03 ސެޕްޓެމްބަރ 2020
އެންމެ ފަހުން އަމަލު ކުރަން ފެށި މަސްވެރިކަމުގެ ގަވައިދުގައި ހިމަނާފައިވާ ދިވެހި ކަނޑުގެ ސަރަހައްދުން ހިފުމާއި ބޭނުން މަނާ ތަކެތި އެހެން ގާނޫނެއްގައި މަނާކޮށް، އަދަބު ކަނޑައަޅާފައި އޮތުމުން ގާނޫނީ ގޮތުން އެކަމުގައި ސުވާލު އުފެދިއްޖެ އެވެ. މިހާރު އޮތް ގޮތުން ދެ ގާނޫނަކުން އެކަން މަނާކޮށް، ދެ އަދަބެއް ދެވޭނެ އެވެ.
އެންމެ ފަހުން އަމަލު ކުރަން ފެށި މަސްވެރިކަމުގެ ގަވައިދުގައި ހިމަނާފައިވާ ދިވެހި ކަނޑުގެ ސަރަހައްދުން ހިފުމާއި ބޭނުން މަނާ ތަކެތި އެހެން ގާނޫނެއްގައި މަނާކޮށް، އަދަބު ކަނޑައަޅާފައި އޮތުމުން ގާނޫނީ ގޮތުން އެކަމުގައި ސުވާލު އުފެދިއްޖެ އެވެ. މިހާރު އޮތް ގޮތުން ދެ ގާނޫނަކުން އެކަން މަނާކޮށް، ދެ އަދަބެއް ދެވޭނެ އެވެ.
މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދު، ފިޝަރީޒް މިނިސްޓްރީން ވަނީ މިދިޔަ އާދިއްތަ ދުވަހު ގެޒެޓްކޮށްފަ އެވެ. އޭގައި 13 ބާވަތެއް ބޭނުމާއި ނެގުމާއި ހިފުމާއި މެރުން މަނާކޮށްފައިވާއިރު އޭގެތެރޭގައި ވެލާ ކަހަނބާއި އޭގެ ބިހާއި މަޑި ހިމެނެ އެވެ.
އެކަމަކު ވެލާ ކަހަނބާއި މަޑީގެ ބާވަތްތައް މަނާކޮށް، އަދަބު ކަނޑައަޅައި އެންވަރަމެންޓް މިނިސްޓްރީން ވެސް ގަވައިދެއް ހަދާފައި އޮވެ އެވެ. އެ މިނިސްޓްރީން 2016 ވަނަ އަހަރު ކޮށްފައިވާ އިއުލާނެއްގައިވާ ގޮތުން ވެލާ ކަހަނބު ހިފައި/ގޯނާކޮށް/ގެންގުޅެ ނުވަތަ ވިޔަފާރިކުރުމަކީ މަނާކަމެކެވެ. އަދި 2014 ވަނަ އަހަރު އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވެސް، ހުރިހާ ބާވަތެއްގެ މަޑިހިފުން މަނާކޮށްފައި ވެ އެވެ. އެއާ ހިލާފުވާ ފަރާތްތަކުން، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ، ތިމާވެށްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އަދަބު ލިބޭނެ ކަމަށް ދެ އިއުލާނުގައި ވެސް ބުނެފައި ވެ އެވެ.
މީގެ 27 އަހަރު ކުރިން، 1993 ވަނަ އަހަރު ޓޫރިޒަމް މިނިސްޓްރީން ހަދާފައިވާ ގާނޫނުގައި ބުނާގޮތުން ހިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗަށް ގެއްލުން ދީފިނަމަ 5 ރުފިޔާ އާއި 500 ރުފިޔާއިން ޖޫރިމަނާކުރެވޭނެ އެވެ. އެ ގާނޫނުގެ ދަށުން، 2010 ވަނަ އަހަރު ހަދާފައިވާ ގަވައިދުގައި އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖޫރިމަނާގެ އަސްލު އަދަދުގެ އިތުރުން، 10،000 ރުފިޔާ އެ އަދަދަށް އިތުރު ކުރެވޭ ގޮތަށެވެ.
