Roadha Mihaaru
ހުސައިންގެ ތައުބީން ޖަލްސާގައި ރައީސް ވާހަކަ ދައްކަވާނެ

ހުސައިން މުހައްމަދުގެ ތައުބީންގެ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވާނެ

17 ސެޕްޓެމްބަރ 2020

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ ހުސައިން މުހައްމަދުގެ ހަނދާނުގަައި ބާއްވާ ތައުބީންގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ ހުސައިން މުހައްމަދުގެ ހަނދާނުގަައި ބާއްވާ ތައުބީންގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހު އަވަހާރަވި ހުސައިންގެ ހަނދާނުގައި ޖުމްހޫރީ ޕާޓީން ބާއްވާ ތައުބީން ޖަލްސާ މިރޭ ކުރިއަށް ގެންދާނީ އޮންލައިންކޮށެވެ. އެ ޖަލްސާ ވަގުތުން ދުރަށް ދައްކާނެ އެވެ.

ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވީ މިރޭ 9:00 ގައި ބާއްވާ ޖަލްސާގައި ރައީސާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސްވާހަކަ ދައްކަވާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރަކަށް ހުންނެވި ހުސައިން އަކީ އަރިއަތޮޅު އުތުރުބުރީގެ މެމްބަރުކަން 2005 އިން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް ކުރެއްވުމަށް ފަހު 2009 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް މަތިވެރި ދާއިރާގެ މެމްބަރެވެ. ސިޔާސީ ދާއިރާއަށް ވަދެ ވަޑައިގަތުމުގެ ކުރިން މީޑިއާ ދާއިރާ އާއި ތައުލީމީ ދާއިރާގެ އިސް މަގާމުތަކެއް ވެސް އޭނާ އަދާ ކުރެއްވި އެވެ.