Roadha Mihaaru
އާތިފް އެދިވަޑައިގަތީ އިއުތިރާފް އެއްބަސްވުމެއް ހެދުމަށް

އާތިފް އެދިވަޑައިގަތީ ޖަލު ހުކުމެއް ނާންނަ ގޮތަށް އެއްބަސްވުމަކަށް

22 ސެޕްޓެމްބަރ 2020

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް އެކި ދިމަދިމާލަށް ދައުރުކުރަމުން ދިޔައިރު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ވެރިޔަކަށް ހުންނެވި އިބްރާހީމް އާތިފް ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ޚިލާފުވުމުގެ ކުށުގެ ދައުވާ އަށް އިއުތިރާފްވެ ވަޑައިގެން ޖަލު ހުކުމެއް ނާންނާނެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު އޮތްތޯ ބެލުމަށް އޭނާ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި މިއަދު އެދިވަޑައިގެންފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް އެކި ދިމަދިމާލަށް ދައުރުކުރަމުން ދިޔައިރު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ވެރިޔަކަށް ހުންނެވި އިބްރާހީމް އާތިފް ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ޚިލާފުވުމުގެ ކުށުގެ ދައުވާ އަށް އިއުތިރާފްވެ ވަޑައިގެން ޖަލު ހުކުމެއް ނާންނާނެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު އޮތްތޯ ބެލުމަށް އޭނާ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި މިއަދު އެދިވަޑައިގެންފި އެވެ.

އާތިފްގެ މައްޗަށް ކުރަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާތައް ދައުރުވަމުން ދިޔައިރު އެކަމުގައި ފިޔަވަޅު ނާޅުއްވައި އިހުމާލުވެ ވަޑައިގެން ކަމުގެ ތުހުމަތެވެ. މި ތުހުމަތުގައި އޭނާ ރައްޔިޔުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް މިދިޔަ އަހަރުގެ އޯގަސްޓް މަހު ހާޒިރުކޮށް ސުވާލުކުރުމުން ކަން ހިނގައިދިޔަ ގޮތް ވިދާޅުވެ ތުހުމަތުތަކަށް ވަނީ އިންކާރު ކުރައްވައިފަ އެވެ.

އާތިފްގެ މައްސަލައިގެ އިބްތިދާއީ މަރުހަލާގެ ފުރަތަމަ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ވަކީލަކާ ނުލައި އެ ޝަރީއަތަށް އޭނާ ވަޑައިގެންނެވުމުން، ވަކީލެއްގެ އެހީ ބޭނުންތޯ ގާޒީ އެއްސެވުމުން އާތިފް ވަނީ، ޕީޖީ އޮފީހާއެކު އެއްބަސްވުމަކަށް އައުމަށް މަޝްވަރާ ކުރައްވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

އެނގިފައިވާ ގޮތުގައި ކުށުގެ ދައުވާ އަށް އިއުތިރާފްވެ ވަޑައިގެން ޖަލު ހުކުމެއް ނާންނާނެ އެއްބަސްވުމެއް ހަދަން އޭނާ ހުށަހެޅުއްވި ނަމަވެސް ޕީޖީން އަދި އެކަމުގައި ގޮތެއް ނުނިންމަ އެވެ.

މަނީ ލޯންޑަރިން އަކީ، މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާގާނޫނުގައި އެންމެ ބޮޑު އަދަބު ކަނޑައަޅާފައިވާ އެއް ކުށެވެ. މަނީ ލޯންޑްރިންގެ އަމަލެއް ހިންގަން އުޅުމަކީ ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ މަގުފަހިކޮށްދިނުމަކީ ވެސް ކުށެކެވެ. އެ ކުށް ކުރުމަށް ހިތްވަރުދިނުން ވެސް އޮތީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އަދަބަކީ 50،000ރ އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު 2-10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. މަނީ ލޯންޑަރިން އަށް ފެތޭ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 100،000ރ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާ އެކު 5-15 އަހަރާ ދެމެދު މުއްދަތަކަށް ޖަލަށް ލުމެވެ. ނުވަތަ ކުށުގެ އަމަލު ހިންގުމުގައި (ލޯންޑަކުރުމުގައި) ބޭނުންކުރި ފައިސާގެ އަދަދުގެ ފަސް ގުނަ އަށް ވުރެ އިތުރު ނުވާ އަދަދަކުން ޖޫރިމަނާކޮށް، 5-15 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އާތިފަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން އޭނާ ވިދާޅުވެފައިވާ ގޮތުގައި ބޮޑު ހިޔާނާތުގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް ބޭރުކުރަމުން ދިޔަ އިރު އެ މައްސަލަ ފުލުހަށް ހުށަހަޅަން އެތައް ފަހަރަކު މަސައްކަތް ކުރައްވާފައި ވާނެ އެވެ. ނަމަވެސް އެކަމަށް ހުރަސް އެޅުއްވީ އޭރުގެ ގަވަރުނަރު އަޒީމާ އާދަމް ކަން ދޭހަވާ މޭރުމަކުން އާތިފް ވަނީ ވާހަކަ ދައްކަވައިފަ އެވެ. އާތިފް ވިދާޅުވެފައިވާ ގޮތުގައި އެ މައްސަލަތައް ނުބެލި ދިޔައީ އަޒީމާ އަށް މަދުވެގެން ހަތަރު ފަހަރު ހުށަހަޅުއްވާފައި ވަނިކޮށް ކަމަށެވެ.