27 ސެޕްޓެމްބަރ 2020
ދުނިޔޭގެ ފުރަތަމަ ބޯޑާ މައިލްސް ޕްރޮގްރާމް "މޯލްޑިވްސް ބޯޑާ މައިލްސް" މިރޭ ތައާރަފު ކޮށްފި އެވެެ.
ދުނިޔޭގެ ފުރަތަމަ ބޯޑާ މައިލްސް ޕްރޮގްރާމް "މޯލްޑިވްސް ބޯޑާ މައިލްސް" މިރޭ ތައާރަފު ކޮށްފި އެވެެ.
ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި ޕްރޮގްރާމް ތައާރަފްކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. މިނިސްޓަރުގެ އިތުރުން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުވާޓް އާއި މަޓީގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ބޯޑާ މައިލްސް ޕްރޮގްރާމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ޕޮއިންޓް ލިބި، ގިނަ އިނާމުތަކެއް ލިބޭގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ޕޮއިންޓް ލިބޭ ތިން ދަރަޖައެއް ވަނީ ތައާރަފު ކޮށްފަ އެވެ. އެއީ "އައިދަ" (ލޯ ދަރަޖަ) އާއި "އަންތަރަ" (ރިހި ދަރަޖަ) އަދި "އަބާރަނަ" (ރަން ދަރަޖަ) އެވެ.
މި ޕްރޮގްރާމުގެ ދަށުން ޓޫރިސްޓް މީހާ ރާއްޖެ ޒިޔާރަތް ކުރާ ކޮންމެ ފަހަރަކު ޕޮއިންޓް ލިބޭނެ އެވެ. އަދި ރާއްޖޭގައި ކުރާ ތަޖުރިބާތައް ޕްރޮމޯޓު ކުރާ ވަރަކަށް ލިބޭ ޕޮއިންޓްތައް އިތުރުވާނެ އެވެ. މިއީ ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން އިމިގްރޭޝަނުން އިސްނަގައިގެން ޓޫރިޒަމް ދާއިރާއާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ މި ޕްރޮގްރާމުގެ ސަބަބުން ރާއްޖެ އަށް އެއްފަހަރަށް ވުރެ ގިނައިން އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށް އިންޑަސްޓްރީގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މި ޕްރޮގްރާމާ އެކު ޓޫރިސްޓުން އެއްފަހަރަށް ވުރެ ގިނައިން ރާއްޖެއަށް ޒިޔާރަތް ކުރުމަށް ބާރު އަޅާނެ. މިއީ ދުނިޔޭގައި މިގޮތަށް ތައާރަފު ކުރެވޭ ފުރަތަމަ މައިލްސް ޕްރޮގްރާމަށްވާއިރު މި ޕްރޮގްރާމް ކާމިޔާބުކަމާ އެކު ކުރިއަށްގެންދިއުމަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދާއިރާގެ ސްޓޭކް ހޯލްޑަރުން ވަނީ ދީފައި،" މައުސޫމް ވިދާޅުވި އެވެ.
"އުއްމީދަކީ މި ޕްރޮގްރާމް ކާމިޔާބުވެ ރާއްޖެއަށް ޓޫރިސްޓުން އަންނަ އަދަދު އިތުރުވުން. އަދި ބޮޑަށް ރިޕީޓު ކުރުން ގިނަވުން (އެއްފަހަރަށްވުރެ ގިނައިން އެއް ޓޫރިސްޓަކު އައުން). މިއީ ވަރަށް އުއްމީދީ ޕްރޮގްރާމެއް."
އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް އަސަރު ކޮށްފައިވާއިރު ވެކްސިނެއް ލިބުމުގެ ކުރިން އެ ގެއްލުމުން އަރައިގަންނަން ކުރެވޭނެ ކަންކަން އެބަ ހުރި ކަމަށެވެ. އެގޮތުން އިމިގްރޭޝަންގެ އިސްނެގުމުގެ މަތިން ތައާރަފު ކުރި މައިލްސް ޕްރޮގްރާމަކީ ޓޫރިޒަމް ދާއިރާ އަލުން އިއާދަ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންޓްރޯލާ ޖެނެރަލް ވިދާޅުވީ ޓޫރިސްޓުންނާ އެއްމެ ފުރަތަމަ ބައްދަލުވާ ބަޔަކަށް އިމިގްރޭޝަންގެ މުވައްޒަފުން ވާއިރު އެފަދަ އެޖެންސީތަކުން ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި ބައިވެރިވުން މުހިންމު ކަމަށެވެ. އަދި މީގެ ސަބަބުން ޓޫރިސްޓުންނަށް މުޅިން އާ، ތަފާތު ތަޖުރިބާއެއް ކުރެވޭނެ ކަމަަށް އޭނާ ވިދާޅުވި އެވެ. "ޓޫރިޒަމް ރަނގަޅުވާނީ ލޯ އެންފޯސްމަންޓް އެޖެންސީތަކާއި ޓޫރިޒަމް ޕްރޮމޯޓްކުރާ ފަރާތްތަކާ ގުޅިގެން. އެގޮތުން މި ތައާރަފްކުރި ބޯޑާ މައިލްސް ޕްރޮގްރާމުގެ ސަބަބުން ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި ލޯ އެންފޯސްމަންޓް އޭޖެންސީތަކުން މުހިންމު ރޯލެއް އަދާ ކުރާނެ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ވަނީ މިދިޔަ އަހަރު ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުލަ ގަދަ ހަފްލާއަކާ އެކު ގިނަ ޕްރޮގްރާމްތަކެއް ބާއްވައިފަ އެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން މި އަހަރު އެފަދަ ހަރަކާތްތައް ބޭއްވޭގޮތް ވަނީ ނުވެފަ އެވެ.
މި އަހަރުގެ ޓޫރިޒަމް ދުވަހުގެ ޝިއާރަކީ "ރަށްފުށު ޓޫރިޒަމްގެ ތަފާތު ބާވަތްތައް ތަރައްގީކޮށް، އެކަމުން ނަފާ ހޯދުމުގެ މުހިންމުކަން" އެވެ.
ޓޫރިސްޓްވިސާގެ މުއްދަތު ދިގުކުރަން މަޖިލީހަށް ހުށަހަޅަނީ
ފްލައިޓެއް ކްލިއަކުރަން މިހާރު ނަގާނީ 15 މިނިޓް
ބިދޭސީން އިމުގާ ފޯމް ކުރުމުގެ އުސޫލަށް ބަދަލުތަކެއް
މާލާގެ މައްސަލަ އިމިގްރޭޝަނުން ބަލައި ފިޔަވަޅު އަޅަނީ!
ޝަންގްރިއްލާގެ ހިއްސާ ސަރުކާރުން ދޫކޮށްލަން ނިންމައިފި
"ޗައިނާ ހުޅުވާލައިފި ނަމަ އަމާޒަށް ވުރެ އިތުރުވާނެ"
1.6 މިލިއަން ޓޫރިސްޓުންގެ އަމާޒު މާދަމާ ހާސިލުވާނެ
އެއްމިލިއަން ޓޫރިސްޓުން ހުކުރުގައި ހަމަވާނެ: މައުސޫމް
އިގްތިސާދީ ކާރިސާގެ ބޮޑުބައި ހިނގައްޖެ: މައުސޫމް
ހޯމްސްޓޭ ވަޔަކު ނުހިފި، ނުވެސް ހިފާނެ!