Roadha Mihaaru
ކަފާލާތުގެ ދަށުން ވެސް ޕާލް ދުލެއްނުކުރި

ކަފާލާތުގެ ދަށުން ވެސް ޕާލް ދުލެއްނުކުރި

13 ޖޫން 2021

ކުޑަ އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ހައްޔަކުރި އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ޕާލް ޕޫރީ ކަފާލާތު ދަށުން ވެސް ދޫނުކޮށް އޭނާ ހައްޔަރުގައި ބަހައްޓަން މުމްބާއީގެ ވަސާއީ ކޯޓުން ނިންމި ނިންމުން ހުކުރު ދުވަހު ދަމަހައްޓައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުޑަ އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ހައްޔަކުރި އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ޕާލް ޕޫރީ ކަފާލާތު ދަށުން ވެސް ދޫނުކޮށް އޭނާ ހައްޔަރުގައި ބަހައްޓަން މުމްބާއީގެ ވަސާއީ ކޯޓުން ނިންމި ނިންމުން ހުކުރު ދުވަހު ދަމަހައްޓައިފި އެވެ.

"ނާގިން 3" އާއި "ބޭޕަނާ ޕިޔާރު" ފަދަ ސިލްސިލާތައް ކުޅެފައިވާ 31 އަހަރުގެ އެކްޓަރު މި މަހުގެ 4 ގައި ހައްޔަރުކޮށް، އޭނާގެ ބަންދަށް ވަނީ 14 ދުވަހުގެ މުއްދަތެއް ދީފަ އެވެ. ޕާލް ހައްޔަރުކުރުމާ އެކު ޓީވީ އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު އަންނަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.

ޕާލް އަކީ މައުސޫމު މީހެއް ކަމަށް ބުނެ ދައްކާފައިވާ ބައެއް ވާހަކަތަކާ ގުޅިގެން ފުލުހުން ވަނީ ޕާލްގެ މައްޗަށް ހެކި އެބަހުރި ކަމަށާއި ހިނގަމުންދާ މައްސަލައަކާ ބެހޭ ގޮތުން ސާބިތު ނުހިފޭ ވާހަކަ ނުދެއްކުމަށް އިލްތިމާސް ވެސް ކޮށްފަ އެވެ.

ޕާލް ރޭޕްކުރި ކަމަށް ބުނާ ފަސް އަހަރުގެ އަންހެން ކުއްޖާ އަކީ ޓީވީ ބަތަލާ އެކްތާ ކޯލްގެ ދަރިއެކެވެ. މި މައްސަލާގައި ޕާލްގެ ދިފާއުގައި ގިނަ ބަޔަކު ވާހަކަ ދައްކަން ފެށުމުން އެކްތާ އިންސްޓަގްރާމްގައި ބަޔާނެއް އާންމުކޮށް ދަރިފުޅަށް އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި ކޯޓުތަކަށް އިތުބާރު އޮތް ކަމަށް ބުނެފައިވެ އެވެ.

ޕާލްގެ ކަފާލާތު ގަބޫލު ނުކޮށް އޭނާގެ ބަންދު ކޯޓުން ދަމަހައްޓާފައި އިރު މި މައްސަލައިގެ އަޑު އެހުމެއް އަންނަ އަންގާރަ އަށް ވެސް ތާވަލުކޮށްފައިވެ އެވެ.

ޝިކާރައަކަށްވި ކަމަށް ބުނާ ކުއްޖާގެ ބައްޕަގެ ފަރާތުން މައްސަލާގައި ވަކާލާތުކުރައްވާ ވަކީލު އަޝިޝް އޭ ޑޫބޭ ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ޕާލްގެ މައްޗަށް ކުރެވޭ ތުހުމަތަމާ ބެހޭ ގޮތުން ބައެއް ވާހަކަތައް ފާހަގަކޮށްފައިވެ އެވެ. އޭގައި އޭނާ މައިގަނޑު ހަ ނުކުތާއެއް ފާހަގަކޮށްފައިވެ އެވެ.

ޖިންސީ އަނިޔާ ލިބުނު ކަމަށް ކުޑަކުއްޖާ އަމިއްލަ އަށް ބުނާ ކަމަށާއި އެ ކަން ކުރި މީހަކު އާއިލާ އަށް ކުއްޖާ ހާމަކޮށް ދިނީ ރަގްބީރު ކިޔާ މީހެއްގެ ނަމާ އެކުގައި ކަމަށް ބުންޏެވެ. އަދި ރަގްބީރު ކިޔާ މީހަކީ އާއިލާ އިން ދަންނަ މީހަކަށް ނުވާތީ އެއީ ކާކުތޯ ބަލަން ކުރި މަސައްކަތުގެ ތެރޭގައި ރަގްބީރަކީ ޕާލްކަން އެނގުނީ ކުއްޖާ އަށް ދެއްކި ފޮޓޯތަކެއްގެ ތެރެއިން އެކަން ފާހަގަކުރުމުން ކަމަށް ބުންޏެވެ.

ރަގްބީރް އެ ނަމަކީ ކަލާޒް އިން 2019 ގައި ގެނެސްދިން ޕާލްގެ ސިލްސިލާ "ބޭޕަނާ ޕިޔާރު" ގައި ކުޅުނު ކެރެކްޓާ އަށް ކިޔާ ނަމެވެ.

ވަކީލު ވިދާޅުވެފައި ގޮތުގައި ޖިންސީ އަނިޔާ ލިބުނު ކަމަށް ކުއްޖާ ބުނާތީ ހެދި ޓެެސްޓްތަކުން ވެސް އެކަން ކަށަވަރުވެފައިވެ އެވެ.

ކުއްޖާ އަށް ދިމާވި ކަންކަމުގައި އާއިލާ ކުށްވެރިކޮށް ވެސް ބައެއް މިހުން ވާހަކަދައްކާކަން ފާހަގަކުރައްވައި ވަކީލު ވިދާޅުވީ ގޮތުގައި ކުއްޖާގެ އުމުރުން ފަސް މަހުން ފެށިގެން އުޅެނީ މަންމައާ އެކީގައި ކަމަށް ވިޔަސް، ކުއްޖާގެ ބައްޕަ އަކީ ދަރިފުޅުގެ ކަންކަމުގައި ޒިންމާ ނަގާ ބައްޕައެއް ކަމަށެވެ. އެހެންވެ އެ އާއިލާ އަށް ނިސްބަތްކޮށް، ތުހުމަތުތަކެއްކޮށް، އިހުލާމު އޮތްކަމުގެ އިނގިލި ދިއްކުރުމަކީ ކުށްވެރިޔަކު ކުށުން ބަރީއަކުރަން ދައްކަން ޖެހޭ ފަދަ ވާހަކަތަކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ވަކީލު ވިދާޅުވި ގޮތުގައި މި މައްސަލާގައި ކުއްޖާ އަށް އިންސާފު ހޯދައިދީ، ޕާލް އަށް ހައްގުވާ އަދަބު ލިބޭނެ އެވެ. އެކަމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވަކީލުގެ ހައިސިއްޔަތުން ކުރައްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

"މި ދަނޑިވަޅުގައި އަހަރެންގެ މުވައްކިލްގެ ފަރާތުން އެދެނީ ކަމާނުބެހޭ މީހުން އަސްލެއް ނެތް ވާހަކަތައް ނުދައްކައި ހިމޭނުން ތިބުމަށް. މީގައި އެންމެ ފަހު ގޮތް ނިންމާނީ ކޯޓުން،" ވަކީލުގެ ބަޔާނުގައި ވިދާޅުވި އެވެ.