ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ބާއްވާ ފެރީގެ ހިދުމަތް މި މަހުގެ 20 ގައި ފަށާނެ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.
10 ސެޕްޓެމްބަރ 2020
ރާއްޖެ އާއި އިންޑިއާގެ ކޮޗިންއާ ދެމެދު ބާއްވާ ފެރީގެ ހިދުމަތް މި މަހުގެ 20 ގައި ފަށާނެ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.
އެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ރާއްޖެއަށް އަންނަ ފުރަތަމަ ކާގޯ ފެރީ އިންޑިއާގެ ތޫތުކުޑިން ފުރާނީ މި މަހުގެ ދެ ވަނަ ދުވަހު އެވެ. އަދި ކޮޗިން އަށް މި މަހުގެ 22 ވަނަ ދުވަހު ބަނދަރު ކުރުމަށް ތާވަލްކޮށްފައި ވާއިރު ރާއްޖެއަށް ފެރީ އަންނާނެ ކަމަށް ލަފާކޮށްފައިވަނީ 26 ވަނަ ދުވަހު އެވެ.
މި ހިދުމަތް ފެށުމާއެކު ރާއްޖެ އާއި ކޮޗިންއާ ދެމެދު މަހަކު 2-3 ދަތުރު ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ކޮޗިން އިން ކުޅުދުއްފުށީގެ ޕޯޓަށާއި މާލޭގެ ޕޯޓަށެވެ.
ރާއްޖެ އަށް އަންނަ ފުރަތަމަ ބޯޓުގައި އިލެކްޓްރިކް މެޝިނަރީ އާއި ފަރުނީޗަރާއި ބޭހުގެ ބާވަތްތަކާއި ކާބޯތަކެތި ގެންނާނެ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެ އެވެ.
ރާއްޖެ އާއި ކޮޗިންއާ ދެމެދު ފެރީ ދަތުރުތައް ފެށުމުގެ އެމްއޯޔޫގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެކަމަށް އިންޑިއާގެ ކެބިނެޓުން ވެސް ވަނީ ރުހުން ދީފަ އެވެ.
ކާގޯ ފެރީގެ ހިދުމަތާ އެކު ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ. އަދި މި ހިދުމަތުގެ ސަބަބުން އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރިއެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށާއި ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އާރުޓީއެލްއަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ
ޝިޔާމްގެ ކަންބޮޑުވުން، ރާއްޖެ-ކޮޗިންގެ ފެރީގެ ނިޒާމަށް
ދަތުރު، ވިޔަފާރި އިތުރުކުރަން އިންޑިއާއާ މަޝްވަރާކޮށްފި
ރާއްޖެ-ކޮޗިން ކާގޯ ދަތުރުތައް ފަށައިފި
ރާއްޖެ-ކޮޗިން ފެރީ ދަތުރުތައް 3 މަސްތެރޭގައި ފަށަނީ
ކޮޗިން ފެރީ އެމްއޯޔޫ އަށް އިންޑިއާ އިން ރުހުން ދީފި
ރިޒާވް އިތުރުވުމުން އިންޑިއާއަށް ހިތްހަމަޖެހުން!
އަހަރުގެ މިލިއަން ވަނަ ޓޫރިސްޓަށް އިންޑިއާ ރައްޔިތެއް
ކޯ-ގްރޫޕްގެ ދެވަނަ ބައްދަލުވުމަށް ހަލީލް އިންޑިއާއަށް
50 މިލިއަން ޑޮލަރު ދެއްކުން އަނެއްކާވެސް ފަސްކޮށްދީފި