޗެއްގެ ތެރެއިން ރެފްރީ އަކު ވީއޭއާރް އިން ހޭންޑްބޯލް އެއް ރިވިއުކުރަނީ
ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ގަވާއިދާ ބެހޭގޮތުން އޭނާ ވާހަކައެއް ދައްކައިފިނަމަ އަބަދުވެސް ވަނީ ގޯސް ކަމަށާއި އެކަމަކު ޔަގީނުން ވެސް ހޭންޑްބޯލް ގަަވައިދު މިހާރު އޮތީ ފުޓްބޯޅަ އަށް ފަސޭހަވާ ގޮތަށް ނޫން ކަމަށެވެ.
"އަހަންނެއް ނުބުނާނަން މި ގަވާއިދުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަން މަސައްކަތް ކުރާނެ ބަޔަކު ނުތިބޭނެއޭ. އެއީ އަތްފުޅާކުރާ ވަގުތު ބަލާފައި އަތުގައި ބޯޅަ ޖެއްސީމަ އެ ނިމުނީ މިހާރު އޮތްގޮތުން،" ޕްރިމިއާ ލީގުގައި ކުރިން ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކޮށްދިން ހޯސޭ މޮރީނިއޯ ބުންޏެވެ.
ނިއުކާސަލް ޔުނައިޓެޑްގެ ކޯޗު ސްޓީވް ބްރޫސް ބުނީ ހޭންޑްބޯލް ގަވައިދު މިހާރު އޮތީ ޖޯކެއް ގޮތަށް ކަމަށާއި ގަވާއިދު ހަދާ ޓެކްނިކަލް މީހުން ޕްރިިމިއާ ލީގުގެ މިހާތަނަށް ކުޅުނު މެޗުތައް ރަނގަޅަށް ބަލައި ދިރާސާކޮށް މިހާރު މިހާރަށް ވެސް ވަގުތީ ބަދަލުތަކެއް އަންނަން ޖެހޭ ކަމަށެވެ.
ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިގެން ނިންމުންތައް ނިންމާއިރު އެހެން ހޭންޑްބޯލް ގަވާއިދު އޮތުމަކީ މީގެ ނުރައްކާ އިތުރުވާ ކަމެއްގެ ގޮތުގައި ވެސް ގިނަ ތަޖުރިބާކާރުން ދެކެ އެވެ. ޕްރިމިއާ ލީގުގެ ކުރީގެ ރެފްރީ އެއް ކަމަށްވާ މާކް ކްލެޓެންބާގް ބުނީ ވީއޭއާރް މެދުވެރިކޮށް މަންޒަރު ބަލަން ލިބޭއިރު އެކި ގޮތްގޮތަށް އަތުގައި ޖެހޭ ބޯޅަ ބެލޭނެ ކަމަށާއި އެހެން އޮންނައިރު ހޭންޑްބޯލް ގަވާއިދު މިހާރު އޮތްގޮތުން ރެފްރީންނަށް ވެސް އޭގެ އަށް ބޯލަނބައިގެން ކަންތައްތައް ނިންމަންޖެހޭތީ ގިނަ ގޯސްތަކެއް ހެދޭނެ ކަމަށެވެ.
އެންމެ ވިދާލި ހިސާބުން ޓޯނީ އަށް ބޮޑު ސަސްޕެންޝަނެއް
ފަހު މެޗުގެ ހަމަނުޖެހުމާ ގުޅިގެން ސިޓީއަށް އަދަބު ދެނީ
ޓުޗެލްގެ މައްސަލަ އިނގިރޭސި އެފްއޭއިން ބަލަން ފަށައިފި
ވޯކް ވިސާ ނުލިބޭތީ ރަންގްނިކް މަސައްކަތް ނުފެށިފައި
ޕްރިމިއާ ލީގުގެ މެޖޯރިޓީ އާ ޕްރޮޕޯސަލާ ދެކޮޅު
ސަޕޯޓަރުން ނެތި ކުޅޭނަމަ ޕްރިމިއާ ލީގަށް ގެއްލުން ބޮޑު
220 މިލިއަން ޑޮލަރުގެ މެޗު: ދެ ޓީމު ތައްޔާރު
ޕްރިމިއާ ލީގުގެ ފަސް މެޗެއް ނިއުޓްރަލް ދަނޑެއްގައި؟
ޕްރިމިއާ ލީގު ކެންސަލްކުރުމުގެ ހިޔާލު ދޫކޮށްލައިފި
ޕްރިމިއާ ލީގުގެ ހުރިހާ މެޗެއް ވެމްބްލީގައި؟