30 ޖެނުއަރީ 2018
ރިޔާޒް (ޖެނުއަރީ 30) - ކޮރަޕްޝަނުގެ ތުހުމަތުގައި ސައުދީ އަރަބިއާ އިން އެތައް ބަޔަކު ބަންދުކުރި ރިޒް ކާލްޓަން ހޮޓާ ހުސްކޮށްފި އެވެ.
ރިޔާޒް (ޖެނުއަރީ 30) - ކޮރަޕްޝަނުގެ ތުހުމަތުގައި ސައުދީ އަރަބިއާ އިން އެތައް ބަޔަކު ބަންދުކުރި ރިޒް ކާލްޓަން ހޮޓާ ހުސްކޮށްފި އެވެ.
ތަހުގީގު ކުރިއަށް ގެންދިއުމަށް ޓަކައި ސައުދީގެ މަޝްހޫރު ވިޔަފާރިވެރިންނާއި ޕްރިންސުން އަދި ކުރީގެ ވަޒީރުން ހައްޔަރުކުރީ ނޮވެމްބަރު 4 ވަނަ ދުވަހު އެވެ. ތިން މަހެއްހާ ދުވަހަށް ތަހުގީގު ކުރިއަށް ގެންދިއުމަށް ފަހު ގިނަ ބަޔަކު ދޫކޮށްލި އިރު އެއް ބަޔަކު ވަނީ ސަރުކާރަށް ބިލިއަނުން ފައިސާ ދަައްކަން އެއްބަސްވެފަ އެވެ. އަނެއް ބަޔަކު ވަނީ އެ މީހުންގެ ވިޔަފާރީގެ ހިއްސާ ސަރުކާރަށް ދޭން އެއްބަސްވެފަ އެވެ. ބައެއް މީހުންގެ މައްޗަށް ކުށް ސާބިތު ނުވުމުން ވަނީ މިނިވަންކޮށްފަ އެވެ.
ސައުދީގެ އެޓާނީ ޖެނެރަލް ޝެއިޚް ސައުދު އަލް މުޖީބް ވިދާޅުވީ ކޮރަޕްޝަނުގެ ތަހުގީގަށް އަދިވެސް 56 މީހުން ބަންދުގައި އެބަތިބި ކަމަށެވެ. ކޮރަޕްޝަނުގެ ތުހުމަތުގައި ވަނީ 381 މީހުން ބަންދުކޮށްފަ އެވެ.
އެޓާނީ ޖެނެރަލް ވިދާޅުވީ ކޮރަޕްޝަނުގެ ކުށް ސާބިތުވެ އެކަމަކު ސަރުކާރަށް ފައިސާ ދައްކަން އެއްބަސްނުވި 56 މީހުންގެ މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ. އެކަމަކު އެ މީހުން މީގެ ފަހުން ތިބޭނީ ރިޒް ކާލްޓަން ހޮޓަލުގައެއް ނޫނެވެ. އެ ހޮޓާ ވަނީ އަންނަ މަހު 14 އިން ފެށިގެން ޓޫރިސްޓުންނަށް ހުޅުވާލަން ނިންމައިފަ އެވެ. ބެލެވޭ ގޮތުގައި 56 މީހުން ދެން ގެންދާނީ ޖަލަށެވެ.
ރިޒް ކާލްޓަން ހޮޓަލުގައި 492 ގެސްޓް ރޫމް ހުރެ އެވެ. ގާތްގަނޑަކަށް 52 އޭކަރު (21 ހެކްޓަރު) ގެ ބަގީޗާއެއް ހިމެނޭ ހޮޓަލުގެ އެންމެ އަގުހެޔޮ ކޮޓަރި ވެސް ރެޔަކަށް ދޫކުރަނީ 2،439 ރިޔާލް (650 ޑޮލަރު) އަށެވެ.
ބަންދުން އެންމެ ފަހުން މިނިވަން ކުރި ފަރާތްތަކުގެ ތެރޭގައި މަޝްހޫރު ބިލިއަނަރު ވަލީދު ބިން ތަލާލް އާއި މެދުއިރުމަތީގެ އެންމެ ބޮޑު ޓީވީ ނެޓްވޯކް އެމްބީސީގެ ޗެއާމަން ވަލީދު އަލް އިބްރާހިމް އާއި ރޯޔަލް ކޯޓުގެ ކުރީގެ ވެރިޔާ ޚާލިދު އަލް ތުވާޖިރީ ހިމެނެ އެވެ.
ނިއު ޔޯކް ޓައިމްސް އަށް މިދިޔަ މަހު ދެއްވި އިންޓަވިއުއެއްގައި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެފައި ވަނީ 1980 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ވަނީ ސަރުކާރުގެ ފައިސާގެ 10 ޕަސެންޓް ކޮރަޕްޝަނުގެ ގޮތުގައި ގެއްލިފައި ކަމަށެވެ. އަދި ކޮރަޕްޝަނުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ 95 ޕަސެންޓް މީހުން ވަނީ ސަރުކާރަށް ފައިސާ ދެއްކުމަށް އެއްބަސްވެފައި ކަމަށް މުހައްމަދު ވިދާޅުވެފައިވެ އެވެ.
"އެއް ޕަސެންޓް މީހުން ބުނަނީ އެ މީހުންނަކީ ކުށެއް ނެތް މީހުން ކަމާއި މައްސަލަ ވަގުތުން ނިންމަން ޖެހޭ ކަމަށް. އަދި ހަތަރު ޕަސެންޓް މީހުން ބޭނުން ބުނަނީ އެއީ ކޮރަޕްޓް ބައެއް ނޫން ކަމަށާއި އެ މީހުން ބޭނުން ވަނީ ވަކީލުން މެދުވެރިކޮށް ކޯޓަށް ދާން ކަމަށް،" މުހައްމަދު ވިދާޅުވި އެވެ.
ސައުދީގެ ދިފާއީ އިސް އޮފިޝަލުންތަކެއް ވަކިކޮށްފި
ސައުދީގެ ކޮރަޕްޝަނާ ދެކޮޅު ކެމްޕޭން ނިންމާލައިފި
އަހަރެއް ފަހުން ސައުދީ ބިލިއަނަރު ދޫކޮށްލައިފި
ބަންދުގައި ހުރި ޕްރިންސަކު ސައުދީން މިނިވަންކޮށްފި
ފަސްޓް ލޭޑީ ފާތުން މާދަމާ މާލެ ވަޑައިގަންނަވަނީ
ސައުދީ ޕްރިންސުންގެ ކޮރަޕްޝަނުގެ މައްސަލަ ބަލަން ފަށައިފި
ސައުދީގައި އެންޓި-ކޮރަޕްޝަން ޔުނިޓްތަކެއް އުފައްދަނީ
ބަންދުކުރި މީހުންގެ އަތުން 107 ބިލިއަން ޑޮލަރު
ސައުދީން ހައްޔަރުކުރި ބައެއް މީހުން ދޫކުރަން ފަށައިފި
ޖަލަކަށް ހެދި ސައުދީ ރިޒް ކާލްޓަން ހޮޓާ ގެސްޓުންނަށް ހުޅުވާލަނީ