Roadha Mihaaru
ސައުދީ ޕްރިންސުންގެ ކޮރަޕްޝަނުގެ މައްސަލަ ބަލަން ފަށައިފި

ސައުދީ ޕްރިންސުންގެ ކޮރަޕްޝަނުގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި

08 އެޕްރީލް 2018

ރިޔާޒް (އެޕްރީލް 8) - ސައުދީ އަރަބިއާގެ ޕްރިންސުންނާއި ކުރީގެ ވަޒީރުން އަދި ވިޔަފާރިވެރިންގެ ކޮރަޕްޝަނުގެ މައްސަލަތައް އެ ގައުމުގެ ޕަބްލިކް ޕްރޮސެކިއުޓާ ތަހްގީގު ކުރަން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (އެޕްރީލް 8) - ސައުދީ އަރަބިއާގެ ޕްރިންސުންނާއި ކުރީގެ ވަޒީރުން އަދި ވިޔަފާރިވެރިންގެ ކޮރަޕްޝަނުގެ މައްސަލަތައް އެ ގައުމުގެ ޕަބްލިކް ޕްރޮސެކިއުޓާ ތަހްގީގު ކުރަން ފަށައިފި އެވެ.

ޑިޕިއުޓީ އެޓާނީ ޖެނެރަލް ސައުދު އަލް ހަމަދު ސައުދީގެ އަލް ޝަރްގް އަލް އަވްސަތު ނޫހަށް ވިދާޅުވީ ޓެރަރިޒަމް ނުވަތަ މަނީ ލޯންޑްރިންގެ ތުހުމަތުގައި ދައުވާ ކުރަން ޖެހޭ ކޮންމެ މީހެއްގެ މައްސަލަ ކޯޓަށް ފޮނުވާނެ ކަމަށެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި އެތައް ސަތޭކަ ބަޔަކު ވަނީ މިދިޔަ ނޮވެމްބަރު މަހު ރިޔާޒުގައި ބަންދުކޮށްފަ އެވެ. ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އަމުރަށް ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕްރިންސުންނާއި މަޝްހޫރު ބިލިއަނަރުން ހިމެނެ އެވެ. އޭގެ ތެރޭން ގިނަ މީހުން ދޫކޮށްލީ ސަރުކާރާ އެކު އެއްބަސްވުމެއް ގާއިމްކޮށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން އެއްބަސްވުމުންނެވެ. ސައުދީގެ އެޓާނީ ޖެނެރަލް ވިދާޅުވެފައި ވަނީ ކޮރަޕްޝަނުގެ ތުހުމަތުގައި ބަންދުކުރި މީހުންގެ އަތުން ސަރުކާރަށް 100 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބިފައިވާ ކަމަށެވެ.

ރިޒް ކާލްޓަން ހޮޓާ މިދިޔަ ފެބްރުއަރީ މަހު ހުޅުވި އިރު އެ ހޮޓަލުގައި ބަންދުކޮށްފައި ތިބީ 56 މީހުންނެވެ. އެއީ ސަރުކާރާ އެކު އެއްބަސްވުމަކަށް ނާދެވުނު މީހުންނެވެ. ސައުދީ ސަރުކާރުން ކުރިން ވެސް ނިންމާފައި ވަނީ އެ މީހުންގެ މައްސަލަތައް ކޯޓަށް ފޮނުވުމަށެވެ.

ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގެ ތަފްސީލް ދިނުމަށް ހަމަދު ވަނީ ދެކޮޅު ހައްދަވައިފަ އެވެ.