އަލިފާނުގެ ހާދިސާ ހިނގީ ޖަނަރޭޓަށް ދިމާވި ކަރަންޓު ޝޯޓަކުން ކަމަށާއި ފަސް ވަރަކަށް މިނެޓުގެ ތެރޭގައި މުޅި ބޯޓުގައި ރޯވެފައިވާ ކަމަށް "ހޮޅުދޫ ބޯޓު"ގެ ވެރިފަރާތް އަބްދުލް ވާހިދު މިއަދު ބުނެފި އެވެ.
06 އެޕްރީލް 2025
އަލިފާނުގެ ހާދިސާ ހިނގީ ޖަނަރޭޓަށް ދިމާވި ކަރަންޓު ޝޯޓަކުން ކަމަށާއި ފަސް ވަރަކަށް މިނެޓުގެ ތެރޭގައި މުޅި ބޯޓުގައި ރޯވެފައިވާ ކަމަށް "ހޮޅުދޫ ބޯޓު"ގެ ވެރިފަރާތް އަބްދުލް ވާހިދު މިއަދު ބުނެފި އެވެ.
ތ. އަދި ލ. އަތޮޅުން ދަތުރުފެށި އެ ބޯޓުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ރޯވެ، އެކަކު ވަނީ ކަނޑަށް ގެއްލިފަ އެވެ. މާލެ ދަތުރުކުރި 18 މީހުންގެ ތެރެއިން ގެއްލިގެން ހޯދަނީ، ލ. މާވަށު ޒުވާނެއް ކަމަށްވާ އަލީ މުޝްފިގް، 25 އެވެ.
އެ ހާދިސާއާ ގުޅިގެން ވާހިދު "މިހާރު"އަށް ބުނީ މިދިޔަ ނޮވެމްބަރުން ފެށިގެން ބޯޓު އޮންނަނީ މާވަށު މީހަކަށް ރަސްމީކޮށް ކުއްޔަށް ދޫކޮށްފައި ކަމަށެވެ. އެކަމަކު، ކުލީގެ މައްސަލައެއް އުޅޭތީ އެއްބަސްވެގެން ދަތުރުކުރަނީ ދެ ފަރާތުގެ ބައިވެރިވުމާއެކުގަ އެވެ.
މި ފަހަރު ވެސް، މާވަށުން ފުރައިގެން ތ. ކަނޑޫދުއަށް އަދި އެ އަތޮޅު ހިރިލަންދުއަށް ދަތުރުކުރީ ވާހިދާއި ކުއްޔަށް ހިފި ފަރާތުންނެވެ. އެކަމަކު، ބޯޓަށް މައްސަލަ ދިމާވީ ހިރިލަންދޫ ނެރުން ނައްޓާލައި ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށެވެ.
ހޮޅުދޫ ބޯޓު.
ވާހިދު ބުނީ ބޯޓު ދުއްވަމުންދިޔަ ތަން "ފޮލޯމީ" އެޕުން ފެންނަމުން ދިޔަ ކަމަށެވެ. ދުއްވަން ފެށިތާ 45 ވަރަކަށް މިނެޓުގެ ތެރޭގައި ކުއްލިއަކަށް ބޯޓުގެ ސްޕީޑު ދަށްވުމުން ކަމެއް ދިމާވެގެން އުޅޭތީ ފޯނަށް ބަލަހައްޓައިގެން ހުއްޓައި ދުވެލި އެއްކޮށް ހުއްޓުނެވެ. އަދި ބެޓެރި މައްސަލައެއް ޖެހިގެން އެ ވަގުތު ވާހިދުގެ ފޯނަށް އެލާޓެއް ވެސް ދިޔަ އެވެ.
އެ އެލާޓަށް ފަހު ގާތްގަނޑަކަށް ފަސް މިނެޓުގެ ތެރޭގައި މުޅި ބޯޓުގައި ވަނީ އަލިފާން ހިފައިފަ އެވެ.
"ރޭގަނޑު 8:57 ހާއިރު ބޯޓުގައި ތިބި މީހުންނަށް ގުޅިގެން. އެއްވެސް މީހަކު ޖަވާބެއް ނުދޭ އެ ގަޑީގައި."
Gellunee dheenah loabikuraa heyolafaa dhari eh
The most trusted news source in the Maldives
Mihaaru
ގެއްލިގެން ހޯދަމުންދާ މުޝްފިގު.
އޭނާ ލަފާކުރާ ގޮތުގައި އަލިފާން ރޯވާން ދިމާވީ ޖަނަރޭޓަރަށް ކަރަންޓު ޝޯޓެއް ދިމާވެގެންނެވެ. ޖަނަރޭޓަރުތައް ބަހައްޓާފައި ހުރީ، ބޯޓުގެ އެންމެ ފަހަތުގަ އެވެ. އެ ތަނުގައި އެއްވެސް ޒާތެއްގެ ކެމިކަލެއް އަދި ރޯވެދާނެ އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށް ވާހިދު ބުންޏެވެ. އާއްމުކޮށް މަހަކު ތިން ފަހަރު ކުރާ ދަތުރުގައި، މާލެ ވިއްކަން ގިނަ އަދަދެއްގެ ހިކި މަސް ވެސް ގެންދެ އެވެ. އެކަމަކު، މި ފަހަރު މުދާ އަރުވާފައި ހުރީ ވެސް ވަރަށް މަދުންނެވެ.
