Roadha Mihaaru
ގޯޑް އޮފް ވޯގެ ސީރީޒެއް ހަދަނީ

ގޯޑް އޮފް ވޯގެ ސީރީޒެއް ހަދަނީ

09 މާޗް 2022

އެމެޒަން ޕްރައިމް ވީޑިއޯ އިން މަޝްހޫރު ވީޑިއޯ ގޭމް "ގޯޑް އޮފް ވޯ" ގެ ސީރީޒެއްގެ މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެމެޒަން ޕްރައިމް ވީޑިއޯ އިން މަޝްހޫރު ވީޑިއޯ ގޭމް "ގޯޑް އޮފް ވޯ" ގެ ސީރީޒެއްގެ މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ޑެޑްލައިން އިން ރިޕޯޓްކުރި ގޮތުގައި، އެ ސީރީޒްގެ މަސައްކަތުގައި އިސްކޮށް އުޅެނީ މާވެލްގެ "އަޔަން މޭން"ގެ ސްކްރީންޕްލޭ ލިޔުނު މާކް ފާގަސް އާއި ހޯކް އޮޓްސްބީގެ އިތުރުން މިދިޔަ އަހަރު އެމެޒަން އިން ގެނެސްދިން އެންމެ ކަމިޔާބު ފެންޓަސީ ސީރީޒް "ދަ ވީލް އޮފް ޓައިމް" ގެ އެގްޒެކެޓީވް ޕްރޮޑިއުސަރު ކަމަށްވާ ރަފޭ ޖުޑްކިންސް އެވެ.

އެ ޕްރޮޖެކްޓުގައި ސޮނީ ޕިކްޗާސް ޓެލެވިޜަން އާއި ޕްލޭސްޓޭޝަން ޕްރޮޑަކްޝަން ވެސް ބައިވެރިވާނެ ކަމަށްވެ އެވެ. އިތުރު ތަފުސީލު އަދި ނޭނގެ އެވެ.

ގޯޑް އޮފް ވޯގެ ފުރަތަމަ ގޭމް ނިކުތީ 2005 ގަ އެވެ. މި އަހަރު އެ ވީޑިއޯ ގޭމްގެ 8 ވަނަ ބައި ނެރެން ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.