Roadha Mihaaru
ބޭރޫތުގެ ގުދަނެއްގައި ކެމިކަލް ރައްކާކުރަން ޖެހުނު ގޮތް

ބޭރޫތުގެ ބަނދަރުގެ ގުދަނެއްގައި ނުރައްކާތެރި ކެމިކަލް ރައްކާކުރަން ޖެހުނު ގޮތް

07 އޯގަސްޓް 2020

ބޭރޫތު (އޮގަސްޓް 7) - ލުބުނާނުގެ ވެރިރަށް ބޭރޫތު ގުޑައިގެންދާވަރުގެ ބާރުގަދަ ގޮވުންތަކެއް ގޮވުމާ އެކު އެ ގައުމުގެ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ގޮވާފައި ވަނީ ބޭރޫތުގެ ބަނދަރާ ކައިރީގައި ގުދަންކޮށްފައި ހުރި 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓެވެ.

ހަސަން އާމިރު ހަސަން އާމިރު

ބޭރޫތު (އޮގަސްޓް 7) - ލުބުނާނުގެ ވެރިރަށް ބޭރޫތު ގުޑައިގެންދާވަރުގެ ބާރުގަދަ ގޮވުންތަކެއް ގޮވުމާ އެކު އެ ގައުމުގެ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ގޮވާފައި ވަނީ ބޭރޫތުގެ ބަނދަރާ ކައިރީގައި ގުދަންކޮށްފައި ހުރި 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓެވެ.

އާއްމުން ކަންބޮޑުވެ އަދި ރުޅިގަދަވެފައި ވަނީ އެހާ ގިނަ އަދަދެއްގެ ކެމިކަލް ރައްކާތެރި ނޫން ގޮތުގައި އެހާ ގިނަ ދުވަހު ގުދަންކޮށްފައި ބެހެއްޓުމުންނެވެ. ސިޓީ ސެންޓަރާ ކައިރީގައިވާ ގުދަނެއްގައި އެ ކެމިކަލް ހުންނަތާ ހަ އަހަރު ވެއްޖެ އެވެ.

އެމޯނިއަމް ނައިޓްރޭޓް ގެނައި ފަރާތެއް ލުބުނާން ސަރުކާރުން ރަސްމީކޮށް ބުނަފައެއް ނުވެ އެވެ. ނަމަވެސް އެ އަދަދަށް ކެމިކަލް ގެނެސްފައި ވަނީ ނޮވެމްބަރު 2013 ގައި ބޭރޫތުގައި ބަނދަރުކުރި މޯލްޑޮވާގެ ދިދަ ހުރި ކާގޯ ބޯޓެއް ކަމަށްވާ އެމްވީ ރޯސަސް އިންނެވެ. ރަޝިޔާގައި ރަޖިސްޓްރީކޮށްފައިވާ އެ ބޯޓު އެ އަހަރުގެ ސެޕްޓެމްބަރު މަހު ދަތުރު ފެށީ ޖޯޖިއާ އިން މޮޒަމްބީކަށް ދިއުމަށެވެ. އެ ބޯޓަށް ވަނީ 2،750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓް ބަރުކޮށްފަ އެވެ.

ބޯޓުގެ ކެޕްޓަން ޕްރޮކޮޝޭވް (ކ) އާއި ބޯޓުގެ ފަޅުވެރިއެއް ކަމަށްވާ މުނިޝަކް. --ފޮޓޯ:ރޮއިޓާސް

ބޯޓުގެ ކެޕްޓަން ޕްރޮކޮޝޭވް (ކ) އާއި ބޯޓުގެ ފަޅުވެރިއެއް ކަމަށްވާ މުނިޝަކް. --ފޮޓޯ:ރޮއިޓާސް

މެޑިޓެރޭނިއަންގެ އިރުން ދަތުރުކުރަނިކޮށް ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ބޭރޫތުގައި ބަނދަރުކުރަން ޖެހުނެވެ. ބަނދަރުގެ އޮފިޝަލުން ބޯޓު ޗެކް ކުރުމަށް ފަހު، ބޯޓު ފުރުން މަނާކުރި އެވެ. އެކަމަކު ބޯޓުގެ ރަޝިޔާގެ ކެޕްޓަން ބޮރިސް ޕްރޮކޮޝޭވް އާއި ޔޫކްރޭނުގެ ތިން ފަޅުވެރިން ފިޔަވައި އެހެން މީހުން ފުރުމުގެ ހުއްދަ ދިނެވެ.

