Roadha Mihaaru
ވަގަށް ނަގާފައިވާ ސައިކަލެއްގެ ބައިތަކެއް ހޯދައިފި

އައްޑޫން ވަގަށް ނަގާފައިވާ ސައިކަލެއްގެ ބައިތައް ފޮރުވާފައި ހުއްޓާ ހޯދައިފި

25 މެއި 2019

އައްޑޫން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސައިކަލެއް ރޫޅާލައި އޭގެ ބައިތައް ދެ ގޯންޏަކަށް އަޅާފައި ހުއްޓައި ގެކުން ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސައިކަލެއް ރޫޅާލައި އޭގެ ބައިތައް ދެ ގޯންޏަކަށް އަޅާފައި ހުއްޓައި ގެކުން ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ ސައިކަލްގެ ބައިތައް ފެނުނީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ރޭ ހިންގި އޮޕަރޭޝަނެއްގައި، ހިތަދޫގެ ގެއެއްގެ ގޯތިތެރޭގައި ފޮރުވާފައި ހުއްޓައި ކަމަށެވެ. މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރު ނުކުރި ނަމަވެސް، މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އައްޑޫގެ އަވަށްތަކުގައި ކުށްތައް މަދު ކުރަން ރޯދަ މަސް ފެށުނު ފަހުން ހާއްސަ ސަމާލު ކަމެއް ދީގެން އޮޕަރޭޝަންތައް ހިންގަމުންނެވެ.