28 ޖޫން 2022
މީގެ ދެ އަހަރު ކުރިން އިންޑިއާގެ މަޝްހޫރު ކޮމެޑީ ޑްރާމާ "ތާރަކް މެހްތާ ކަ އުލްޓާ ޗަޝްމާ"ގައި މުހިންމު ރޯލެއް ކުޅުނު ނެހާ މެހްތާ އެ ޑްރާމާ ދޫކޮށްލަން ޖެހުނު ސަބަބު ބުނެފި އެވެ.
މީގެ ދެ އަހަރު ކުރިން އިންޑިއާގެ މަޝްހޫރު ކޮމެޑީ ޑްރާމާ "ތާރަކް މެހްތާ ކަ އުލްޓާ ޗަޝްމާ"ގައި މުހިންމު ރޯލެއް ކުޅުނު ނެހާ މެހްތާ އެ ޑްރާމާ ދޫކޮށްލަން ޖެހުނު ސަބަބު ބުނެފި އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއެއްގައި ނެހާ ބުނީ އޭނާ އެ ޑްރާމާ ދޫކޮށްލިތާ ދެ އަހަރުވެފައިވާއިރު އަދިވެސް ހަ މަހުގެ މުސާރަ ނުލިބޭ ކަމަށެވެ. ބަރަބާރަށް މުސާރަ ލިބެމުން ނުދާތީ އެ ޑްރާމާ އިން އޭނާ ވަކިވީ ކަމަށް ސީދާ ނުބުންޏަސް، އޭނާގެ ވާހަކަތައް ހުރި ގޮތުން ބޮޑަށް ބެލެވެނީ މުސާރާއިގެ މައްސަލަތަކާ ހުރެ އޭނާ އެ ޑްރާމާ ދޫކޮށްލަން މަޖުބޫރިވީ ކަމަށެވެ.
އޭނާ ބުނީ ޑްރާމާ ދޫކޮށްލި ފަހުން ވެސް އޭނާގެ މުސާރަ ހޯދުމަށް ދެތިން ފަހަރަކު ގުޅާފައިވާ ކަމަށެވެ. އެ ކަންކަމާ ގުޅިގެން ޝަކުވާ ކުރަން ބޭނުންނުވާ ކަމަށާއި އެ މައްސަލަ ވެސް ވަރަށް އަވަހަށް ހައްލުވާނެ ކަމަށް އުއްމީދުކުރާ ކަމަށް އޭނާ ބުންޏެވެ.
ނެހާ އަކީ އެ ޑްރާމާގައި 12 އަހަރު ވަންދެން އަންޖަލީގެ ރޯލު ކުޅުނު ތަރިއެކެވެ. ނެހާ ޑްރާމާ ދޫކޮށްލުމުން މިހާރު އެ ރޯލު ކުޅެނީ ސުނާޔަނާ ފަޒްދާރެވެ.
ނެހާ ވަނީ މިފަހުން ގުޖުރާތުގެ ފިލްމެއްގެ މަސައްކަތް ނިންމާލައިފަ އެވެ. އޭނާގެ ކުރިއަށް ވެބް ސީރީޒްތަކެއް ވެސް އެބަހުއްޓެވެ.
ތާރަކް މެހެތާގެ އެކި ތަރިން ޑްރާމާ ދޫކޮށްލަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭގެ ތެރޭގައި އަންޖަލީގެ ފިރިމީހާގެ ރޯލު ކުޅޭ ޝައިލޭޝް ލޮދާ ވެސް އެ ޑްރާމާ ދޫކޮށްލަން އުޅޭކަމުގެ އަޑުތައް ގަދަޔަސް އެކަމާ ގުޅިގެން އަދި އޭނާ ވަކި އެއްޗެއް ނުބުނެ އެވެ.
އެ ޑްރާމާގައި ޖޭޓާލާލްގެ އަނބިމީހާގެ ރޯލު ކުޅޭ ދިޝާ ވަކާނީ ވެސް އެ ރޯލަށް އަނބުރާ ނުދާން ހުރީ ނިންމައިގެންނެވެ. އޭނާ އެ ނިންމުން ނިންމީ ދެވަނަ ދަރިފުޅު ވިހޭ ފަހުންނެވެ.
"މޭޑް އިން ހެވަން"ގެ ދެވަނަ ސީޒަން އިއުލާންކޮށްފި
ނެޓްފްލިކްސްގެ "ޓުޑުމް"ގައި ޓްރެއިލާތައް އޮއްސާލައިފި
ތިން އަހަރު ފަހުން ޝަކްތީ އެނބުރި ޓީވީ އަށް
ލަވަކިޔުންތެރިޔާ ޖުބިން އެންގޭޖުވީތަ؟
ކަންގަނާ ބޭނުންވަނީ ކަރަން "ޖަލަށް" ލާން
ތަރުހީބު ކުޑަކަމުން "ބަލިކާ ވަދޫ 2" ހުއްޓާލަނީ
ބަތަލާ މޯނީ ކައިވެނިކޮށްފި
"ނާގިން 6" ގެ ކާސްޓުން އަދި ފައިނަލެއް ނުކުރޭ
އާމިރާއި ސަންޖީދާ ވަރިވެއްޖެ
އެކްތާގެ "ނާގިން 6" ގެ ޓީޒާއެއް ދައްކާލައިފި