ކެޕްޓަން ޕްރޮކޮޝޭވް ރޮއިޓާސް އަށް އިއްޔެ ބުނީ ރޯސަސް އިން ލީކުވި ނަމަވެސް އޭރު އެ ބޯޓަކީ ދަތުރު ކުރަން އެކަށީގެންވާ ބޯޓެއް ކަމަށެވެ. އެ ބޯޓު ބޭރޫތުގައި ބަނދަރު ކުރަން ބޯޓުގެ ވެރިން ނިންމީ އިތުރު ކާގޯ އަރުވަން ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކާ ގުޅިގެން ބޯޓަށް އިތުރު ކާގޯ ބަރުކޮށްފައި ނުވާ ކަމަށް ޕްރޮކޮޝޭވް ބުންޏެވެ. ބޭރޫތުގެ ބަނދަރުގެ ފީތައް ދައްކަން ބޯޓުގެ ވެރިންނަށް ދަތިވުމުން ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ރޯސަސް ހިފަހައްޓައިފަ އެވެ. މާގިނަ ދުވަހެއް ނުވެ ބޯޓުގެ ވެރިން އެ ބޯޓު ދޫކޮށްލި ކަމަށް ވެސް ޕްރޮކޮޝޭވް ބުންޏެވެ.

ބޭރޫތުގައި ކެމިކަލް ގުދަން ގޮވުމުން ބޮޑު ސަރަހައްދަކަށް ގެއްލުން ލިބިފައި. --ފޮޓޯ:އޭއެފްޕީ

ބޭރޫތުގައި ކެމިކަލް ގުދަން ގޮވުމުން ބޮޑު ސަރަހައްދަކަށް ގެއްލުން ލިބިފައި. --ފޮޓޯ:އޭއެފްޕީ

ބޯޓުން ކާބޯތަކެތި ހުސްވާތީ ފަޅުވެރިން އެނބުރި ގައުމަށް ދެވޭތޯ ބެލުމަށް ގާނޫނީ ވަކީލުން މެދުވެރިކޮށް ބޭރޫތުގެ ކޯޓަކަށް މައްސަލައެއް ހުށަހެޅި އެވެ. އަދި ފަޅުވެރިން ފުރުމުގެ ހުއްދަ ކޯޓުން ދިނެވެ. އޭގެ ފަހުން ބޭރޫތުގެ ބަނދަރުގެ އޮފިޝަލުން ވަނީ އެ ބޯޓުގައި ހުރި އެމޯނިއަމް ނައިޓްރޭޓް "ވެއާހައުސް 12" ގުދަނަށް ބަދަލުކޮށްފަ އެވެ.

ބޭރޫތު ބަނދަރުގެ ޖެނެރަލް މެނޭޖަރު ހަސަން ކަރައިތަމް އާއި ލުބްނާން ކަސްޓަމްސްގެ ޑިރެކްޓަރު ޖެނެރަލް ބަދުރީ ދާހިރު ވިދާޅުވީ ގުދަންކޮށްފައި ހުރި އެމޯނިއަމް ނައިޓްރޭޓުގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެތީ އެ ތަކެތި ނައްތާލުމަށް ހުއްދަ ދޭން ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ލުބުނާނުގެ ރައީސް މިޝޭލް އަޔޫން ވިދާޅުވީ ބޯޓުގައި ހުރި ކާގޯއާ މެދު އަޅާނުލައި ދޫކޮށްލުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމުގައި ޒިންމާވާ މީހުންނަށް އަދަބު ދޭނެ ކަމަށެވެ. ސަރުކާރުން މިހާރު ވަނީ އެމޯނިއަމް ނައިޓްރޭޓް ގުދަން ކުރަން އެންގި މީހުންނާއި އެ ގުދަން ބެލެހެއްޓި މީހުން ގޭ ބަންދު ކުރަން ފަށައިފަ އެވެ. އެ މައްސަލައިގެ ތަހުގީގު މިހާރު ވަނީ ފަށައިފަ އެވެ.