Roadha Mihaaru
މަރަދޫ ސިއްހީ މަރުކަޒުން އަނެއްކާ ވެސް ވައްކަންކޮށްފި

މަރަދޫ ސިއްހީ މަރުކަޒުން އަނެއްކާ ވެސް ވައްކަންކޮށްފި

11 އޯގަސްޓް 2020

މިދިޔަ މެއި މަހުގެ ތެރޭގައި އައްޑޫ މަރަދޫ ސިއްހީ މަރުކަޒު ފަޅާލައި އެ ތަނުގެ ތިޖޫރި ވަގަށް ނަގާފައި ވަނިކޮށް އެތަން އަނެއްކާ ވެސް ފަޅާލައިގެން ވައްކަންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މެއި މަހުގެ ތެރޭގައި އައްޑޫ މަރަދޫ ސިއްހީ މަރުކަޒު ފަޅާލައި އެ ތަނުގެ ތިޖޫރި ވަގަށް ނަގާފައި ވަނިކޮށް އެތަން އަނެއްކާ ވެސް ފަޅާލައިގެން ވައްކަންކޮށްފި އެވެ.

ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ ރޭގެ ވަގުތެއްގައި ވަގަށް ގެންގޮސްފައި ވަނީ ދެ ލެޕްޓޮޕާއި ސާވާއެއް ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.

މަރަދޫ ލިންކް ރޯޑްގައި ހުންނަ ސިއްހީ މަރުކަޒުގެ ތިޖުރި މެއި މަހުގެ 10 ގައި ވަގަށް ނެގި އިރު އޭގައި އޮންނާނީ 900ރ. ކަމަށް އެތަނުން ބުނެފައިވެ އެވެ.

އައްޑޫގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ތެރެއިން މަރަދޫފޭދޫގައި ހުންނަ ދަމަނަވެއްޓަކީ ވެސް ވަގުންގެ އުނދަގޫ ވަރަށް ބޮޑަށް ދިމާވެފައިވާ ތަނެކެވެ. މި އަހަރުގެ މިހާތަނަށް އެތަން ފަސް ފަހަރެއްގެ މަތިން ފަޅާލާފައިވެ އެވެ. އެންމެ ފަހުން ފަޅާލައި ވައްކަންކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.