25 އެޕްރީލް 2020
ލޮކްޑައުންއާ ޚިލާފަށް މަގުމައްޗަށް ނުކުމެގެން އިއްޔެ 100 އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިި އެވެ.
ލޮކްޑައުންއާ ޚިލާފަށް މަގުމައްޗަށް ނުކުމެގެން އިއްޔެ 100 އަށް ވުރެ ގިނަ މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިި އެވެ.
ކޮވިޑް-19 އަށް މާލެއިން ބަޔަކު ޕޮޒިޓިވްވުމުން މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ 14 ދުވަހަށް ވަނީ ލޮކްޑައުންކޮށްފަ އެވެ. އެ މުއްދަތު ހަމަވާނީ މި މަހުގެ ނިޔަލަށެވެ. އެކަމަކު ޒަރޫރީ ބޭނުންތަކުގައި ފުލުހުންގެ ޚާއްސަ ހުއްދައެއްގެ ދަށުން ބޭރަށް ނުކުތުމުގެ ހުއްދަ ލިބެ އެވެ.
ފުލުހުން ބުނީ ލޮކްޑައުންއާ ޚިލާފްވެގެން މާލެ ސަރަހައްދުން އިއްޔެ ފަސް މީހަކު ހައްޔަރު ކުރިއިރު، 109 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި އިތުރު 60 ފަރާތަކަށް މުދާ ޑެލިވަރީ ކުރުމުގެ ހުއްދަ ވެސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ލޮކްޑައުންއާ ޚިލާފްވާ މީހުން ޖޫރިމަނާ ކުރަނީ 1،000ރ. އިންނެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުން ނަމަ ލޮކްޑައުންއާ ޚިލާފްވާ މީހުން ފުރަތަމަ ފަހަރު ޖޫރިމަނާ ކުރިޔަސް، ދެވަނަ ފަހަރު އެ މީހެއްގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގާނެ އެވެ.
ކޮވިޑް-19 މިހާރު މާލެތެރެއަށް ފެތުރި، ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ސީރިއަސްވެފަ އެވެ. މާ އިން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100 އަށް ވުރެ މައްޗެވެ.
ރޭގަނޑު 8 އިން ފަތިހު 5 އަށް އުޅަނދުތައް މަނާ!
ރޭގަނޑު 10 އިން ފަތިހު 5 އަށް، ކާފިއު ގަޑި
ލޮކްޑައުންއާ ހިލާފުވި 312 މީހެއްގެ މައްސަލަ ޕީޖީއަށް
ލޮކްޑައުން ނިމުނު ފަހުން ކުރި ޖޫރިމަނާ ސައްހައެއް ނޫން
ލޮކްޑައުން އޮޅި، ޖޫރިމަނާއާ މެދު ސުވާލު އުފެދިއްޖެ
ފުލުހުން ބިޒްނަސް ޕާމިޓް ދޫކުރަން ފެށުން މައްސަލައަކަށް
ލޮކްޑައުންއާ ހިލާފުވި މީހުންނަށް ދައުވާކުރަން ފޮނުވައިފި
ލޮކްޑައުން ހަރުކަށިކޮށް މުދާ ވިއްކުން މަޑުޖައްސާލައިފި
ދެން ބާޒާރަށް ދެވޭނީ ހަފުތާއަކު އެއް ފަހަރު
މަގުމަތީގައި އުޅޭ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަނީ