Roadha Mihaaru
ދެ ހަފުތާ ތެރޭގައި 550 މީހުން ޖޫރިމަނާކޮށްފި

ކާފިއުއާ ޚިލާފްވެގެން ދެ ހަފުތާ ތެރޭގައި 550 މީހުުން ޖޫރިމަނާ

10 ސެޕްޓެމްބަރ 2020

ކާފިއު ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅުނު 550 މީހަކު ދެ ހަފުތާ ތެރޭގައި ޖޫރިމަނާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކާފިއު ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅުނު 550 މީހަކު ދެ ހަފުތާ ތެރޭގައި ޖޫރިމަނާކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން މިދިޔަ ހުކުރު ދުވަހާ ހަމައަށް ކާފިއު ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅުނު 1،143 މީހަކަށް އިންޒާރު ދިނުމުގެ އިތުރުން 550 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެންމެ ގިނަ މީހުން ޖޫރިމަނާކުރީ އޮގަސްޓް 22 އާއި އިން 28 އާ ދެމެދު އެވެ. އެ މުއްދަތުގައި 348 މީހަކު ޖޫރިމަނާކޮށްފައިވެ އެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކާފިއު ގަޑީގައި ހުއްދަ ނެތި ބޭރަށް ނުކުންނަ މީހުން ޖޫރިމަނާ ކުރަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން 1،000ރ. އިންނެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިތުރުވާން ފެށުމުން މިދިޔަ މަހު އަނެއްކާވެސް ވަނީ ފިޔަވަޅުތައް ހަރުކަށިކުރަން ފަށައިފަ އެވެ. މިހާރު ރޭގަނޑު 8 އިން ފެށިގެން ހެނދުނު 6 އާ ހަމައަށް އެއްގަމު އުޅަނދުތައް ދުއްވުން މަނާ ކުރުމުގެ އިތުރުން ރޭގަނޑު 10 ގެ ފަހުން ބޭރުގައި އުޅުން ވަނީ މަނާކޮށްފަ އެވެ.