މަސްވެރިކަމުގެ ގަވައިދުގައި، އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަދުވެގެން 3،000 ރުފިޔާ އަދި ގިނަވަގެން، 300،000 ރުުފިޔާއިން ޖޫރިމަނާ ކުރުމެވެ.
ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުން، އެއް ކަމަކަށް ދެ ގާނޫނަކުން އަދަބެއް ނުދެވޭނެ އެވެ. އެހެންވެ، މިއީ ހައްލު ކުރަން ޖެހޭނެ މައްސަލައެއް ކަމަށް އެ މީހުން ދެކެ އެވެ.
އެކަމާ ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދެއްކި ބައެއް މީހުން ބުނާގޮތުން އެއް ކަމެއްގައި ދެ ގަވައިދެއް ހެދުމުން، ކުރީގެ ގަވައިދު ބާތިލްވާ ކަމަށާއި އެކަމަކު ފިޝަރީޒްގެ ގަވައިދުން އެކަމާ ގުޅޭ މާބޮޑު ތަފްސީލެއް ހިމަނާފައި ނުވާ ކަމަށެވެ.
"ފިޝަރީޒްގެ ގަވައިދަކު ނެތް ޖޫރިމަނާ ކުރާނެ ގޮތުގެ މެކޭނިޒަމެއް ވެސް. އެކަމަކު އެންވަރަމެންޓުން ކުރިން ހަދާފައިވާ ގަވައިދުގައި ޖޫރިމަނާ ކުރާނެ ގޮތުގެ ތަފްސީލު ހިމަނާފައިވޭ. އެހެންވެ، އެތަނުން އަމަލު ކުރާނީ ކޮން ގަވައިދަކަށްތޯ މިހާރު ސުވާލު އުފެދޭ،" ގާނޫނީ މި މައްސަލައާ މެދު ކަންބޮޑުވުން ފާޅުކުރި މީހަކު ބުންޏެވެ.
މަސްވެރިކަމުގެ އާ ގަވައިދު މި ހެދީ، މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ނުހަދައިގެން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް ފާޑުކިއުންތައް އިތުރުވެފައި ވަނިކޮށެވެ. އެ ގަވައިދުގެ ދަށުން، ގިނަ ކަންކަމަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައި ވެ އެވެ.
އެންމެ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކަނޑައަޅާފައި ވަނީ ހިމާޔަތްކޮށްފައިވާ ބާވަތްތަައް ހިފުމާއި މެރުން އަދި އެ ތަކެތީގެ ވިޔަފާރިކުރުން ފަދަ ކުށްތަކަށެވެ. އަދި ދެވަނަ އަށް އެންމެ ބޮޑެތި ޖޫރިމަނާތައް ހުރީ މީހުންނަށް ބޮޑެތި ހާނީއްކަވުމާއި މީހުން މަރުވުން ފަދަ ކަންތައްތައް މެދުވެރިވާ ވަރުގެ އިހުމާލުތަކަށެވެ. ފީނުމުގައި ތަންފީޒުކުރަން ޖެހޭ އުސޫކުތަކާ ހިލާފުވުން އޭގެ ތެރޭގައި ހިމެނެ އެެވެ.
ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް
ވެލާގެ އާބާދީއަށް އަންނަ ބަދަލު ދެނެގަތުމަށް ދިރާސާއެއް
ގަވާއިދާ ހިލާފަށް އެތެރެކުރި ދޫނިތަކެއް މަރާލައިފި
ދޮންދީނި ހިމާޔަތްކުރަން ކާޅު މެރުމުގެ ލަފަޔަކަށް އެދެފި
އަނިޔާވެރިކޮށް ބަނދެފައި އޮތް ވެލާ ދޫކޮށްލައިފި
އަނިޔާވެރިކޮށް ބަނދެފައި އޮތް ވެލައެއް ސަލާމަތްކުރަނީ
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ
މޫސުމީ އިންޒާރުގެ މެސެޖް ފޯނަށް ލިބޭނެ ގޮތް ހަދަނީ
ލަނޑުދަނޑިތަކަށް ދެމެހެއްޓެނެވި ގޮތެއްގައި އެހީދޭންޖެހޭ
ވެލަޔަށް ފަރުވާދޭ ސެންޓަރެއް ސޮނެވާ ޖާނީގައި ހުޅުވައިފި