22 އޯގަސްޓް 2020
ފިލްމު "ލީނާ" އާއި "އަނދިރިކަން" އަދި "ވީބޭވަފާ" ފަދަ ފިލްމުތަކުގެ ސްކްރީން ރައިޓަރު އަހުމަދު ޒަރީޒު ފީޗާ ފިލްމެއް ޑައިރެކްޓްކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ފިލްމު "ލީނާ" އާއި "އަނދިރިކަން" އަދި "ވީބޭވަފާ" ފަދަ ފިލްމުތަކުގެ ސްކްރީން ރައިޓަރު އަހުމަދު ޒަރީޒު ފީޗާ ފިލްމެއް ޑައިރެކްޓްކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ޓީވީއެމުން ގެނެސްދޭ އޮފީސް ޓެލެޑްރާމާ މުބާރާތުގައި 2017 ގައި ހައުސިން މިނިސްޓްރީގެ ޑްރާމާ "ބަނދަރު" ޑައިރެކްޓްކުރި ޒަރީރުގެ އަލަތު ފީޗާ ފިލްމަކީ ޑާކް ރެއިން އެންޓަޓައިންމަންޓަށް ހަދާ "ބީވީމާ" އެވެ. އޭނާގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާ ފިލްމުގެ ޝޫޓިން ވެސް މިހާރު ކުރިއަށްދާ އިރު، ފިލްމާ ބެހާ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ.
@DarkRainEnt #Beeveema
— Dark Rain Ent (@DarkRainEnt) August 20, 2020
Written and Directed by Ahmed Zareer
Produced by @mogerdre and @AishathFuwad pic.twitter.com/qxG6MuesO1
އެކަމަކު މީގެ ކާސްޓުންގެ ތެރޭގައި ޑާކް ރެއިނުން މިދިޔަ އަހަރު ގެނެސްދިން "ގޮށްރާޅު" ގެ ހާއްސަަ ފެނިލުމަކުން ފެނުނު އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި ޑާކް ރެއިންގެ ފިލްމުތަކުން އާންމުކޮށް ފެންނަ އެކްޓަރެއް ކަމަށްވާ އަލީ ޝަޒްލީމް ހިމެނެ އެވެ.
"ބީވީމާ" އަކީ މުހައްމަދު އަލީ (މޮގާ) އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގް ޕްރޮޑިއުސްކުރާ ފިލްމެކެވެ.
ޒަރީރު ޑާކް ރެއިނާ އެކު ފީޗާ ފިލްމެއް ހަދާ އިރު އޭނާ ވަނީ މިދިޔަ އަހަރު އެއް ކާފު ޕްރޮޑަކްޝަންގެ ނަމުގައި އަމިއްލަ ފިލްމު ކުންފުންޏެއް ވެސް ހަދައިފަ އެވެ.
އެތަނުން ގެނެސްދޭން ނިންމާފައިވާ ފުރަތަމަ ފިލްމަކީ ކުރިން މިދިޔަ އެޕްރީލް މަހު އަޅުވަން ނިންމާފައި، ކޮވިޑް-19އާ ހެދި ފަސްކޮށްފައިވާ ފެމިލީ ޑްރާމާ "ފަރީ" އެވެ. އަލަށް ޑައިރެކްޝަނަށް ނުކުތް އަހުމަދު ހިޝާމް ސައީދު (އަންދު) ލިޔެ، ޑައިރެކްޓްކޮށްފައިވާ "ފަރީ" އަކީ މަދޮށިޕް ސްޓޫޑިއޯ އާއި އެއްކާފު ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
މީގެ އިތުރުން "މަރްޔަމް" ކިޔާ ޕޮލިޓިކަލް ތުރިލާއެއް ވެސް އެއް ކާފުން ވަނީ މި އަހަރުގެ ކުރީކޮޅު ޝޫޓްކޮށް ނިންމައިފަ އެވެ. މަރިޔަމް މަޖުދާ (މަޖޫ) ޓައިޓްލް ރޯލް ކުޅެފައިވާ އެ ފިލްމަކީ ކެމެރާމަން އިބްރާހީމް ވިސާން (ކަނޑި) ގެ ޑައިރެކްޝަނެކެވެ.
ލަވަކިޔުންތެރިޔާ އަޝްފާ "ބީވީމާ" އިން އެކްޓިން އަށް
"ދައުވަތު" މިހާރު ބެލޭނެ
މި އަހަރުގެ އުންމީދީ ދިވެހި 4 ފިލްމެއް
ގާސިމްގެ ހަޔާތާ ގުޅޭ ފިލްމެއް ހަދަނީ
މަލްޓި-ސްކްރީނަށް "މާމުއި"
ޑާކް ރެއިނުން އިތުރު ޕްރޮޖެކްޓްތަކެއް
ނުޒޫ އާއި ޔާދާއާ އެކު ޑާކް ރެއިންގެ އާ ފިލްމެއް
"ރެހެންދި ޚަދީޖާ" ސްކްރީނަށް ގެންނާނީ ޑާކް ރެއިނުން
"ބަޅިނދު" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި
"ބަޅިނދު" ގެ ދައްކައިލުމެއް