"ޖަނަރޭޓަރު ބަލަހައްޓަން ވެސް ހުންނާނެ މީހެއް. އޭނަ އެ ރޭ އެ ކޮޓަރި ބެލިއިރު އެއްވެސް ކަމެއް ނެތް. އެހެންވެ، އެ ތަނުން ނުކުމެގެން ކޮފީ ބޯން އިންދާ މި ހާދިސާއެއް ހިނގީ." ނ. ހޮޅުދޫގައި އޮޑިދޯނިފަހަރުގެ ވިޔަފާރިކުރާ ވާހިދު ބުންޏެވެ.
ބޯޓުގައި ނުވަ މީހުން މަސައްކަތްކުރެ އެވެ. ވާހިދު ބުނީ ގެއްލުމެއް ދިނުމަށް އެއްވެސް މީހަކު ގަސްތުގައި ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ހޮޅުދޫ ބޯޓު.
"ކަރަންޓު ޝޯޓެއްގެ ސަބަބުން މުޅި ބޯޓުގައި ރޯވާން ދިމާވި ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. [ރޯވެދާނެ] އެއްވެސް ކަހަލަ ކަމެއް އެއްވެސް މީހަކަށް ފާހަގަކުރެވިފައެއް ނުވޭ...ގެއްލުމެއް ދޭން އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް،" ވާހިދު ބުންޏެވެ.
މީގެ 17 އަހަރު ކުރިން ބަން ލަކުޑި ބޯޓު މި ފަހުން ވަނީ ވަރަށް ބޮޑަށް މަރާމާތުކޮށްފަ އެވެ. މިއީ، ވާހިދު އަމިއްލައަށް އިސްވެ މަރާމާތުކުރި ފަހުން ކުރާ ދެ ވަނަ ދަތުރެވެ. އަލިފާނުގައި 92 ފޫޓުގެ ބޯޓު އަޑިއަށް ދިޔަސް އިންޝުއާ ކޮށްފައި ހުރުމުން މާލީ ބޮޑު ގެއްލުމެއް ނުލިބި ސަލާމަތްވާނެ އެވެ. އެކަމަކު، އެ ހާދިސާ އިން އޭނާއަށް އެންމެ ބޮޑު ހިތާމައެއް ލިބުނީ ޒުވާނަކު ގެއްލުމުންނެވެ.
".ބޯޓު އިންޝުއާކޮށްފައި އިންނާނެ ހަތަރު މިލިއަން ރުފިޔާއަށް. މިއީ އެންމެ ބޮޑު އިންވެސްޓްމަންޓު،" އޭނާ ބުންޏެވެ.
"އަޅުގަނޑު އަތުން މި ފަހުން މަސައްކަތް ވެސް ކޮށްފައި މި ހުރީ. މީހަކާ ހަވާލުކޮށްފައެއް ނޫން. ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައި ހުރި އެއްޗެއް..ވަރަށް އެހެން ކަހަލަ ހަނދާންތަކެއް އެބަހުރި. މީގެ ކުރިން ވެސް ފަރަށް އެރުމާ، މި ކަހަލަ ކަންތައް ދިމާވެފައި ހުރީމަ [ބޯޓުގައި ރޯވުން] ސިކުނޑީގައި ތަހައްމަލު ނުކުރެވޭ ކަމަކަށް ނުވޭ. އެކަމަކު، އެންމެ ބޮޑަށް ދެރަވި ކަމަކީ ބޯޓުން ދަތުރުކުރި މީހަކު ގެއްލުން،" ވާހިދު ބުންޏެވެ.
އިންޝުއަރެންސާ ގުޅޭގޮތުން އާއްމުކޮށް މީހުން ރަނގަޅު ނަޒަރަކުން ނުދެކެ އެވެ. އަމިއްލަ ތަޖުރިބާގައި ވާހިދު ބުނީ، އަލިފާން ރޯވުމުން އޭނާއަށް ފުރަތަމަ ގުޅީ ވެސް އިންޝުއަރެންސް ކުންފުނިން ކަމަށެވެ. އަދި ވަރަށް ރަނގަޅަށް ކަންކަން ހަމަޖައްސާދީފައިވާތީ، އޭނާ ވަނީ ބޮޑެތި އިންވެސްޓްމަންޓުތައް ކޮށްފައިވާ ފަރާތްތަކުން މުދާ އިންޝުއަ ކުރަން އެދިފަ އެވެ.
ސަބްމެރިންގެ ގޭސް ސިލިންޑަރުތައް ގޮވައި، ގެއްލުންތަކެއް
ތ. ގުރައިދޫގައި ލޯންޗެއް ގޮވައި ދެ މީހަކު ފިހިއްޖެ
ރޯވި މަސްބޯޓުން އެކަކު މަދުވާތީ ހޯދަން ފަށައިފި
ލޯންޗެއްގައި އަލިފާން ރޯވެ ދެ މީހުން ފިހިއްޖެ
ހިމަންދޫ ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ، އަޑިއަށް
ރޯވި ބޯޓު ފެތިއްޖެ، ގެއްލުނު މީހާ އަދިވެސް ނުފެނޭ
ދެ މީހުން ފިހުނުއިރު ކޮޓަރީގައި ރޮލެއް ނުވޭ!
ރަސްދޫގެ ގެއެއްގައި ރޯވެ، ދެމަފިރިން ފިހިއްޖެ
ކަނޑަށް ބަންޑުން ޖަހާލި ދިގުރަށް ލޯންޗު ނަގައިފި
ލޯންޗަށް ޖެހީ ރާޅެއް، ދިޔަވާތީ އެންމެން ފުންމާލީ!