16 އޯގަސްޓް 2020
ސްޕެއިން ބަހުން މާމުޔަށް ކިޔަނީ "މީލް" "އެވެ. މީލްގެ ފަހަތަށް ގިބްސަން ގެނައުމުން ވަރަށް މަޝްހޫރު ނަމަކާ ވައްތަރުވެ އެވެ. އެއީ ބްރޭވްހާޓް" ފަދަ ފިލްމުތައް ކުޅުނު ހޮލީވުޑްގެ މަޝްހޫރު އެކްޓަރު މެލް ގިބްސަނެވެ.
ސްޕެއިން ބަހުން މާމުޔަށް ކިޔަނީ "މީލް" "އެވެ. މީލްގެ ފަހަތަށް ގިބްސަން ގެނައުމުން ވަރަށް މަޝްހޫރު ނަމަކާ ވައްތަރުވެ އެވެ. އެއީ ބްރޭވްހާޓް" ފަދަ ފިލްމުތައް ކުޅުނު ހޮލީވުޑްގެ މަޝްހޫރު އެކްޓަރު މެލް ގިބްސަނެވެ.
ސްޕެއިނުގައި މާމުއިގެ ވިޔަފާރިކުރާ އަންހެނެއް ކަމަށްވާ ޔޮހާނާ އަގާޓޯގެ ވިޔަފާރި ވަނީ ކޮރޯނާވައިރަހާ އެކު ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެހެންވެ ވިޔަފާރި ރަނގަޅުކުރަން ޕްރޮމޯޝަނަލް ސްޓަންޓެއްގެ ގޮތުގައި އޭނާ ބޭނުންކުރީ މާމުއިގެ ނަމަކަށް "މީލް ގިބްސަން" ކިޔާށެވެ. އަދި އެ މާމުއި އަޅާފައި ހުންނަ ފުޅީގެ ލޭބަލްގައި 1995 ގެ ފިލްމު "ބްރޭވްހާޓް" ގައި ގިބްސަން ފެންނަ ގޮތުގެ ތަސްވީރު ވެސް ހިމަނާފައިވެ އެވެ.
Dear #MelGibson , would you let us use your image of William Wallace and the resemblance of your name and our honey (Mel and "Miel or honey in Spanish") please? Mis kids and me we would be infinitely grateful.
— Miel Gibson?? (@Miel_Gibson_) August 14, 2020
Our honey is only for brave hearts
ނަމަވެސް މިކަން މިހާރު ބޮޑު މައްސަލައަކަށްވެ، ގިބްސަންގެ ލޯޔަރުންގެ ޓީމުން ވަނީ ޔޮހާނާ އަށް ދައުވާކުރަން ޖެހިދާނެ ކަމަށް ބުނެ އިންޒާރުގެ ނޯޓިސް ފޮނުވައިފަ އެވެ. ވަކީލު ލީ ބްރީޝީން ފޮނުއްވި ނޯޓިހުގައި ވިދާޅުވެފައި ވަނީ މާމުޔަށް "މީލް ގިބްސަން" ނުކިޔޭނެ ކަމަށާއި އަދި އޭނާގެ ތަސްވީރު އެގޮތަށް ބޭނުންކުރާ ނަމަ ރަސްމީކޮށް ހުއްދަ ވެސް ހޯދަން ޖެހޭނެ ކަމަށެވެ. އަދި ހުއްދަ ނުހޯދައި ގިބްސަންގެ ނަން ވިޔަފާރި އަށް ބޭނުންކުރާ ނަމަ ދައުވާކުރާނެ ކަމަށް ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ޔޮހާނާގެ ކުންފުނިން ވަނީ މިކަމުގައި ސީދާ ގިބްސަން އެއްޗެއް ބުނަން ޖެހޭ ކަމަށް ބުނެ އޭނާ ޓެގްކޮށް، ޓްވީޓެއް ވެސްކޮށްފަ އެވެ. އޭގައި ބުނީ "މީލް ގިބްސަން މާމުޔަކީ ހިތްވަރު ގަދަ މީހުންނަށް ހާއްސަ އުފެއްދުމެއް" ކަމަށާއި އެ ނަމާއި ތަސްވީރު ބޭނުންކުރަން ހުއްދަ ދީފި ނަމަ ވަރަށް ބޮޑަށް ޝުކުރުވެރިވާނެ ކަމަށެވެ. ނަމަވެސް މިކަމަށް އެދި ގިބްސަންގެ ފަރާތުން އެއްވެސް ރައްދެއް ނާދެ އެވެ.
އަނެއްކޮޅުން ޔޮހާނާ އަށް އެތައް ބައެއްގެ ސަޕޯޓް ވެސް މިހާރު ވަނީ ލިބެން ފަށައިފަ އެވެ.
ޑިޒްނީގެ އެންމެ އިސް މަގާމަށް އަލަށް އަންހެނެއް
އިސްތަށިގަނޑު ތަތްވި މީހާ އެކަމުން ފެށީ ވިޔަފާރިއެއް
ހީލް ކްރޮކްސް ބޮޑު ޖޯކަކަށް
ޝާގެ ބައޮޕިކެއް ހަދަނީ
އެތައް އަހަރަކަށްފަހު އެލެކްސާގެ އަޑުގެ ވެރިޔާ ހޯދައިފި
އެކްޓަރު އާމީ ހެމާ އަށް ރޭޕްގެ ތުހުމަތު
ބޮޓޮކްސް ޖަހާ ކަމަށް ބުނާތީ ޖޭލޯ ހިތްހަމަނުޖެހިއްޖެ
މިއީ ހޮލީވުޑްގެ އެންމެ ހަގު އެގްޒެކެޓިވް ޕްރޮޑިއުސަރު
ކުރީގެ "ލޯބިވެރިޔަކު" ބްރެޑް ޕިޓަށް ދައުވާކޮށްފި
ޖެނިފާ އެނިސްޓަންއާ ވައްތަރު މީހެއް