ކުޑަ އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި، އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ޕާލް ވީ ޕޫރީ ހައްޔަރުކޮށްފި އެވެ.
06 ޖޫން 2021
ކުޑަ އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި، އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ޕާލް ވީ ޕޫރީ ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ބުނީ "ނާގިން 3" އާއި "ބޭޕަނާ ޕިޔާރު" ފަދަ ސިލްސިލާތައް ކުޅުނު 31 އަހަރުގެ އެކްޓަރު ހައްޔަރުކުރީ ހުކުރު ދުވަހު ކަމަށެވެ.
ފުލުހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ މި މައްސަލާގައި މިހާރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ގާނޫނުގެ ދަށުން ޕާލް އަށް ދައުވާ ވެސް ކޮށްފައިވާ ކަމަށެވެ.
ޓައިމްސް އޮފް އިންޑިއާ އިން ބުނި ގޮތުގައި އޭނާ އަށް ތުހުމަތުކުރާ ކުޑަކުއްޖަކު ރޭޕްގެ މައްސަލަ އަކީ ތަންކޮޅެއް ކުރިން ހިނގާފައިވާ ހާދިސާއެކެވެ. އެކަމަކު ތަފްސީލެއް ނުދެ އެވެ.
ބަތަލާ ކަރިޝްމާ ތަންނާއާ ލޯބީގެ ގުޅުމެއް ބޭއްވި ކަމެއް ވަރަށް ފަހުން އަޑުއެރި ޕާލް އެންމެ ފަކުން ކުޅުނު ސިލްސިލާ އަކީ ޒީޓީވީގެ "ބުރައްމަރަކްޝަސް 2" އެވެ.
މީގެ އަހަރެއްހާ ދުވަސްކުރިން ރާއްޖޭގައި ކަރިޝްމާއާ އެކު ޗުއްޓީ ވެސް ހޭދަކުރި ޕާލް ބައެއް ވީޑިއޯ ލަވަތަކުން ވެސް ފެނިފައިވެ އެވެ.
ޝާހްރުކްގެ އެއްބަސްވުން ބައިޖޫ އިން އުވައިލަފާނެ!
ސިދާތުގެ މަރުން ސަނާ ހިމޭން ވެއްޖެ
ޕްރޮޑިއުސަރު ބުޝަން އަށް ރޭޭޕްގެ ތުހުމަތު
"ކްރައިމް ޕެޓްރޯލް" ކުޅޭ ބަޔަކު ވައްކަން ކޮށްފި
ކަފާލާތުގެ ދަށުން ވެސް ޕާލް ދުލެއްނުކުރި
ޕްރޮޑިއުސަރު ޖެކީ އަށް ޖިންސީ ގޯނާގެ ތުހުމަތު
ސިލްސިލާ "ނިއު އެމްސްޓަޑަމް" އިން އަނޫޕަމް ވަކިވެއްޖެ
ސުޝާންތު މަރާލިކަމުގެ ހެއްކެއް ނެތް: ސީބީއައި
ސުޝާންތުގެ މަރު: ރިއާ ތުހުމަތުތައް ދޮގުކޮށްފި
ޑިޕްރެޝަނަށް ދިޔަ، އެހީވީ ރައްޓެހިން: އަޝިޝް