Roadha Mihaaru
ކޮވިޑަށް ޕޮޒިޓިވް މީހަކު މަރުވެއްޖެ

ކޮވިޑަށް ޕޮޒިޓިވް މީހަކު މަރުވެއްޖެ

13 އޯގަސްޓް 2020

މިރޭ މަރުވި އުމުރުން ދުވަސްވީ ފިރިހެނަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިރޭ މަރުވި އުމުރުން ދުވަސްވީ ފިރިހެނަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އުމުރުން 83 އަހަރުގެ އެ މީހާ މިރޭ 7 ޖަހާކަން ހާއިރު އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ގެންދާ މީހުން ވެސް ކޮވިޑަށް ޓެސްޓް ކުރާ ކަމަށާއި އެގޮތުން ޓެސްޓް ކުރި އިރު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި މިހާތަނަށް 21 މީހަކު ވަނީ މަރުވެފަ އެވެ. އެކަމަކު މިރޭ މަރުވި މީހާ އަކީ ކޮވިޑްގެ ބަލީގައި މަރުވި މީހެއް ކަމަކަށް އަދި ނިންމައިފައެއް ނުވެ އެވެ.