02 މާޗް 2020
ޑާކް ރެއިން އެންޓަޓައިންމަންޓްގެ ބިރުވެރި ފިލްމު "ބަޅިނދު" ގެ މައިގަނޑު ކާސްޓުންނާ އެކު ވަކިވަކިން ތަރިންގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.
ޑާކް ރެއިން އެންޓަޓައިންމަންޓްގެ ބިރުވެރި ފިލްމު "ބަޅިނދު" ގެ މައިގަނޑު ކާސްޓުންނާ އެކު ވަކިވަކިން ތަރިންގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.
މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި އައިމިނަތު ރަޝްފާ (އާޝާ) އާއި މުހައްމަދު ޔުނާނާއި ފާތުމަތު ޝަރާ އާއި އިސްމާއީލް ޖުމައިހް (ޖުމާ) އާއި ހުނޭޝާ އާދަމް ފަދަ ތަރިންނެވެ.
"ބަޅިނދު" އަކީ އަލަށް ސްކްރީން ރައިޓިން އަށް ނުކުތް ހޫދު އިބްރާހީމްގެ ސްކްރީންޕްލޭއަކަށް އަހުމަދު ޝިނާން ޑައިރެކްޓްކުރާ ފިލްމެކެވެ. ޕޯސްޓަރުގައި ބުނާ ގޮތުން މި ފިލްމަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ރަސްމީކޮށް ޝޫޓިން ފެށި "ބަޅިނދު" ގެ ޕޯސްޓަރުތަކާއި ލޯގޯ ޓީޒާ ދައްކައިލި ނަމަވެސް، ފިލްމު އަޅުވާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.
ޑާކް ރެއިނުން އެންމެ ފަހުން ބެލުންތެރިންނަށް ބިރުވެރި ފިލްމެއް ގެނެސްދިނީ މީގެ ހަތް އަހަރު ކުރިން 2013 ގަ އެވެ. އެއީ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރި "ފަތިސްހަނދުވަރުގެ ފެށުން 3ޑީ" އެވެ. އެކަމަކު އެ ފިލްމަކީ ބެލުންތެރިންނަށް މާ ކަމުދިޔަ ފިލްމެއް ނޫނެވެ.
މަލްޓި-ސްކްރީނަށް "މާމުއި"
"ބަޅިނދު" ގެ ދައްކައިލުމެއް
މި އަހަރުގެ އުންމީދީ ދިވެހި 4 ފިލްމެއް
"ދައުވަތު" މިހާރު ބެލޭނެ
"ބަޅިނދު" ގެ ކާސްޓަށް "ނީނާ" ގެ ބަތަލު
ޑާކް ރެއިނުން އިތުރު ޕްރޮޖެކްޓްތަކެއް
ލަވަކިޔުންތެރިޔާ އަޝްފާ "ބީވީމާ" އިން އެކްޓިން އަށް
ޒަރީރުގެ ފުރަތަމަ ފީޗާ ފިލްމަކީ "ބީވީމާ"
ނުޒޫ އާއި ޔާދާއާ އެކު ޑާކް ރެއިންގެ އާ ފިލްމެއް
ޑާކް ރެއިންގެ "ނޮވެމްބަ" އަންނަ އަހަރަށް ފަސްކޮށްފި