16 ޖުލައި 2019
އެމްއެމްޕީއާރުސީ އާއި އެސްއޯއެފްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓްތަކުން ކުރި ޝައްކު އުފެދޭ މުއާމަލާތްތަައް އެމްއެމްއޭގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް ހުށަހެޅި ކަމަށާއި އެ ކަމާ މެދު އެކަށީގެންވާ ފިޔަވަޅު އެތަނުން އެޅި ނަމަ އެ މުއާމަލާތްތައް ހުއްޓުވުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލް އިން މިއަދު ބުނެފި އެވެ.
އެމްއެމްޕީއާރުސީ އާއި އެސްއޯއެފްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓްތަކުން ކުރި ޝައްކު އުފެދޭ މުއާމަލާތްތަައް އެމްއެމްއޭގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް ހުށަހެޅި ކަމަށާއި އެ ކަމާ މެދު އެކަށީގެންވާ ފިޔަވަޅު އެތަނުން އެޅި ނަމަ އެ މުއާމަލާތްތައް ހުއްޓުވުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލް އިން މިއަދު ބުނެފި އެވެ.
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި ބީއެމްއެލްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެ އެވެ. އެކަމާ ގުޅިގެން ސުވާލުކުރަން ބީއެމްއެލްގެ އިސްވެރިންތަކެއް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބީއެމްއެލްގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ދެއްކި ވާހަކަތައް ކޮމިޓީގެ މެމްބަރުން ގަބޫލެއް ނުކުރެއްވި އެވެ. ބީއެމްއެލް މެދުވެރިކޮށް ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރިވި އިރު އެކަން ހުއްޓުވަން ބޭންކުން އެޅި ފިޔަވަޅާ ބެހޭ ގޮތުން މެމްބަރުން ގިނަ ސުވާލުތަކެއް ކުރެއްވި އެވެ.
ޖަވާބުގައި، ބީއެމްއެލްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ޝަރީފް ވިދާޅުވީ ބޭންކުން އަމަލުކޮށްފައި ވާނީ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލްތަކުގެ ތެރެއިން ކަމަށެވެ. ޝައްކު ކުރެވޭ މުއާމަލާތްތައް އެފްއައިޔޫ އަށް ހުށަހެޅި ކަަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނުގައި އޮންނަ ގޮތުން މައްސަލަތައް ތަހުގީގު ކުރަން ހުށަހަޅާނީ އެފްއައިޔޫން ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އެފްއައިޔޫ އަށް ބޭންކުން މައްސަލަ ހުށަހެޅީ އެސްއޯއެފް އިން ހިންގާ ވިޔަފާރިއާ ނުބައްދަލު މިންވަރަށް ފައިސާ ޖަމާކުރަމުން ދިއުމާ ގުޅިގެން ބޭންކުން ސުވާލުކޮށް ހޯދަން އެދުނު މައުލޫމާތުތައް ދޭން އެ ކުންފުނިން އިންކާރު ކުރުމުންނެވެ.
ޝަރީފް ވިދާޅުވީ އެފްއައިޔޫ އަށް މައްސަލަ ހުށަހެޅުމުގެ އިތުރުން އެސްއޯއެފްގެ އެކައުންޓްތަކެއް ވެސް ހިފެހެއްޓި ކަމަށެވެ. އެކައުންޓްތައް ދޫކޮށްލީ އެފްއައިޔޫގެ އިސްވެރިޔާ އާތިފް ޝަކޫރާއި ބީއެމްއެލްގެ ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދުގެ އިރުޝާދަށް ކަމަށް ބޭންކުން ބުންޏެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޭންކުން ހުށަހެޅި މައްސަލަ އެފްއައިޔޫ އިން ބަލައި ޝައްކު އުފެދޭ މުއާމަލާތެއް ހިންގާފައި ނުވާ ކަން އެނގުނީ ހިޔާނާތާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ރިޕޯޓް ނެރުމުންނެވެ.
