01 ސެޕްޓެމްބަރ 2020
ރިޔާޒް (ސެޕްޓެމްބަރު 1) - ސައުދީ އަރަބިއާގެ ސީނިއާ ދިފާއީ އޮފިޝަލުންތަކެއް ކޮރަޕްޝަނުގެ ތުހުމަތުގައި މަގާމުން ވަކިކޮށްފި އެވެ.
ރިޔާޒް (ސެޕްޓެމްބަރު 1) - ސައުދީ އަރަބިއާގެ ސީނިއާ ދިފާއީ އޮފިޝަލުންތަކެއް ކޮރަޕްޝަނުގެ ތުހުމަތުގައި މަގާމުން ވަކިކޮށްފި އެވެ.
ޝާހީ ގަރާރަކުން، މަގާމުން ދުރުކޮށްފައި ވަނީ ޔަމަނުގައި ހިންގާ ހަނގުރާމައިގެ ގުޅިފައިވާ ލަޝްކަރުގެ ކޮމާންޑަރު އަދި ޝާހީ އާއިލާގެ ސީނިއާ މެންބަރެއް ކަމަށްވާ ޕްރިންސް ފަހްދު ބިން ތުރްކީ ބިން އަބްދުލް އަޒީޒެވެ. އޭނާގެ ދަރިކަލުން އަބްދުލް އަޒީޒް ބިން ފަހްދު ވެސް ވަނީ އުތުރުގެ އަލް ޖައުފް ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން ވަކިކޮިށްފަ އެވެ.
ކޮރަޕްޝަނުގެ ތުހުމަތުގައި ވަނީ ޑިފެންސް މިނިސްޓްރީގެ ވަރަށް ގިނަ އޮފިސަރުންނާއި މަދަނީ މުވައްޒަފުން ވެސް މަގާމުން ވަކިކޮށްފަ އެވެ.
ޕްރިންސް ފަހްދުގެ ބަދަލުގައި އެ މަގާމަށް ވަނީ ޑެޕިއުޓީ ޗީފް އޮފް ސްޓާފް މުތުލަގު ބިން ސާލިމް ހަމަޖައްސައިފަ އެވެ. އެ މަގާމަށް އޭނާ ހަމަޖެއްސީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ލަފާގެ މަތިން ކަމަށް ސައުދީގެ ރަސްމީ މީޑިއާ އިން ބުނެފައިވެ އެވެ.
ސައުދީން މާޗު މަހު ވެސް ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި 298 އޮފިޝަލަކު ހައްޔަރުކޮށްފަ އެވެ.
ސައުދީގައި ކޮރަޕްޝަނާ ދެކޮޅަށް 2017 ވަނަ އަހަރު ފެށި ކެމްޕޭނުގައި ވަނީ ޝާހީ އާއިލާ އަށް ނިސްބަތްވާ ސީނިއާ މެންބަރުންނާ އެކު އެތައް ބަޔަކު ހައްޔަރުކޮށްފަ އެވެ. ވެރިރަށް ރިޔާޒުގެ ރިޒް ކާލްޓަން ހޮޓަލުގައި ބަންދުކުރި މީހުންގެ ތެރޭގައި ޕްރިންސުންނާއި މިނިސްޓަރުން އަދި ވިޔަފާރިވެރިން ހިމެނެ އެވެ. އޭގެ ތެރޭން ގިނަ މީހުން ދޫކޮށްލީ ސަރުކާރަށް ފައިސާ ދައްކަން އެއްބަސްވުމުންނެވެ.
ސައުދީގެ ކޮރަޕްޝަނާ ދެކޮޅު ކެމްޕޭން ނިންމާލައިފި
އަހަރެއް ފަހުން ސައުދީ ބިލިއަނަރު ދޫކޮށްލައިފި
ބަންދުގައި ހުރި ޕްރިންސަކު ސައުދީން މިނިވަންކޮށްފި
ފަސްޓް ލޭޑީ ފާތުން މާދަމާ މާލެ ވަޑައިގަންނަވަނީ
ސައުދީ ޕްރިންސުންގެ ކޮރަޕްޝަނުގެ މައްސަލަ ބަލަން ފަށައިފި
ސައުދީގައި އެންޓި-ކޮރަޕްޝަން ޔުނިޓްތަކެއް އުފައްދަނީ
ބަންދުކުރި މީހުންގެ އަތުން 107 ބިލިއަން ޑޮލަރު
މީހުން ބަންދުކުރި ސައުދީގެ ރިޒް ކާލްޓަން ހޮޓާ ހުސްކޮށްފި
ސައުދީން ހައްޔަރުކުރި ބައެއް މީހުން ދޫކުރަން ފަށައިފި
ޖަލަކަށް ހެދި ސައުދީ ރިޒް ކާލްޓަން ހޮޓާ ގެސްޓުންނަށް ހުޅުވާލަނީ