Roadha Mihaaru
ލަވަކިޔުންތެރިޔާ ޖުބިން އެންގޭޖުވީތަ؟

ލަވަކިޔުންތެރިޔާ ޖުބިން އާއި ޓީވީ ތަރި ނިކިތާ އެންގޭޖުވީތަ؟

26 މާޗް 2022

އިންޑިއާގެ ލަވަކިޔުންތެރިޔާ ޖުބިން ނޯޓިޔާލް އާއި ޓިވީ އެކްޓްރެސް ނިކިތާ ދައްތާ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް ފެތުރެމުންދާތާ މަސްތަކެއް ފަހުން އެމީހުން އެންގޭޖުވެފައިވާ ކަމަށް ބުނާ އަޑުތައް ގަދަވެއްޖެ އެވެ.

އިންޑިއާގެ ލަވަކިޔުންތެރިޔާ ޖުބިން ނޯޓިޔާލް އާއި ޓިވީ އެކްޓްރެސް ނިކިތާ ދައްތާ ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް ފެތުރެމުންދާތާ މަސްތަކެއް ފަހުން އެމީހުން އެންގޭޖުވެފައިވާ ކަމަށް ބުނާ އަޑުތައް ގަދަވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އެ އަޑުގަދަވީ މިފަހުން އާންމުވި ފޮޓޯއަކުންނެވެ. އެކަމަކު އެއީ އެމީހުންގެ ކުރިއަށް އޮތް މިއުޒިކް ވީޑިއޯއެއްގެ ސޫޓިންތައް ކުރިއަށް ދަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ.

ޖުބިން އާއި ނިކިތާ އެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކުރުމާ އެކު އެތައް ބަޔަކު ވަނީ މަރުހަބާގެ މެސެޖްތައް އެމީހުންނަށް ފޮނުވަން ފަށައިފަ އެވެ. އެމީހުންގެ ކައިވެންޏަށް ކެތްމަދުވެފައިވާ ކަމަށް ބުނެ އެތައް ސަޕޯޓަރުންނެއް ކޮމެންޓްކުރި އެވެ.

އާންމުވި ފޮޓޯގައި ނިކިތާ ފެންނަނީ ރަން ކުލައިގެ ލެހެންގާއެއްގަ އެވެ. އަދި ޖުބިން ހުރީ ކަޅު ރަތް ކުލައިގެ ޝޭރްވާނީއެއްގަ އެވެ.

އެއީ އެމީހުންގެ "މަސްތް ނަޒްރޯ ސޭ" ގެ ނަންދީފައިވާ ލަވައެއްގެ މަންޒަރެކެވެ. އެ ލަވައަކީ މިމަހުގެ 31 ގައި ރިލީޒްކުރާ ގޮތަށް އޮތް ލަވައެކެވެ.

މީގެ ކުރިން ސޯޝަލް މީޑިއާގައި، ޖިބިން ކަކުލަށް ތިރިވެ ނިކިތާގެ އަތުގައި އަނގޮއްޓި އަޅުވާ ފޮޓޯއެއް ވެސް އާންމުވި އެވެ. އެހެންވެ ގިނަ ބަޔަކު ބުނަނީ އެ ޖޯޑު މިހާރު އުޅެނީ އެންގޭޖްވެގެން ކަމަށެވެ. އެކަމަކު އަދި އެކަން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ނިކިތާ އާއި ޖުބިން ދިމާވީ ޝާހިދު ކަޕޫރުގެ ކަބީރް ސިންގެ ސެޓުންނެވެ. އެ ފިލްމުގައި ނިިކިތާ ވަނީ "ޖިއާ" ގެ ރޯލުން ފެނިފަ އެވެ. އަދި ޖުބިން ވަނީ އެ ފިލްމުގެ "ތުޖެ ކިތުނާ ޗާހްނެ ލަގޭ" ލަވަ ކިޔައިފަ އެވެ.

ޖުބިން ވަނީ "ކާޝް ތުމް މިހާ" އާއި "ލުޓްގަޔޭ" އަދި "ތެރި މައުސޫމް ޗެހެރާ" ކަހަލަ ވަރަށް މަޝްހޫރު ލަވަތައް ކިޔައިފަ އެވެ. ލައިފް އޯކޭ އިން ދެއްކި "ޑްރީމް ގާލް" އިން މަގްބޫލުވި ނިކިތާ ވަނީ ބޮލީވުޑްގެ އެކި މަސައްކަތްތަކުން ވެސް ފެނިފަ އެވެ. އޭގެ ތެރޭގައި "ލަސްޓް ސްޓޯރީޒް" އާއި "ގޯލްޑް" ކަހަލަ ފިލްމުތައް ހިމެނެ އެވެ.