Roadha Mihaaru
ކާފިއު-4: މީހުން ޖޫރިމަނާ ކުރަން ފަށައިފި

ކާފިއު ވަގުތުގައި ބޭރުގައި އުޅޭ މީހުން ޖޫރިމަނާ ކުރަން ފަށައިފި

05 އެޕްރީލް 2020

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ކާފިއު އިއުލާން ކޮށްފައި އޮންނަ ވަގުތު ބޭރުތެރޭގައި އުޅޭ މީހުން ޖޫރިމަނާ ކުރަން ފުލުހުން މިއަދު ފަށައިފި އެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ކާފިއު އިއުލާން ކޮށްފައި އޮންނަ ވަގުތު ބޭރުތެރޭގައި އުޅޭ މީހުން ޖޫރިމަނާ ކުރަން ފުލުހުން މިއަދު ފަށައިފި އެވެ.

ފުލުހުން ބުނީ، މިއަދު ހަވީރު 5 ން މިރޭގެ 8 އަށް ކާފިއު ހިންގި ވަގުތު ބޭރުތެރޭގައި އުޅުނު އެކަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. މިއީ މިދިޔަ ހަތަރު ދުވަހުގެ ތެރޭގައި މި މައްސަލައިގައި ޖޫރިމަނާ ކުރި ފުރަތަމަ މީހާ އެވެ. ޖޫރިމަނާ ކުރަނީ 1،000ރ. އިންނެވެ.

ކާފިއު ވަގުތުގައި ބޭރުތެރޭގައި އުޅޭ މީހުން ޖޫރިމަނާއާ ހަމައަށް ދަނީ ދެ ފަހަރަށް ނަސޭޖަތްދީ، އަދި އިންޒާރަށް ފަހު ފުލުހުންގެ ރެކޯޑަށް ރިއާޔަތް ކޮށެވެ.

ފުލުހުން ބުނިގޮތުގައި، ކާފިއު ވަގުތުގައި ބޭރުގައި އުޅުނު 122 ދިވެއްސަކާއި 17 ބިދޭސީ އަކަށް މިއަދު ނަސޭހަތް ދިނެވެ. ދެ ފަހަރަށް މިއަދާ ހިސާބަށް ނަސޭހަތް ދީފައި ވަނީ ހަތް މީހަކަށެވެ.

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު 5 ން ފެށިގެން ތިން ގަޑިއިރަށް ކާފިއު ހިންގަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނިންމަވާފައި ވަނީ އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން ކާފިއު ކުރިއަށް ގެންދިއުމަށެވެ.

ކާފިއުގެ ވަގުތު ބޭރަށް ނުކުމެ ނޫޅުމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ތަކުރާރުކޮށް އެދެމުން އައި ނަމަވެސް އެ އަށް އިޖާބަ ނުދޭ މައްސަލަ ވަރަށް ބޮޑެވެ.