13 އޯގަސްޓް 2020
ތެލާއި ގޭސް ފަދަ ނުރައްކާތެރި ތަކެތި ގަވާއިދާ އެއްގޮތަށް ގެންގުޅޭކަން ކަށަވަރުކުރަން ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އެދިވަޑައިގެންފި އެވެ.
ތެލާއި ގޭސް ފަދަ ނުރައްކާތެރި ތަކެތި ގަވާއިދާ އެއްގޮތަށް ގެންގުޅޭކަން ކަށަވަރުކުރަން ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އެދިވަޑައިގެންފި އެވެ.
އެއްގަމާއި ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމާއި އެކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއެކު ވާޗުއަލްކޮށް ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ އުސޫލުތަކާ އެއްގޮތަށް އެފަދަ ނުރައްކާތެރި ތަކެތި ގެންގުޅޭކަން ކަށަވަރުކޮށް އެކަންކަން ގަވައިދުން ބެލުމަށް އެދިވަޑައިގެންފަ އެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވި ގޮތުގައި ކަނޑުދަތުރުފަތުރު ކުރުމުގެ ސަލާމަތާއި އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވާ ސަބަބުތަކާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރަން ޕްރޮގްރާމްތައް ހިންގަންޖެހެ އެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންކަމުގައި ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކުގައި ހުރި ކަންކަން ރަނގަޅަށް ތަންފީޒުކުރެވެމުންދާކަން ކަށަވަރުކުރަން ވެސް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.
އެކަންކަން އަތޮޅުތަކުގައި އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރަން ލޯކަލް ގަވަަމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް ކުރެވިދާނެ މަސައްކަތްތަކާއި އަދި މާލޭގެ ބައެއް ސަރަހައްދުތަކާއި ބަނދަރުތަކުގައި މިހާރު އުޅަނދުފަރަހަށް ތެޔޮ އެޅުމުގައި ކަންކުރާގޮތާއި ތެލާއި ގޭސް ފަދަ އަލިފާން ހިފާ ޒާތުގެ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުމާއި ގުދަންކުރުން ފަދަ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ގެނެވޭނެ ބަދަލުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.
އެ ބައްދަލުކުރެއްވުމުގައި މާލެ ސިޓީ ކައުންސިލާއި ކޯސްޓްގާޑާއި ފަޔަ އެންޑް ރެސްކިއު ސާވިސަސް އާއި ޕޮލިހާއި އެމްޕީއެލާއި ސްޓެލްކޯ އާއި ފެނަކަ އާއި އެޗްޑީސީ އާއި މޯލްޑިވްސް ގޭހާއި އެސްޓީއޯ އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ނުރައްކާތެރި ކެމިކަލް ހުރި ގުދަނެއްގައި އަލިފާން ރޯވެ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހިނގި ހާދިސާގައި އެކަކު މަރުވެ އެ ސަރަހައްދުގައި ހުރި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
އަލިފާނުގެ ހާދިސާއެއް، ތިން މީހަކަށް ފަރުވާދެނީ
ސަބްމެރިންގެ ގޭސް ސިލިންޑަރުތައް ގޮވައި، ގެއްލުންތަކެއް
ލޯންޗެއްގައި ރޯވެ އަނދައި ހުލިވެއްޖެ
ފުލިދޫގައި ލޯންޗެއް ގޮވައި، އަނިޔާވި މީހާ މާލެއަށް
އީރާނުގެ އެންމެ ބޮޑު މަނަވަރު އަނދައި އަޅިއަށް
އަލިފާނުގެ ހާދިސާގައި ޒަހަމްވި އެކެއްގެ ހާލު ސީރިއަސް
ދޯންޏެއްގައި އަލިފާން ރޯވެ ތިން މީހަކު ފިހިއްޖެ
ދޯންޏެއްގައި ރޯވެ މީހަކު ގެއްލިއްޖެ
ތ. ގުރައިދޫގައި ލޯންޗެއް ގޮވައި ދެ މީހަކު ފިހިއްޖެ
އަލިފާނުގެ ހާދިސާ އަކީ ލިބުނު ފިލާވަޅެއް: ފައިސަލް