25 އޮކްޓޯބަރ 2016
ގުއެޓާ (އޮކްޓޯބަރު 25) - ޕާކިސްތާނުގެ ގުއެޓާގެ ޕޮލިސް ކޮލެޖަކަށް ހަނގުރާމަވެރިން ހަމަލާދީ 58 ކެޑޭޓުންނާއި ގާޑުން މަރާލާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ގުއެޓާ (އޮކްޓޯބަރު 25) - ޕާކިސްތާނުގެ ގުއެޓާގެ ޕޮލިސް ކޮލެޖަކަށް ހަނގުރާމަވެރިން ހަމަލާދީ 58 ކެޑޭޓުންނާއި ގާޑުން މަރާލާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ކޮލެޖަށް ހަމަލާދީފައި ވަނީ ޖާނުންފިދާވުމަށް ހަތިޔާރު އަޅައިގެން ތިބި ތިން ހަނގުރާމަވެރިއެކެވެ. އެ މީހުން ރޭ ކޮލެޖަށް ވަދެ އެތައް ބަޔަކު ވަނީ ރަހީނުކޮށްފަ އެވެ. ރައްދު ހަމަލާގެ އޮޕަރޭޝަން އެތައް ގަޑިއިރަކަށް ދެމިގެން ދިޔަ އެވެ. އަދި ހަމަލާ ދިން ތިން ހަނގުރާމަވެރިން ވެސް ވަނީ މަރާލައިފަ އެވެ.
ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އުފުލައިފައެއް ނުވެ އެވެ. ނަމަވެސް އޮފިޝަލުން ބުނެފައި ވަނީ މިއީ ލަޝްކަރީ ޖަންގްވީ ޖަމާއަތުގެ ހަމަލާއެއް ކަމަށެވެ.
ޒަޚަމްވި ގިނަ މީހުންނަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައި.
ބަލޮޗިސްތާން ޕޮލިސް ކޮލެޖަށް ދިން ހަމަލާގައި އެތައް ސަތޭކަ ޓްރޭނީން ވަނީ އެ ކޮލެޖުން ނެރެފަ އެވެ. ހަމަލާތަކުގައި ވަނީ 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ. ހަމަލާ ދިން ޕޮލިސް އެކަޑަމީގައި 600 ދަރިވަރުން ކިޔަވަ އެވެ.
"މޫނު ނިވާކޮށްގެން ކެމަފްލޭޖް ޔުނިފޯމުގައި ތިބި ތިން މީހުން ދުށިން. އެ މީހުން ތިބީ ހަތިޔާރު އަޅައިގެން. އެ މީހުން ވަނީ ހަމަލާ ދެމުން ކުދިން ނިދާ ބަޔަށް ވަދެފައި. އަހަރެން ސަލާމަތްވީ ފާރުމަތިން ފުންމާލައިގެން،" ކޮލެޖުގެ ކެޑޭޓް ކުއްޖަކު އޭއެފްޕީ އަށް ބުންޏެވެ.
ބަލޮޗިސްތާން ޕްރޮވިންސްގެ ވެރިރަށް ގުއެޓާ އަށް ހަނގުރާމަވެރިންގެ ހަމަލާތައް ވަރަށް ގިނައިން އަމާޒުވެ އެވެ. ގުއެޓާގެ ދެކުނުގެ ސުރާބުގައި އިއްޔެ ދިން އެހެން ހަމަލާއެއްގައި ކަސްޓަމްސްގެ ދެ އޮފިސަރަކު ވަނީ މަރާލައިފަ އެވެ.
ގުއެޓާގެ ހޮސްޕިޓަލެއްގައި ވަކީލުންތަކަކަށް އަމާޒުކޮށް އޮގަސްޓް މަހު ދިން ހަމަލާއެއްގައި ވަނީ 88 މީހުން މަރުވެފަ އެވެ.
ޕާކިސްތާނުގެ ކޮލެޖަކަށް ހަމަލާދީ ނުވަ މީހުން މަރާލައިފި
ކަޝްމީރުގައި އިންޑިއާ އިން ހަމަލާތަކެއް ފަށައިފި
ޕާކިސްތާން ފުލުހުން އަނިޔާވެރިކަން ހުއްޓާލަން ގޮވާލައިފި
އިންޑިއާ އޮތީ ޕާކިސްތާނާ ހަނގުރާމައަށް ތައްޔާރަށް:މޯދީ
ޕާކިސްތާނުގެ ހޮސްޕިޓަލެއްގައި ބޮމެއް ގޮއްވާލާ 50 މަރު
ބޭރު މީހެއްގެ އަތުން ދެ ކިލޯގެ ޑްރަގު އަތުލައިގެންފި
ޝަމީމަށް ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި
ޑްރަގު އެތެރެކޮށްފައި ބުނީ ފޮށީގައި ހުރިކަން ނޭނގެއޭ
10 ކިލޯގެ ޑްރަގް ގެނައި މީހާގެ ބަންދަށް އެއް ދުވަސް
ޕާކިސްތާނުގައިއޮތީ ޖަންގަލީގެ ގާނޫނުތޯ ސުވާލުއުފައްދައިފި