19 ޖޫން 2020
ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދަށް އިއުލާންކޮށްފައި އޮތް ލޮކްޑައުންއާ ހިލާފުވެގެން ހައްޔަރުކުރި މީހުންގެ ތެރެއިން 312 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދަށް އިއުލާންކޮށްފައި އޮތް ލޮކްޑައުންއާ ހިލާފުވެގެން ހައްޔަރުކުރި މީހުންގެ ތެރެއިން 312 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭޕްރީލް މަހުގެ 15 އިން ފެށިގެން މިދިޔަ ހޯމަ ދުވަހާ ހަމަ އަށް ހަރުކަށި ފިޔަވަޅުތަކަކާއެކު އޮތް ލޮކްޑައުންއާ ހިލާފު ވެގެން 582 މީހަކު ހައްޔަރުކުރި ކަމަށެވެ. އޭގެ ތެރެއިން 312 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާއިރު މިހާރު ވެސް 37 މީހަކު ފުލުހުންގެ ބަންދުގައި އެބަ ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
ލޮކްޑައުންއާ ހިލާފުވެގެން ފުލުހުން ވަނީ 9،000 އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ވެސް ކޮށްފަ އެވެ.
ލޮކްޑައުންގެ އަމުރާ ހިލާފު ވުމުން ފުލުހުން ފުރަތަމަ ދެނީ ނަސޭހަތެވެ. އެއަށް ފަހު ޖޫރިމަނާ ކުރާއިރު އެވަރުން ވެސް ކުށް ތަކުރާރު ކުރާ މީހުން ހައްޔަރު ކުރެ އެވެ.
ހޯމަ ދުވަހުން ފެށިގެން ލޮކްޑައުންއަށް ލުއިތަކެއް ދީފައިވާއިރު މިހާރު ކޮންމެ ދުވަހެއްގެ ފަތިހު 5:00 އިން ރޭގަނޑު 10:00 އަށް ހުއްދަޔަކާ ނުލައި ބޭރުގައި އުޅެވޭނެ އެވެ. ނަމަވެސް އަދި ވެސް ގިނަ ބަޔަކު އެއްވެ އުޅުމާއި ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި އުޅުމަކީ މަނާ ކަމެކެވެ.
ލޮކްޑައުންއާ ހިލާފުވި މީހުންނަށް ދައުވާކުރަން ފޮނުވައިފި
ރޭގަނޑު 8 އިން ފަތިހު 5 އަށް އުޅަނދުތައް މަނާ!
ރޭގަނޑު 10 އިން ފަތިހު 5 އަށް، ކާފިއު ގަޑި
ލޮކްޑައުން ނިމުނު ފަހުން ކުރި ޖޫރިމަނާ ސައްހައެއް ނޫން
ލޮކްޑައުން އޮޅި، ޖޫރިމަނާއާ މެދު ސުވާލު އުފެދިއްޖެ
ފުލުހުން ބިޒްނަސް ޕާމިޓް ދޫކުރަން ފެށުން މައްސަލައަކަށް
ލޮކްޑައުން ހަރުކަށިކޮށް މުދާ ވިއްކުން މަޑުޖައްސާލައިފި
ދެން ބާޒާރަށް ދެވޭނީ ހަފުތާއަކު އެއް ފަހަރު
އިއްޔެ އެކަނި 100 އަށް ވުރެ ގިނަ މީހުން ޖޫރިމަނާ
މަގުމަތީގައި އުޅޭ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަނީ