Roadha Mihaaru
ލޫނާ: އެމެޒޯންގެ ގޭމިން ޕްލެޓްފޯމް އަންނަ މަހު

ލޫނާ: އެމެޒޯންގެ ގޭމިން ޕްލެޓްފޯމް އަންނަ މަހު

27 ސެޕްޓެމްބަރ 2020

"ލޫނާ" ގެ ނަމުގައި އަންނަ މަހު ކްލައުޑް ގޭމިން ޕްލެޓްފޯމެއް ލޯންޗްކުރަން ނިންމާފައިވާ ކަމަށް އެމެޒޯން އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ލޫނާ" ގެ ނަމުގައި އަންނަ މަހު ކްލައުޑް ގޭމިން ޕްލެޓްފޯމެއް ލޯންޗްކުރަން ނިންމާފައިވާ ކަމަށް އެމެޒޯން އިން ބުނެފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިއީ މައިކްރޮސޮފްޓްގެ އެކްސް ކްލައުޑާއި ގޫގުލްގެ ސްޓާޑިއާއާ ދާދި އެއްކަހަލަ ހިދުމަތަކަށް ވާނެ އެވެ. މަފު ފީ ދައްކާ ގޮތަށް "ލޫނާ" ގެ ފުރަތަމަ ސަބްސްކްރިޕްޝަން އަގަކީ 5.99 ޑޮލަރެވެ. އެންމެ ފުރަތަމަ ލޯންޗްކުރަން ނިންމާފައި ވަނީ އެމެރިކާގަ އެވެ. އެކަމަކު އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

އެމެޒޯން އިން ބުނީ "ލޫނާ" އަކީ އެމެޒޯން ވެބް ސާވިސް ސަޕޯޓްކުރާ އަދި މެކާއި ޕީސީ އާއި ފަޔާ ޓީވީ އާއި އައިފޯނާއި އައިޕެޑްގައި ވެސް ކުޅެވޭނެ ގޭމްތަކެއް ކަމަށެވެ. ނަމަވެސް އެންޑްރޮއިޑްގެ ޑިވައިސްތަކަށް މި ހިދުމަތެއް ނުލިބޭނެ އެވެ.