07 ޖުލައި 2023
ބޮލީވުޑްގެ ޑައިރެކްޓަރު ޒޯޔާ އަކްތަރުގެ ކާމިޔާބު ވެބް ސީރީޒް "މޭޑް އިން ހެވަން"ގެ ދެވަނަ ސީޒަން އިއުލާންކޮށްފި އެވެ.
ބޮލީވުޑްގެ ޑައިރެކްޓަރު ޒޯޔާ އަކްތަރުގެ ކާމިޔާބު ވެބް ސީރީޒް "މޭޑް އިން ހެވަން"ގެ ދެވަނަ ސީޒަން އިއުލާންކޮށްފި އެވެ.
އެ ސީރީޒްގެ ދެވަނަ ސީޒަން އިއުލާންކުރީ ޒޯޔާ އިއްޔެ ކުރި އިންސްޓަގްރާމް ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި އިން ފޮޓޯއިން ފެންނަނީ ތަޅުންގަނޑު މަތީގައި އޮތް، ހިކިފައި ހުރި ފިނިފެންމާ ބޮނޑިއެކެވެ. އާ ސީޒަނެއް ވަރަށް އަވަހަށް ގެނެސްދޭނެ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
"މޭޑް އިން ހެވަން" އަކީ އިންޑިއާގައި ވެޑިން ޕްލޭނިންގެ ކަންކަން ކޮށްދޭ ބައެއްގެ ވިޔަފާރި އާއި އާންމު ދިރިއުޅުމުގައި ހިނގާ ކަންތައްތަކެއް ދައްކާ ސީރީޒެކެވެ.
ޒޯޔާ ބުނި ގޮތުގައި، ދެވަނަ ސީޒަން، ފުރަތަމަ ސީޒަންއަށް ވުރެ މާ "ގްރޭންޑް" ވާނެ އެވެ.
އެމެޒަން ޕްރައިމް ވީޑިއޯ އިން ޕްރޮޑިއުސްކުރާ މި ސީރީޒްގެ ފުރަތަމަ ސީޒަން ގެނެސްދިނީ 2019 ވަނަ އަހަރު އެވެ.
މި ސީރީޒްގެ ލީޑު ރޯލުތައް ކުޅެނީ ސޮބިތާ ދުލިޕާލާ، އަރުޖުން މާތުރު، ޖިމް ސާބް، ކަލްކީ ކޮޗްލިން އަދި ޝިވާނީ ރަގުވަންޝީ އެވެ.
"މިރްޒާޕޫރް"ގެ ފިލްމެއް ގެނެސްދެނީ
"ސިޓަޑެލް"ގެ ޓްރެއިލާ؛ ވަރުގަދަ މަންޒަރުތަކެއް
ކަރަން ގެނެސްދެނީ އަނަންޔާގެ "ކޯލް މީ ބޭ"
އުރްފީ އާއި އޭނާގެ އާއިލާގެ ދިރިއުޅުން ދައްކާ ޝޯއެއް
ވަރުން، ސަމަންތާގެ "ސިޓިޑަލް" ނޮވެމްބަރު ހަތެއްގައި
"ދަ ބޯއިސް"ގެ ސްޕިން-އޮފްގެ ޓްރެއިލާ ނެރެފި
ނެޓްފްލިކްސްގެ "ޓުޑުމް"ގައި ޓްރެއިލާތައް އޮއްސާލައިފި
ޑްރާމާ ކުޅެގެން ލިބެންޖެހޭ މުސާރަ ނުލިބޭ: ނެހާ
ތިން އަހަރު ފަހުން ޝަކްތީ އެނބުރި ޓީވީ އަށް
ލަވަކިޔުންތެރިޔާ ޖުބިން އެންގޭޖުވީތަ؟