"އެ ޓްރާންސެކްޝަން ކްލޯޒްކުރި ކަން އެނގޭ ނަމަ، އަޅުގަނޑުމެން އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް އެޅުނީސް،" ޝަރީފް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ޗެކްތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރުމުގައި ބީއެމްއެލް އިން އަމަލުކޮށްފައި ވަނީ އެމްއެމްޕީއާރުސީގެ ބޯޑު ރިޒޮލޫޝަނާ ޚިލާފަށް ކަމަށް އޭސީސީން ބުނާ ވާހަކައިގައި ހަގީގަތެއް ނެތް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން ބުނީ އެންޑޯސް ކޮށްފައިވާ ޗެކެއް ޖަމާކުރަން ގެންދިއުމުން ބޭންކުން ބަލަަނީ އެ ޗެކް ދޫކުރި އެކައުންޓްގެ ވެރިފަރާތާއި ޖަމާކުރާ ފަރާތްތަކުގެ މައުލޫމާތު ފުރިހަމަ ޗެކެއްތޯ އެވެ. އޭގެއިތުރުން ޗެކް ޖަމާކުރަން ހުށަހަޅަނީ ޗެކްގައި ފައިސާ ލިބޭ ފަރާތުގެ ގޮތުގައި ލިޔެވިފައިވާ ފަރާތް ނޫން އެހެން ފަރާތެއް ނަމަ ޗެކުގެ ނުފުށުގައިވާ އެންޑޯސްމެންޓްގައި ބަޔާންކޮށްފައިވާ ފަރާތްތޯ ބަލާ ކަމަށް ބޭންކުން ބުންޏެވެ.
އެންޑޯސް ކޮށްފައިވާ ޗެކެއްގައި ޗެކް ދޫކުރި ފަރާތުން ފުރަތަމަ ފައިސާ ލިބޭ ފަރާތް ކަމުގައި ލިއެފައިވާ ފަރާތުގެ ނަމުގައި ބޭންކުގައި ކޮންމެހެން އެކައުންޓެއް އޮންނަން ނުޖެހޭ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ބޭންކުން ބުނިގޮތުގައި ޗެކް އެންޑޯސް ނުކުރެވޭނީ ޗެކް ކްރޮސްކުރާ އިރު ނޮޓް ނެގޯޝިއަބްލް ލިއެފައިވާ ނަމަ އެވެ. އެމްއެމްޕީއާރުސީގެ ނަމުގައި ދޫކޮށް، އެންޑޯސްކޮށްގެން އެސްއޯއެފްގެ އެކައުންޓަށް ޖަމާކުރެވިފައިވާ ޗެކްތަކަކީ "ނޮޓް ނެގޯޝިއަބްލް" ލިއެފައިވާ ޗެކްތަކެއް ނޫން ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން ބުނީ އެމްއެމްޕީއާރުސީ އާއި އެ ކުންފުންޏަށް ލިބުނު ޗެކްތައް ދޫކުރި ފަރާތްތަކުގެ ޒިންމާއެއް ވެސް އެބައޮތް ކަަމަށެވެ. ފައިސާ ލިބޭ ފަރާތުން އެ ފައިސާ އެ ކުންފުންޏެއްގެ އެކައުންޓަށް ބަރާބަރަށް ޖަމާވޭތޯ ބަލަންޖެހޭނެ ކަމަށް ބޭންކުން ބުންޏެވެ. އަދި ހަމައެހެންމެ ޗެކް ދޫކުރާ ފަރާތުން އެ ފައިސާ ލިބެންވާ ފަރާތަށް ލިބޭތޯ ބެލުމަކީ ވެސް އެ ފަރާތުގެ ޒިންމާއެއް ކަމަށާއި ބޭންކުގެ ޒިންމާއަކީ މި ޓްރާންސެކްޝަންތައް ގަވައިދާ އެއްގޮތަށް ޕްރޮސެސްކުރުން ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ބުނިގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އެ ކުންފުނީގެ އެއްވެސް ބައިވެރިވުމެއް ނެތެވެ. އެ ބޭންކުން ފުރިހަމަ އަށް ޒިންމާ އަދާކޮށްފައިވާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
މާލިއްޔަތު ކޮމެޓީ އަށް ހާޒިރުވާން އާތިފަށް އަންގައިފި
ލިސްޓުގައި 63 ޕަސެންޓަކީ ތަހުގީގު ނުފަށާ މައްސަލަތައް
ހިޔާނާތާ ގުޅޭ ނަމަ ތަހުގީގު ނުނިމުނަސް ވަކިކުރަންޖެހޭ
ޚިޔާނާތުގެ ތަހުގީގު ހުއްޓުވަން ބަޔަކު އުޅޭ: އިލްޔާސް
"ނޮޓް ނެގޯޝިއަބްލް" ހަ ޗެކެއް ބީއެމްއެލުން ޖަމާކުރި
ބީއެމްއެލްގެ ބޯޑު ޑިރެކްޓަރުން ވަކިކުރަން ޖެހޭ:ޔައުގޫބު
ތުހުމަތުތަކަށް ޖަވާބު ދޭން ފުރުސަތަކަށް އާތިފް އެދިއްޖެ
ހިޔާނާތުގެ ތަހުގީގުގައި އެންމެންގެ މައްސަލަތައް ބަލާނެ
"މުވައްޒަފުންނަށް ކުރި ތުހުމަތުގައި ހަގީގަތެއް ނެތް"
އޭސީސީގެ މެމްބަރުން ވަކިކުރަން ޕެޓިޝަނެއް ހުށަހަޅައިފި