Roadha Mihaaru
ހުއްދަ ނެތި އަލިފުއްޓަށް ދިޔަ ދެމީހަކު ހައްޔަރުކޮށްފި

ހުއްދަ ނެތި އަލިފުއްޓަށް ދިޔަ ދެމީހަކު ހައްޔަރުކޮށްފި

18 އޯގަސްޓް 2020

ކޮވިޑް-19 ފެތުރޭތީ، މާލެއިން ރަށްރަށަށް ދިއުން މަނާކޮށް ދެވޭނެ ވަކި އުސޫލެއް ހަދާފައި ވަނިކޮށް އެ އުސޫލާ ހިލާފަށް ރ. އަލިފުއްޓަށް އެރި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19 ފެތުރޭތީ، މާލެއިން ރަށްރަށަށް ދިއުން މަނާކޮށް ދެވޭނެ ވަކި އުސޫލެއް ހަދާފައި ވަނިކޮށް އެ އުސޫލާ ހިލާފަށް ރ. އަލިފުއްޓަށް އެރި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ރޭ ހައްޔަރުކޮށްފައި ވަނީ 47 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ދެ ފިރިހެނެއް ކަމަށެވެ. އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގެންދިޔަ މުއްދަތު މަޖިލީހުން އެ ދެމީހުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ދެމީހުން މާލެއިން ފުރައިގެން ގޮސް ފުރަތަމަ ތިބީ ހަދަމުންދާ ރިސޯޓެއްގައި ކަމަށެވެ. އަދި އަލިފުއްޓަށް ދިޔައީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު މުޅި މާލެ ލޮކްޑައުންކޮށް މާލެއިން ރަށްރަށަށް ދިއުން މަނާކުރި އެވެ. އޭގެ ފަހުން ކޮންމެހެން ދާން ޖެހޭ މީހުން ރަޖިސްޓްރީ ވެ ކަރަންޓީން ވެވޭގޮތަށް ހެދުމަށް ފަހު މިހާރު އުސޫލު ބަދަލުކޮށް ރަށް ރަށުން މާލެ އަންނަން އެއްވެސް ހުއްދައެއް ނަގަން ނުޖެހޭ ގޮތަށް ވަނީ ހަދާފަ އެވެ.

މިހާރު މާލެއިން ރަށްރަށަށް ދާން ޖެހެނީ އެޗްޕީއޭގައި ރަޖިސްޓްރިވުމަށް ފަހު ކައުންސިލްގެ ބެލުމުގެ ދަށުން ރަށުގައި 14 ދުވަހު ހޯމް ކަރަންޓީންވާ ގޮތަށެވެ.