01 ޑިސެމްބަރ 2017
ޕިޝާވަރު (ޑިސެމްބަރު 1) - ޕާކިސްތާނުގެ ޕިޝާވަރުގެ ޓްރޭނިން ކޮލެޖަކަށް ހަނގުރާމަވެރިންގެ ބަޔަކު މިއަދު ހަމަލާދީ ނުވަ މީހުން މަރާލާ 36 މީހުން ޒަޚަމްކޮށްލައިފި އެވެ.
ޕިޝާވަރު (ޑިސެމްބަރު 1) - ޕާކިސްތާނުގެ ޕިޝާވަރުގެ ޓްރޭނިން ކޮލެޖަކަށް ހަނގުރާމަވެރިންގެ ބަޔަކު މިއަދު ހަމަލާދީ ނުވަ މީހުން މަރާލާ 36 މީހުން ޒަޚަމްކޮށްލައިފި އެވެ.
އޮޓޯއެއްގައި ހަނގުރާމަވެރިންގެ ތިން މީހުން ބުރުގާ އަޅައިގެން ތިބެ ކޮލެޖަށް ވަދެ ވަނީ ހަމަލާ ދޭން ފަށައިފަ އެވެ. ސިފައިން ބުނީ ހަމަލާދިން ތިން މީހުން މަރާލާފައިވާ ކަމަށެވެ. ޕާކިސްތާނީ ތާލިބާނުން ވަނީ ހަމަލާދިނީ އެ ޖަމާއަތުން ކަމަށް ބުނެފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކޮލެޖް ކެމްޕަހުގައި ވަނީ ބާރުގަދަ އެއްޗެއް ވެސް ގޮއްވާލައިފަ އެވެ. ފުލުހުންނާއި ސިފައިން މިހާރު ވަނީ ކޮލެޖް ހުރި ސަރަހައްދު ބަންދުކޮށްފަ އެވެ.
ތާލިބާނުން ހަަމަލާ ދިން ކޮލެޖުގައި ސިފައިން ހަރަކާތްތެރި ވަނީ. --ފޮޓޯ: ރޮއިޓާސް
ހަމަލާގައި ޒަޚަމްވި ދަރިވަރަކު ބުނީ ކޮލެޖުގެ 400 ދަރިވަރުންގެ ތެރޭން 120 ދަރިވަރުން، ހަމަލާ ދިން ވަގުތު ކޮލެޖުގައި ތިބި ކަމަށެވެ.
"ހަމަލާ ދިން އިރު އަޅުގަނޑު ވެސް އޮތީ ނިދާފައި. ބަޑީގެ އަޑަށް ހޭލެވިގެން އެންމެން ވެސް ދިޔައީ ތާލިބާނުން ހަމަލާ ދެނީ ކަމަށް ގޮވަމުން،" އޭނާ ބުންޏެވެ.
އެހެން ދަރިވަރަކު ޑޯން ނޫހަށް ބުނީ ޓެރަރިސްޓުން ވަދެ ދޮރުތައް ހަލާކު ކުރުމަށް ފަހު ފެނުނު ކޮންމެ މީހެއްގެ ގަޔަށް ބަޑި ޖަހަމުން ދިޔަ ކަމަށެވެ. ނަސީބަކުން އެ މީހުން ތިބި ކޮޓަރިއާ ހަމައަށް ޓެރަރިސްޓުން ދިއުމުގެ ކުރިން ސިފައިން ކޮލެޖަށް ދިޔަ ކަމަށް އެ ދަރިވަރު ބުންޏެވެ.
އަފްޣާނިސްތާން ބޯޑަރާ ކައިރީގައި އޮންނަ ޕިޝާވަރުގެ އެކި ހިސާބުތަކަށް ތާލިބާނުން މީގެ ކުރިން ވެސް ވަނީ ހަމަލާދީފަ އެވެ. ޕިޝާވަރުގައި ސިފައިން ހިންގާ ސްކޫލަކަށް 2014 ވަނަ އަހަރު ތާލިބާނުން ހަމަލާދީ 141 މީހުން ވަނީ މަރާލައިފަ އެވެ.
ޕާކިސްތާނުގެ ޕޮލިސް ކޮލެޖަކަށް ހަމަލާދީ 58 މަރު
ކަރާޗީ ސްޓޮކް އެކްސްޗޭންޖަށް ހަމަލާދީ ހަތް މީހުން މަރު
ފަސް ތަރީގެ ހޮޓަލަށް ހަމަލާދިން އެންމެން މަރާލައިފި
އިންޑިއާ އިން ހަމަލާއެއް ދޭން އެބައުޅޭ: ޕާކިސްތާން
ހަމަލާ ހުއްޓުވަނިކޮށް މަރުވި މީހާގެ އަގުވަޒަން ކުރަނީ
ޖައިޝީ މުހައްމަދުގެ އިމާރާތްތައް ހަލާކެއް ނުވޭ
ކަރާޗީގައި ހުންނަ ޗައިނާ ކޮންސިއުލޭޓަށް ހަމަލާދީ ދީފި
ޕާކިސްތާނުގެ ދާޚިލީ ވަޒީރުގެ ގަޔަށް ބަޑި ޖަހައިފި
ޕާކިސްތާނުގައި 61 މީހުން މަރާލި ހަމަލާ ދިނީ އައިއެސް
ކަޝްމީރުގައި އިންޑިއާ އިން ހަމަލާތަކެއް ފަށައިފި